ކޮންމެ މީހަކީވެސް މޫނުމަތި ރީތިކޮށް ބަހައްޓަން ބޭނުންވާނެ މީހެއްކަން ޔަގީނެވެ. އެގޮތުން މޫނުގައި ބިހި ނެގުމަކީ ގިނަ ބަޔަކަށް މެދުވެރިވާ މިކަމާ ހެދި ކަންބޮޑުވުމާ ހަމައަށްވެސް ދާ ކަމެކެވެ. މި ކަންތައްތައް ގިނައިން މެދުވެރިވަނީ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ކަމަށް ދިރާސާތަކުން ދައްކައެވެ.

މޫނުގައި ބިހި ނެގުމަށް މެދުވެރިވާ ބައެއް ސަބަބުތައް

ފޯނުގެ ސަބަބުން: ދުވަހެއް ނިމިގެންދާއިރު އެންމެ ގިނައިން ބޭނުންކުރެވޭ އެއްޗަކީ ފޯނުކަން އެއީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. ފޯނަކީ އޭގައި އެތައް ގުނަ ޖަރާސީންތައް ހުންނަ އެއްޗަކަށްވާއިރު ފޯނުގައިވާ ޖަރާސީންތަކުގެ ސަބަބުން މޫނުގައި ބިހި ނަގަން މެދުވެރިވެއެވެ. މިކަމުން ރައްކާތެރިވާން ފޯން "އެންޓިބެކްޓީރިއަލް ސޮލިއުޝަން" އަކުން ސާފުކުރެވިދާނެއެވެ.

މޭކަޕް ކުރަން ބޭނުންކުރާ ފިހިތަކުގެ ޒަރިއްޔާއިން: މި ފިހިތަކުގައިވެސް ތެޔޮ އަދި ޖަރާސީން އެތައް ގުނަ އަދަދަކަށް ހުންނާނެއެވެ. މަދުވެގެން ހަފްތާއަކު އެއް ފަހަރު މި ފިހިތައް ސާފު ކުރާ ކަމުގައި ވާނަމަ މޫނުގައި ބިހި ނެގުން މަދުވެގެންދާނެއެވެ.

އިސްތަށިގަނޑު ދޮންނަން ނުވަތަ "ސްޓައިލިޝް" ކުރަން ބޭނުން ކުރާ އުފެއްދުންތަކުގެ ސަބަބުން: މިފަދަ "ޕްރޮޑަކްޓްސް" ތައް ބޭނުންކުރާއިރު ވަރަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ޝޭމްޕޫ ކޮންޑިޝަނާ ފަދަ އެއްޗެހި މޫނުގައި ހޭކުމަކީ އޭގެ ސަބަބުން ބިހި ނެގުމަށް މެދުވެރިވާ ކަމެކެވެ.

މޫނުގައި މާ ގިނައިން އަތް ހޭކުން: މޫނުގައި މާ ގިނައިން އަތް ހާކާ ބިހި ކޮއްޓާ ހަދާކަމުގައި ވާނަމަ މޫނުގައި ބިހި ނަގާ މިންވަރު އިތުރުވެގެންދާނެއެވެ.
ބާލީސް: ބާލީހަކީ އޭގައި ޖަރާސީމާއި ދަލާއި ތެޔޮ ހުންނާނެ އެއްޗެކެވެ. ހަފްތާއެކު އެއް ފަހަރު ބާލީހުގެ އުރަތައް ބަދަލުކުރަންޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު