ސިންގާއެއް ކަމަށް ހީކޮށް ބިރުން ފިއްކަނޑައިގެން ދިޔައީ ބުޅަލެއް ފެނިގެން ޑޮކްޓަރަކު ބުނެފިއެވެ.

ލީ މޯގަން ނަމަކަށް ކިޔާ ޖަނަވާރާއި ބެހޭ ހާއްސަ ޑޮކްޓަރަކު ބުނީ، އޭނާ އާއި އޭނާ އެކު މަސައްކަތް ކުރާ 2 މީހަކު ވާހަކަ ދައްކަން ހޮސްޕިޓަލް ބޭރުގައި ތިބި ކަމަށެވެ. އެމީހުން ތިބީ މީގެ ދުވަސްކޮޅެއް ކުރިން ހަބަރަކުން އެ ހިސާބު ފަރުބަދަ މަތީ ސިންގާއެއް އުޅޭ ހަބަރެއް ކިޔަން ކަމަށެވެ.

މޯގަން ބުނެފައިވަނީ މީގެ އަހަރުތަކެއް ކުރިން އޭނާ އަށް ނެވާޑާގެ ވަލު ތެރެއިން ސިންގާއެއް ފެނިފައިވާ ކަމަށާއި މިހާރު އުޅެމުންދާ ހިސާބުންވެސް ފެނުން ގާތްކަމަށެވެ.

މާ ގިނަ އިރު ނުވަނީސް އެމީހުން އުޅުނު ސަރަހައްދުން ބުޅަލެއް ފެނުނެވެ. އެހެން ނަމަވެސް މޯގަން އާއި އޭނާއެކު މަސައްކަތް ކުރާ މީހުންނަކަށް ވަކި ކުރާކަށް ނޭނގުނެވެ. ސިންގާގެ ވާހަކަ ދައްކަން ތިއްބާ އެއްޗެއް ފެނުނީމަ ބުޅަލެއް ކަމަށް ނޭނގުނެވެ.

ތިން މީހުންވެސް ބިރުން ތިއްބާ މޯގަން އަށް އައީ ފޯނު ކޯލެކެވެ. އެއީ މޯގަން ދިރިއުޅޭ ގެއާއި އިންވެގެން ހުރި ގޭގައި އުޅޭ މީހެކެވެ. އޭނާ ބުނީ އެއީ އޭނާ ގެންގުޅޭ ކުކީ ނަމަކަށް ކިޔާ ބުޅާކަމުގައެވެ. މޯގަން އޭނަ ކައިރީ ބުނީ އެމީހުން ހީކުރީ ސިންގާ އެއް ކަމުގައެވެ.

"އެއީ ސިންގާއެއް ނޫން. އެއީ އަހަރެން ގެންގުޅޭ ބުޅާ. ނަމަކީ ކުކީ." މޯގަން އަށް ގުޅި މީހާ ބުންޏެވެ.

އޭނާ އަށް ބުޅާ ވަކި ކުރަން އެނގުނީ ނަގުލުގައި ހުރި ނިޝާންތަކުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު