އާއްމުކޮށް ވަގުން ގެއަކަށް ވަދެ ބަލާނީ، ގެއިން ވަގަށް ނެގެން ހުރި ހުރިހާ އެއްޗެއް ނެގުމަށްފަހު ފިލޭތޯއެވެ. ނަމަވެސް މި ވަގު ހެދީ އެހެނެއް ނޫނެވެ. ފިރި މަރުވެފައިވާ އިންޑިއާ އަންހެނެއްގެ ގެއަށް މި ވަގު ވަދެ، ގެއިން ވައްކަންކޮށްގެން ދިޔައީ، ގޭގައި އެތައް އިރެއް ވަންދެން އުޅުމަށްފަހު ކަން މި ވަނީ އެނގިފައެވެ.

ކޮލްކަޓާގައި ހުންނަ ކުޑަކުޑަ ގެއަކަށް މި ވަގު ވަދެ ގޭގެ ބަދިގެއިން ބަތާއި، އަލުވި ޗިޕްސްވެސް ހެދިއެވެ. އަދި އެގޭ ކޮޓަރީގައި ނިދަންވެސް ނިދާފައި ވެއެވެ. އަދި ކޮޓަރީގައި ހުރި އަލިމަޑު ބޮކި ނައްޓާ އެހެން ކޮޓަރިއެއްގައި ހުރި އަލިގަދަ ބޮތްކެއް ވެސް ވަނީ ޖަހާފައެވެ.

އެގޭގެ ވެރިމީހާ ބުނީ، މިިދިޔަ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި އޭނާ ދިޔައީ ދަރިފުޅުގެ މާބަނޑު އަނބިމީހާ ކައިރިއަށް ކަމަށެވެ. އޭނާ ދިޔައީ އެ ދުވަހު ގެއަށް އަންނަ ގޮތަށެވެ. ނަމަވެސް އޭނާ އަށް އެރޭ ގެއަށް ދެވޭ ގޮތް ނުވީ ވިއްސާރަ ވުމުގެ ސަބަބުންނެވެ.

އެ އަންހެން މީހާ ބުނީ، ގެއަށް އައިއިރު، ގޭގެ ބަދިގޭގެ ދޮރު ހުޅުވާފައިވާކަމަށެވެ.

"އަހަރެން ގޭގައި އުޅެނީ އެކަނި، ދަރިފުޅު މަސައްކަތް ކުރަނީ ބެންގަލޫރުގައި. އަހަރެން ގެއަށް އައި އިރު، ބަދިގެ ހުރީ ވަރަށް ހަޑިކޮށް، މީހަކު ހުރީ ބަދިގޭގައި ބަތާއި، އަލުވި ފްރައިސް ހަދާފައި، އަދި ހުރި ކައިގެން ތަށިތައް ނުދޮވެ ސިންކަށް ލާފައި". އޭނާ ކިޔާދިނެވެ.

އޭނާ ބުނީ، އޭނާ އެންމެ ބިރުގަތީ އޭނާގެ އަތަށް ދަރިފުޅު ރައްކާކުރަން ދިން ފައިސާކޮޅު ވަގަށް ނަގާފައި ވުމުން ކަމަށެވެ.

"އަހަރެންގެ ދަރިފުޅު ދީފައި އޮތް، އޭނާގެ އަންހެނުން ވިހެއުމުގެ ކަންކަން ކުރަން 45000 ރުޕީސް، އެ ހުރިހާ ފައިސާ އެއް ވަނީ ވަގަށް ނަގާފައި، އަހަރެންގެ ސޭވިންގައި ހުރި 8000 ރުޕީސްވެސް ވަނީ ވަގަށް ނަގާފައި". އޭނާ ބުންޏެވެ.

އެ މައްސަލަ އިންޑިއާ ފުލުހުން ބަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު