ވައްކަން ކުރުމާއި ފޭރުން އާއްމުވެއްޖެއެވެ. އާއްމުކޮށް ވައްކަން ކުރާ މީހުންނާއި، ފޭރޭ މީހުން ކުރިމަތިލަނީ އުމުރުން ދުވަސްވީ މީހުންނާއެވެ. އެ މީހުންނާއި، ކުރިމަތިލައިގެން މާބޮޑު އުނދަގުލަކާއި ނުލާ ފޭރުން ބޭނުންވާ އެއްޗެއް ނެގިދާނެ ކަމަށް މިކަމުގައި އުޅޭ މީހުން ގަބޫލެއް ނުކުރެއެވެ.

މިއީވެސް އެގޮތަށް ގަބޫލުކުރި މީހަކަށް ވެދާނެއެވެ. އުމުރުން 81 އަަހަރުވީ އަންހެނެއް އޭޓީއެމް ކައިރީގައި ހުއްޓާ ޖަހައިގެން ނަގައިގެން ދާން އުޅުނީ އެ އަންހެން މީހާގެ ކާޑެވެ. އެ ވަގު ހީކުރީ އޭނާއަށް އެކަން ކާމިޔާބު ވާނެ ކަމަށެވެ. އެހެން ނަމަވެސް، އޭނާއަށް އެކަން ކާމިޔާބު ނުވެ، އުމުރުން ދުވަސްވީ އެ އަންހެން މީހާ، އޭނާގެ ކާޑު ވަގަން ގެންދަން އުޅުނު މީހާއަށް ހޭއަރުވާލިއެވެ.

ޑޮރީން ޖޯންސް ނަމަކަށް ކިޔާ، އެ އަންހެން މީހާގެ ކާޑު ޖަހައިގެން ނަގައިގެން ދާން އުޅުނީ، ބިރްމިންގްހަމްގައި ހުންނަ އޭޓީއެމްއަކުން ފައިސާ ނަގަން ހުއްޓާއެވެ. އޭނާ އެ އޭޓީއެމް ކައިރީގައި ހުއްޓާ ފަހަތުން އައި އަންހެނަކު، އޭނާގެ ކާޑު ޖަހައިގެން ނަގައިގެން ދާން އުޅުނީއެވެ. ނަމަވެސް ޑޮރީންގެ ހުށިޔާރު ކަމުން އެކަން އޭނާއަށް ކާމިޔާބެއް ނުވެއެވެ.

ޑޮރީން ވަނީ އެ މީހާގެ އިސްތަށިގަނޑަށް ދަމާ، ދެވަނަ ފަހަރަށް އޭނާއާ ކުރިމަތިލާން ނާދެވޭނެ ވަރުކޮށްފައެވެ.

އެ މަންޒަރު ފެންނަ ވީޑީއޯ މިހާރު މީސް މީޑިއާގައިވެސް ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އަކީ ފުލުހުން ނެރުނު ވީޑިއޯކެވެ. ފުލުހުން ބޭނުންވަނީ އެ ކާޑު ވަގަށް ގެންދަން އުޅުނު މީހާ ހޯދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާއަޙްމަދު

    ބިރްމިންގްހަމް އޭ؟..... އަޅުގަނޑު ޕްރޮނައުސް ކުރަނީ ބާރމިންގހަމް، ކޮންމެވެސް ކުއްޖަކު މީތި އޮޅުންފިލުވާ ދީފާނަންތަ؟//