ރަނގަޅު އަދި ފުދުންތެރި ބައިވެރިޔަކު ހޯދުމަށް ރާއްޖޭގައިވެސް މީހުނާ ނުއިނދެ ތިބި އަންހެން ކުދިން ބައިވަރެވެ. އެކަހަލަކުދިންނަށް މިއޮތީ ނަސީބު އަތުގަ ހިފާނެ ކަހަލަ ރަނުގެ ފުރުސަތެކެވެ. މާލޭގެ ގެދޮރުހުރި ފުދުންތެރިޔަކު މިވަނީ ކައިވެނިކުރާނެ 30 އަހަރުން ދަށުގެ އަންހެނަކު ހޯދުމަށް ފޭސްބުކުގައި އިއުލާނުކޮށްފައެވެ.

އޭނާ ފޭސްބުކުގެ "ކައިވެނި" ޕޭޖުގައި ޖަހައިފައިވާ ޕޯސްޓުގައި ބުނެފައި ވަނީ އޭނާ އިންނަ ކުއްޖާގެ ރަނަކީ 1 ކޮޓަރީގެ އެޕާޓްމެންޓެއް ކަމުގައެވެ. އޭނާގެ ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ މިހާތަނަށް ދެ ކައިވެނ ކޮށްފައިވާކަމަށާއި އަދި ދަރިއަކު ހުންނަ ކަމަށެވެ. އަދި ދިރިއުޅުމަށްޓަކާ ކުރާ މަސައްކަތެއްގެ ގޮތުގައި ބުނެފައި ވަނީ އެކްސްޕޯޓު ވިޔަފާރި ކުރާ ވިޔަފާރިވެރިއެއް ކަމުގައެވެ.

މިފަހަރު ފުރުސަތު އޮތީ 30 އަހަރުން ދަށުގެ އަންހެން ކުދިންނަށެވެ. އަދި 30 އަހަރުން ދަށުގެ މީހެއް ކަމުގައި ވާނަމަ، ދެން އިތުރު އެއްވެސް ޝަރުތެއް ނެތެވެ. ކިތަންމެ ދަރިންނެއް ތިއްބެއް ކަމަކުވެސް ހެވެވެ.

އޭނާގެ ސިފަތަކަށް ޝައުގުވެރިކަން އުފެދިއްޖެ ނަމަ އަވަހަށް ޕޭޖަށް މެސެޖުކޮށްލާށެވެ. އެ ނަސިބުވެރިޔަކީ ތިބާނޫންކަން އެނގޭނީ ކިހިނަކުން ހެއްޔެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. އަޝްރަފް

  މީހަކު އަޅެ ހޭބައްޔެއް ނުވާނެތަ؟ ބަލަ ކައިބެނީގެ ރަނަކީ އިސްލާމްދީނުގައި ފިރިހެން މީހާ ކަނޑައަޅަންޖެހޭ އެއްޗެއްކަމެއް ނުދެނަހުރިން.

  142
  1
 2. Anonymous

  ފިރިހެނުންވެސް ރަންކިޔަން ފެށީތަ. އިސްލާމްދީނުގައި ރަން ކިޔަނީ އަންހެނުން

  118
  1
 3. Anonymous

  ޢެޖެންޑާ 19 ގައި ރަންކިޔަނީ ފިރިހެނުން

  89
  13
 4. ވިސްނާ

  ވިދާހާ އެއްޗަކީ ރަނެއްނޫނެވެ. ދުނިޔޭގެ ދަޅަތަކަށް ނުހެއްލޭށެވެ.

  95
  1
 5. ދަންސޫރަ

  ވަރަށް ކޮސްމީހެއް 30އަހަރުން ދަށްވީޔާ 5ކުދިން ތިއްބަސް ބަރާބަރު އެކަމަކު އުޅެނީ އެއްކޮޓަރީގަ ތިމީހަޔާ އިންނަމީހަކު ދަންޖެހިގެން މަރުވާނީ

  89
  2
 6. މަނަދޫސޭކުބޭ

  އިސްލާމްދީނުގައި ފިރިހެން މީހާ ކަނޑައަޅަންޖެހޭ އެއްޗެއްކަމެއް ނުދެނަހުރިން.ފިރިހެނުންވެސް ރަންކިޔަން ފެށީތަ. އިސްލާމްދީނުގައި ރަން ކިޔަނީ އަންހެނުންވިދާހާ އެއްޗަކީ ރަނެއްނޫނެވެ. ދުނިޔޭގެ ދަޅަތަކަށް ނުހެއްލޭށެވެ.

  74
  2
 7. ނަން

  މިހާރު ރަންކިޔަނީ ފިރިހެންމީހާތަ.؟

  63
  1
 8. މާމިގިލީ މީހާ

  ބޮޑު ފަތްބޯއެއް ތީ. އެއްވެސް މީހަކު ކައިރިނުވާތި. ހަމަ ލަޑެއް ލިބޭނީ.

  15
 9. ައަހުމަދު

  ރަން ކިޔަން ޖެހެނީ ކާކުކަން އޮޅިއްޖެ

  25
  1
 10. ޖަނާ

  މަ ބޭނުން އިންނަށް.....މަށަށް އަދި 30 އަހަރު ނުވޭ...

  5
  6
 11. އިސްކިން ޓޯޓޯ

  5ވަގުތު ނަމާދުކުރާ ދަމުނަމާދުކުރާ ގިނަގިނައިން ރޯދަ ހިފާ އަމިއްލައެދުމުން އެއްކިބާ ވެފައި ހުރި މިނިވަން ވިސްނުމުގެ މީހަކު ހޯދައިގެން ދަރިފުޅު ދެވާބަލަ މިއުޅޭ 4 އަބިންގެ ވެރިޔަކާ ދަރި ނުދެވާތި އެމީހުންނަށް ރަސޫލާގެ އަހްލާގާ ލައިފްސްޓައިލް އަސްލަކު ނޭގެޭނެ އެމިީހުން 4 އަބިން ހޯދަންވިިީމަ ދިީން ހަދަނިިިީ ހަތިޔާރަކަށް ހޯހޯ މަވާ ބިރު މަސަލާން ހެހޭ ފައިސާ އާ ބޮޑުކަން ބިޔަ އެޕާޓްމަންޓު ދައްކައިގެން އަންހެން ކުދިން ގަނެލަން މަސައްކަތް ނުކުރޭ އެފަދަ ސުންޕާމީހުންގެ ވަބާއިން އަންހެންދަރިން ސަލާމަތް ކުރޭ ހެހެ އިންނާނެ މީހަކު ނުވިޔަސް މަށެއް ނުއިންނާނަން އެ ބީތާ އަކާ ހެހޭ

  10
 12. ޜަނާ

  ފިރިހެން މީހާނރަންކިޔާނަމަ އަންހެން މީހާއަށް ވަރިވެސް ކުރެވޭނެތާ!

  25
  2
 13. ޙުސައިން މ. މުލި

  ފިރިހެން މީހާތަ ރަންކިޔަނީ

 14. ޒީ

  ދޮންކަލޯ އަންހެނުންނަށް ބާރު ދީފަ އޮންނާނީ ވަރިކުރަން!
  ދީނަށް ފުރައްސާރަ ކުރެވޭހުރިހާކަމެއް ހުއްދަ ދީފައެ އޮތީ!
  އެއްޖިންސުން ކާވެނިވެސް ހުއްދަވާނެ މިސަރުކާރު އައިފަހުން!

  3
  3
 15. ބެރުޢަބްދުﷲ

  ބަލަ މީގަ މައްސަލަ އަކީ ކޮބާ! ފިރިހެން މީހާ ރަން ކިޔަނީތައެ. އޭނާ އެބުނަނީ މީހަކަށް މިވަގުތުވެސް އެންމެ ބޮޑަށް ބޭނުންވާ ކަންތަކުގެ ވާހަކަ. އެއީ ގެދޮރު. ލިބެންޏާ ޔަޤީނުންވެސް އަންހެނަކު އެއަށް ރަން ނުކިޔައި ދޫކޮށްނުލާނެ. އެޔަޤީންކަން އޮތުމުން ނޫންތަ އެމީހާ އެހެން އެބުނަނީ. ހަމަ ތިބެފަ ކޮމެންޓް ކުރާއިރު މިހެންހުންނަ ކަންކަންވެސް ދެނެގަންނަން ޖެހޭނެ.

  1
  1