އައިސްއަލަމާރިއަށް ލާފައި ހުންނަ ކާއެއްޗެހި ގެއްލޭ މައްސަލައަކީ ނިކަން ބޮޑު މައްސަލައެކެވެ. ގޭގައި އުޅޭ އެއްވެސް މީހަކު ޒިންމާ ނަގަން ނުޖެހޭ، ނުވަތަ ޒިންމާ ނުނަގާ ބޮޑު މައްސަލައެކެވެ. ނަމަވެސް ދެމީހުން އުޅޭ ގެއެއް ނަމަ "ވަގަކީ ކޮބައިކަން އެނގޭނެއެވެ."

ސްޓޭސީ ލޯ ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ޕޯސްޓް ކޮށްފައިވާ ފޮޓޯއަކުން ފެންނަނީ އޭނާގެ ގޭގައި ހުންނަ އައިސްއަލަމާރީގައި ލޮކް ކޯޑެއް ޖަހައިގެން ހުޅުވޭ ތިޖޫރިއެއް ހަރުކޮށްފައި ހުއްޓައެވެ. އޭގެ ތަފްސީލް ދެމުން ސްޓޭސީ ބުނީ އެއީ އޭނާގެ ލޯބިވެރިޔާ ޑޭވް ވިލިއަމްގެ ޗޮކްލެޓްތައް ސްޓޭސީ ކާލާތީ އެކަން ހުއްޓުވަން ޑޭވް ކޮށްފައިވާ ކަމެއް ކަމަށެވެ.

"އަހަރެންގެ ލޯބިވެރިޔާ ބޭނުމެއް ނުވޭ އަހަރެންނަށް އޭނާގެ ޗޮކްލެޓް ދޭކަށް." ސްޓޭސީ ބުންޏެވެ.

ސްޓޭސީ ވަނީ މިގޮތައް ކަންތައް ކުރުމުން އެއްވެސް މީހަކު ޑޭވް ބޭނުން ވާނެތޯ ސުވާލު ކޮށްފައެވެ. އަދި މިއީ ބްރޭކަޕް ވާން ޖެހޭނެ ކަމެއް ނޫންތޯ ވެސް ސުވާލު ކޮށްފައިވެއެވެ.

https://www.facebook.com/photo.php?fbid=2417719378513092&set=a.1378433695775004&type=3

ސްޓޭސީގެ ޕޯސްޓަށް ދޮޅު ހާހަށް ވުރެ ގިނަ މީހުން ކޮމެންޓްކޮށް 270 އަށް ވުރެ ގިނަ މީހުން ޕޯސްޓް ޝެއާ ކޮށްފައިވެއެވެ.

ކޮމެންޓް ކުރި ބައެއް މީހުންނަށް އެކަން މަޖާ ކަމަކަށް ވިއިރު ބައެއް މީހުން ވަނީ ސްޓޭސީ ކަންތައް ކުރަންވީ ގޮތުގެ ބައެއް ލަފާތައް ވެސް ދީފައެވެ. އެކަކު ބުނެފައި ވަނީ އައިސްއަލަމާރި ތިޖޫރިއަކަށް ލުމަށް ފަހު އެތިޖޫރީގެ ތަޅުދަނޑި ސްޓޭސީގެ އަތުގައި ބޭއްވުން ރަނގަޅު ކަމަށެވެ.

ބައެއް މީހުން ބުނެފައި ވަނީ މިއީ ސްޓޭސީ އަށް ޑައިޓް ކުރަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ބުނެ ކޮންމެ ކަމެއް ވެސް ޕޮޒިޓިވް ކޮށް ނެގުމަށް ނަސޭހަތް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު