އެބޯޓު ކުރުމަށްފަހު އެބޯޓްކުރި ދަރީގެ ހަށިގަނޑު ބަލާލަން އެކުއްޖާގެ މަންމަ ބޭނުން ވެގެން ބެލި އިރު ފެނުނީ ދިރި އޮތް ތަނެވެ. ހަރަކާތެއް ނެތި އޮތް އެ ތުއްތު ކުއްޖާގެ ރުއިމުން މުޅި ހޮސްޕިޓަލް ގުގުމާލިއެވެ.

މިއީ ޗައިނާގެ ހޮސްޕިޓަލެއްގައި ދިމާވި ހާދިސާއެކެވެ. މި ހާދިސާގައި އެބޯޓް ކުރަން ދިޔައީ ބަނޑަށް 8 މަސްވެފައިހުރި އަންހެން މީހެކެވެ. އޭނާ އެބޯޓް ކުރަން ބޭނުންވި ސަބަބަކީ އޭނާގެ ބަނޑުގައި އޮތް ކުއްޖާއަކީ ނުކުޅެދޭ ކުއްޖެއްކަމަށް ޑޮކްޓަރުން ބުނުމާ ގުޅިގެންނެވެ. މި ކަމާ ގުޅިގެން ކުއްޖާގެ މައިންބަފައިން ވަނި އެގައުމުގެ އެކި ހޮސްޕިޓަލުތަކަށް ދައްކައި ދެން ކަންތައް ކުރަންވީ ގޮތެއް ހޯދުމަށް މަސައްކަތް ކޮށްފައެވެ.

ހުރިހާ ހޮސްޕިޓަލަކުންވެސް ބުނީ ބަނޑުގައި އޮތް ދަރިއަކީ ނުކުޅެދޭ ކުއްޖެއް ކަމަށެވެ. އަދި އެކުއްޖާގެ ސިކުނޑީގައި އުނިކަމެއް ހުންނާނެ ކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން އެ ދެމަފިރިން ބޭނުންވީ ކުއްޖާ އެބޯޓް ކުރުމަށެވެ. އެއާއެކު ހޮސްޕިޓަލަށް ގޮސް އެބޯޓުކުރަން ނިންމީ ބޭސް ކައިގެންނެވެ. އެ ބޭސް ކާން ދިނުމުން ބަނޑުގައި އޮންނަ ދަރީގެ ވިންދު ހުއްޓި މަރުވާ ގޮތް ވެއެވެ.

އާދައިގެ މަތިން ހުރިހާ މެޝިންތަކުންވެސް ދެއްކީ ކުއްޖާގެ ވިންދު ހުސްވެފައިވާ ކަމަށެވެ. އެއާއެކު ކުއްޖާ އޮތް ގޮތަށް ބަނޑުން ނަގައި އެބޯޝަން ކާމިޔާބު ކަމަށް ނިންމިއެވެ. ނަމަވެސް ކުއްޖާގެ މަންމަ ބޭނުންވީ ދިއުމުގެ ކުރިން ކުއްޖާއަށް އަލްވަދާއު ކިއުމަށެވެ. މަންމަ ކުއްޖާއާ ބައްދަލުކުރުމަށް ގެނައުމުން ފެނުނީ ފުރާނައެއް ނެތް ކަމަށް އެމީހުން ގަބޫލުކުރި ހަށިގަނޑު ހަރަކާތްކުރާތަނެވެ. އަދި ބާރު ބާރަށް ރޯން ފެށި ތަނެވެ. އެއާއެކު މަންމަގެ ހިތަށް ހާސްކަން ގެނުވިއެވެ. ސަބަބަކީ ނުކުޅެދޭ ކުއްޖަކު ބަލަން އެމީހުން ބޭނުން ނުވުމެވެ. ނަމަވެސް އެ ދެމީހުން ވަނީ ކުއްޖާ ގެއަށް ގެންގޮސްފައެވެ.

އެމައްސަލާގައި އެ ދެމަފިރިން ވަނީ އެ ހޮސްޕިޓަލާ ދެކޮޅަށް ދައުވާ ކޮށްފައެވެ. އެމީހުން ބުނެފައިވަނީ ހޮސްޕިޓަލުގެ އިހުމާލުން ނުކުޅެދޭ ކުއްޖަކު ބަލަން ޖެހުމުގެ ބުރަ ޒިންމާ އެމީހުން އުފުލަން ޖެހިފައިވާ ކަމަށެވެ. އެއާއެކު 1.22 މިލިއަން ޖަޕަނީސް ޔުއާން ހޯދުމަށްވެސް އެ ދައުވާގައި ދެމަފިރިން އެދިފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަނގަބީލު

    ޖަޕަނީޒް
    ޔެން
    ނޮޓް
    ޔުއާން

  2. ޕިންކީ

    ޗައިނާ އިން ޖަޕަނީސް ޔުއާން ?

  3. މޮހޮދު

    ކޮބާ މޮޅެއްވި...

    10