ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް އާއި ފިރިމީހާ ސައިފަ އަލީ ޚާން ގެ ދަރިފުޅު ތައިމޫރް އަލީ ޚާންއަކީ މިހާރު ގިނަ ބަޔަކު ދަންނަ ކުޑަ ކުއްޖެކެވެ. މި ދެމަފިރިން ތައިމޫރް ބަލަމުން ދަނީ، ލޮލުގެ ކޮއެ ފަދައިގެންނެވެ. މަސައްކަތުގައި ވަރަށް އަވަދިނެތި އުޅުނު ކަމުގައިވިޔަސް، ދަރިފުޅާއެކު، ގިނަވަގުތު މި ދެތަފިރިންވެސް ހޭދަކުރެއެވެ.

ދާދި ފަހުން ކަރީނާ ވަނީ، އޭނާގެ ދަރިދުޅު ބޮޑުވަމުން އަންނަ އަވަސްކަމާއި، ރީތިކަމުގެ ވާހަކަ ދައްކާފައެވެ. އަދި އޭނާ ވަނީ މަސައްކަތަށް އޭނާ ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ތައިމޫރް އޭނާ ކައިރީ ދައްކާ ވާހަަކައިން ހިތް ފަޅާއިގެން ދާ ވަރު ވާކަމަށް ބުނެފައެވެ.

ކަރީނާ ބުނީ، އޭނާ ބޭރަށް ދާ ކޮންމެ ފަހަރެއްގައި ދަރިފުޅު އޭނާ ކައިރީ، ނުދިއުމަށް އެދޭ ކަމަށެވެ. އަދި ތައިމޫރްއާ ދިމާ ނުވެ ބައެއް ފަހަރު މަސައްކަތަށް ދާން ޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.

"މިގޮތަށް އޭނާ ބުނުމުން ހިތްފަޅައިގެން ދާ ވަރުވޭ". ކަރީނާ ބުންޏެވެ.

ދާދި ފަހުން މި ކުޑަކުޑަ އާއިލާ މިވަނީ ލަންޑަންއަށް ފުރާފައެވެ. ބެލެވޭގޮތުގައި، އާއިލާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް މި އާއިލާ ލަންޑަނަށް ދިޔައިރު، އަންނަ ހޮނިހިރު ދުވަހަކީ ކަރީނާގެ އުފަން ދުވަހެވެ. ކަރީނާގެ އުފަން ދުވަސް ވެސް ފާހަގަކުރާނީ ލަންޑަންގައި ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަމާ

    ނުދެނަހުރިން މިއީ ހަބަރެއްކަމެއް.

    16
    1
  2. ފާތުން

    މަވެސް ޑިޔުޓީއަށް ދައިރު ދަރިފުޅު ބުނާ އެއްޗަކުން ހިތް ފަޅައިގެންދާވަރުވޭ...

  3. ސުންބެ

    މިވެސް ޚބަރެއްތަ؟