ޕާކިސްތާނަށް ނިސްބަތްވާ މަޝްހޫރު ޓިކްޓޮކް އެކްޓަރ، ޑާނިޔަލް ޚާން މަރުވެއްޖެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި އޭނާ މަރުވެފައިވަނީ އިސްލާމްއާބާދުގައި ހިނގައިދިޔަ އެކްސިޑެންޓެއްގައެވެ. އިސްލާމްއާބާދުގެ އެކްޕްރެސް ހައިވޭގައި އާދީއްތަ ދުވަހު ހިނގި އެ އެކްސިޑެންޓުގައި ޑާނިޔާލްގެ އިތުރުން ތިން މީހަކު މަރުވެފައިވެއެވެ. ޖުމްލަ ހަތަރު މީހުން މަރުވި އެ އެކްސިޑެންޓުގައި އަނިޔާވެ މަރުވެފައިވަނީ އުމުރުން 20 އަހަރާއި 22 އަހަރާ ދެމެދުގެ ޒުވާނުންނެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ގޮސް އޯވަޓޭކް ކުރުމުގެ ތެރޭގައި ޑާނިޔާލް ޚާން އިން ކާރުން ކަހާލައިގެން ގޮސް އެކްސިޑެންޓުވެގެން ކަމަށް ޚަބަރުތައް ބުނެއެވެ.
އޭނާ މަރުވި އިރު ޓިކްޓޮކްގައި އޭނާގެ ފޮލޯވަރުންގެ އަދަދު 2 ލައްކައަށް އަރައެވެ.