ހުޅުމާލޭގައި ކުކުޅެއް ވަގަށް ނަގާ ވީޑިއޯއެއް އާންމު ވެއްޖެ އެވެ.

މީސްމީޑިއާގައި މިހާރު އާންމުވެގެން އުޅޭ ވީޑިއޯ އިން ފެންނަ ގޮތުގައި އެއީ އެއްކޮޅަށް ދުއްވޭ ހަނި މަގެކެވެ. ކަޅު ކުކުޅަކާއި ހުދު ކުލައިގެ ހާލެއް މަގުމަތީގައި އުޅެއެވެ. ދެން ފެންނަނީ ސައިކަލެއް އެމަގުން ދާ މަންޒަރެވެ. ސައިކަލުގައި އަންހެނަކާއި ފިރިހެނަކު އިންތަން ފެންނަ އިރު ކުކުޅުތައް ފެނުމުން އެ ދެމީހުން ސައިކަލު މަޑުކޮށްލައެވެ.

 

އެއަށްފަހު ސައިކަލު ދުއްވަން އިން ފިރިހެންމީހާ ސައިކަލުން ފައިބައިގެން ކުކުޅުތަކާ ދިމާލަށް ދަމުން ސިނގިރޭޓެއް ރޯކޮށްލައެވެ. ކުކުޅުތަކުގެ ކައިރިއަށް ގޮސް އެތާއިން ހުދު ހާ ހިފައިގެން އޭނާ ސައިކަލާ ދިމާލަށް ދުއްވައިގަންނަ މަންޒަރުވެސް ފެނެއެވެ. އޭނާއަށް ސައިކަލަށް އެރޭހާ އިރު ނުވަނީސް އެތާ ގޯޅިއެއްގެ ތެރެއިން ބަޔަކު ނުކުމެ އޭނާ އަށް ދިމާލަށް ދުއްވައިގަންނަ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.

މި ވީޑިއޯ ބައްލަވާލައްވާށެވެ.

https://www.facebook.com/517853624992093/posts/2307579756019462/

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އދެް

    ތިދެމީހުންނަށް 25 އަހަރު ޖަލުހުކުމެއް.
    ބްރޯޔަށް 3މަސް

    31
  2. މާމިގިލީ މީހާ

    ކުކުޅު ވަގު.

    10
  3. ބޮޑުމީހާ

    ކުކުޅުހާ ގެރި ބަކަރި ފަދަތަކެތި މީހުންދިރިއުޅޭ ރަށްރަށުގައި ގެންގުޅުމުގެ ޤާނޫނެއް އޮންނާނެ މިތަކެތި މިގެންގުޅެނީ އެ ޤާނޫނާ އެއްގޮތަށްތޯވެސް ބަލަން އެބަޖެހޭ އަޅުގަނޑު ބުނަންމިއުޅެނީ އެ ކުކުޅު ވަގަށް އެހިފިމީހާ އެކުރީ ކުށެއްނޫނެކޭނޫން އެހެންވީމާ ވަގަށް ކުކުޅު ހިފިމީހާގެ މައްސަލައާއި، ކުކުޅު ގެންގުޅޭމީހާ ޤަވާޢިދާ ޤާނޫނާޚިލާފަށް ކުކުޅު ގެންގުޅޭނަމަ އެމައްސަލަވެސް ބައްލަވަންޖެހޭނެ އަދި ކުއްވެރިވާ ފަރާތަކަށް ކުށުގެ އަދަބު ވެސް ލިބެންޖެހޭނެ

    15
    1
  4. XD

    ތިދެ ކުކުޅު ކިޑްނޭޕް ކުރަން އުޅުން މައްސަލަ ވަރަށް ސީރިއަސްކޮށް ބެލެން ޖެހޭނެ.

    12
    1
  5. މިސްކާ....

    މަގުމަތީ އެބުރުނު ކުކުލެއް...އެއީ ވަގަށް ހިފި އެއްޗަކަށް ވޭތަ...

    15
    3
    • ޓެދިި

      އެގެންގުޅޭ މީހުން ދޯ ދުވެފަ ނުކުންނާނީ ނޭންގޭ ވާހަކަ ނުދެއްކުން އެދެން.

      3
      1
  6. މމމމ

    މިކަމުގެ ފަހަތުގަވެސް ވާނީ އައިއެސް

    11
    3
  7. ނޫސްކިޔާމީހާ

    ކުކުޅު ހާފަދަ ތަކެތި ދޫކޮއްލާގެން ގެންގުޅުމަކީ މަނާމަކެއް ބަލަ އެނުވާނެ ވައްކަމަކަން 1990 ވަނަ އަހަރު އޮތީ މުޅިރާއްޖެއަށް އިއުލާންކޮއްފާ ދޫކޮއްލާގެން ގެންގުޅޭ ދޫނި ކުކުޅު ހާފަދަ ތަކެތި ހިފާ ކިއުމަކުން މައްސަލަ ނުޖެހޭކަމަށް އަދި އަމުދުން މިޒަމާނުގާ އަދި ހުޅުމާލޭފަދަ ތަނެތްގާ ކުކުޅު ހިފިމީހުން ބަންދުގާ ތިބިނަމަ މިހާރުން މިހާރަށް ދޫކޮއްލާ އަވަސްކުރޭ

    2
    2