އިންޑިއާގައި އުމުރުން 12 އަހަރުގެ ކުއްޖަކު އޭނާ ޓިއުޝަން ޓީޗަރު މަރާލި މައްސަލާގައި ހައްޔަރުކޮށްފިއެވެ.

މިިދިޔަ ހޯމަ ދުވަހުރޭ ރޭ މި ހާދިސާ ހިނގާފައިވާއިރު، އެ ކުއްޖާ ޓީޗަރު މަރާލާފައި ވަނީ ވަޅިން ހަމަލާ ދީގެންނެވެ. މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވަނީ، އެ ޓީޗަރު ލެއިން ތަތްތެޅިފައި އޮއްވާ އަވައްޓެރި ކުދިން ތަކަކަށް ފެނުމުން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ. އެ ޓީޗަރު ކައިރީގައި ހުއްޓާ ކުއްޖާވެސް ފެނިފައި ވާކަމަށް ވެއެވެ.

އޭނާ މަރާލާފައި ވަނީ، އުމުރުން 30 އަހަރުގެ އައިޝާ ނަމަކަށް ކިޔާ ޓީޗަރެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ކުއްޖާ އޭނާގެ ޓީޗަރުގެ ގަޔަށް ވަޅި ޖަހާފައި ވަނީ ޓިއުޝަން ނިމުނު ގަޑީގައެވެ. އަދި މިކަންތައް ދިމާވީ، އެ ކުއްޖާގެ މަންމަ ޓީޗަރު ކައިރީގައި އޭނާއަށް ފައިސާ ދިނުމަށް އެދުނު ނަމަވެސް، ފައިސާ ދީފައި ނުވާތީ، އެކަމާއި ރުޅި ގަދަވެގެންނެވެ.

އައިޝާއަކީ އަމިއްލަ ސްކޫލެއް ހިންގަމުން އައި މީހެކެވެ. އޭނާގެ ފިރިމީހާ ވަނީ މީގެ އަހަރުތަކެއް ކުރިން ބިމުގެ މައްސަލައެއްގައި މަރާލާފައެވެ.

އައިޝާ މަރާލި ކުއްޖާއަކީ ވަރަށް މަޑޫމައިތިރި މަސް އަހާ ކުއްޖެއްގެ ގޮތުގައި، ގިނަ ޓީޗަރުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޮނިފުހޭ

    މިކަހަލަ ހަބަރު ކަޑަ ހުރިހާ ތާކުވެސް ނުބައި ވިސްނުމުގެ ކުދިން އުޅޭ ކުދިން ގެވިސްނުން ބަދަލުވެ ނެގެޓިވް ކަންތައް ރީތިވެއްޖިޔާ އެއީ މުސިިީބާތަކަށް ވަާނެ ކަމެއް

  2. ޓިނު ވަގު

    ވަރަށް މަސް އަހާ މަޑޫ މައިތިރި ކުއްޖެއް.... ޓަޓާސް ޓަސް..