މީހުން މެރުމުން ކުރަނީ އެންމެ ފަސް މަހުގެ ޖަލު ޙުކުމް ކަމަށާއި، ނަމަވެސް ފުއްލާއެއް މެރުމުން ފަސް އަހަރަށް ޖަލަށްލާން ޙުކުމް ކުރުމަކީ އިންސާފެއް ނޫން ކަމަށް، އެސޯސިއޭޝަން އޮފް ވިކްޓިމްސް އޮފް އުފާރު ޓްރެޖެޑީ (އޭވީޔޫޓީ)ގެ ފައުންޑަރ ނޭލަމް ކްރިޝްނަމޯތީ ބުނެފިއެވެ.

ނީލަމް މިގޮތަށް ބުނެފައި މިވަނީ، ޖޮދްޕޫރު ކޯޓުން މިއަދު، ބޮލީވުޑްގެ ތަރި ސަލްމާން ޚާންއަށް ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވުމާއި ގުޅިގެން އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ.

ނީލަމް މީސްމީޑިއާގައި މިކަމާއި ގުޅިގެން ބުނެފައިވަނީ، 59 މީހަކު މަރުވެދިޔަ ހާދިސާއެއްގެ ފަހަތުގައި ތިބި ބަޔަކަށް ފަސް މަސް ދުވަހުގެ ޖަލު ޙުކުމެއް އިންޑިއާގެ ސުޕްރީމް ކޯޓުން އިއްވާފައިވާއިރު، ފުއްލާއެއް މަރާލިކަމަށް ބުނެ ސަލްމާން ފަސް އަހަރަށް ޖަލަށްލުމުން، މަންމައެއްގެ ހައިސިއްޔަތުން މިއަދު ދެރަވެ ހިތާމަ ކުރާ ކަމަށެވެ. ނީލަމް ވަނީ އެއީ އިންސާފު ކަމާއި މެދު ސުވާލު އުފައްދާފައެވެ.

ނީލަމް އާއި އޭނާގެ ފިރިމީހާ

ނީލަމް އިސްވެ ހުރެ އުފައްދާފައިވާ އެސޯސިއޭޝަން އޮފް ވިކްޓިމްސް އޮފް އުފާރު ޓްރެޖެޑީއަކީ، 1997 ވަނަ އަހަރު ދިއްލީގެ "އުފާރު ސިނަމާ"ގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 59 މީހުން މަރުވުމާއި ގުޅިގެން އާއިލާތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ހާދިސާގައި ނީލަމްގެ ދެ ކުދިންވެސް މަރުވެފައިވާއިރު، ހާދިސާގެ ފަހަތުގައި ތިބި ފަރާތްތައް ވަނީ ސަލާމަތްވެފައެވެ.

ސަލްމާނަށް ސަޕޯޓު ކުރާ ފަރާތްތަކާއި އޭނާގެ ފޭނުންގެ އިތުރުން ބޮލީވުޑްގެ ތަރިން، ސަލްމާން ޖަލަށް ލުމާއި ގުޅިގެން މީސްމީޑިއާގައި ހިތާމަ ފާޅުކޮށް އެ ޙުކުމަކީ އިންސާފުން ކޮށްފައިވާ ޙުކުމެއް ނޫންކަމަށް ބުނަމުންދާއިރު، ނީލަމް އިތުރަށް ބުނެފައި ވަނީ ސަލްމާނަށް ކުރި ޙުކުމާއި ގުޅިގެން އެކަމަށް ތާއީދުކޮށް އުފާ ފާޅުކުރަމުންދާ ފަރާތްތަކަކީ އިންޑިއާގެ ކޯޓުތަކުގެ އިތުބާރެއް ނެތްކަމަށް ބުނެ އެންމެ ގަދައަށް އަޑު އުފުލި މީހުން ކަމަށެވެ.

ސަލްމާނަށް ޙުކުމް ކުރުމުން ބިޝްނޯއީން އުފާ ފާޅުކުރަނީ

ސަލްމާނަށް ޙުކުމް ކުރުމާއިއެކު އެކަމަށް ތަޢުރީފުކޮށް އެންމެ ބޮޑަށް އުފާ ފާޅުކުރަމުންދަނީ، އިންޑިއާގެ އުތުރާއި ހުޅަނގު ތާރު ސަހަރާގައި ފެތުރިފައި އޮންނަ ދީނީ ވަކި ޤަބޫލުކުރުންތަކެއް ގެންގުޅޭ ދަރިފަސްކޮޅެއް ކަމަށްވާ ބިޝްނޯއީގެ މީހުންނެވެ. ބިޝްނޯއީން ވަނީ، ސަލްމާނަށް މިހާރު ދީފައިވާ އަދަބަށްވުރެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައެވެ.

ސަލްމާން ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރީ ހިމާޔަތް ކޮށްފައިވާ ފުއްލާއެއް މަރާލި މައްސަލައާ ގުޅިގެންނެވެ. މިކަން ހިނގާފައިވަނީ 1998 ވަނަ އަހަރު ފިލްމެއްގެ ޝޫޓިން އަށް އިންޑިއާގެ ރާޖަސްތާނުގައި ސަލްމާން ހުރިއިރުއެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން އިންޑިއާގެ ޖޮދްޕޫރު ކޯޓުން ވަނީ 10،000 ރުޕީސް އިން ސަލްމާން ޖޫރިމަނާ ކުރަން ވެސް ނިންމާފައެވެ.

ސަލްމާން ޖަލަށް ވައްދަނީ

ސަލްމާނަށް ހުކުމް ކުރުމާއެކު ސަލްމާންގެ ދައްތަ ދިޔައީ ކޯޓު ރޫމު ތެރޭގައި ރޮމުންނެވެ. އަދި އެވަގުތު ދައްތަ އަށް ހިތްވަރުދެމުން ސަލްމާން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަސް އަހަރަށް ޖަލަށްލާން ހުކުމް ކުރި ނަމަވެސް ސަލްމާން އަންނަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ. އޭނާ ބުނެފައިވަނީ، ހާލުގައި ޖެހިފައި އޮތް ފުއްލާއަކަށް ކާން ދިން ކަމަށާއި، ނަމަވެސް އޭނާ އެސޮރު މަރާނުލާކަމަށެވެ.

ސަލްމާން ޚާން ޖަލަށް ވައްދަނީ

މި މައްސަލާގައި ސަލްމާންގެ މައްޗަށް މީގެ ކުރިން އެހެން ދަޢުވާއެއްވެސް ކޮށްފައިވެއެވެ. އެ ފަހަރު އޭނާގެ މައްޗަށް ކޮށްފައި ވަނީ ފުއްލާ މަރާލުމަށް، މަނާ ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ކުރި ދަޢުވާއެކެވެ. ނަމަވެސް ސާބިތު ހިފޭވަރަށް ހެކި ހުށަހަޅާފައި ނުވާތީ ސަލްމާންގެ މައްޗަށް އެ ދަޢުވާ ސާބިތުވެފައެއް ނުވެއެވެ.

ސަލްމާނަށް މިއަދު ފަސް އަހަރުގެ ޙުކުމެއް ކުރުމާއި ގުޅިގެން އޭނާ މިހާރު ޖޯދާޕޫރު ސެންޓްރަލް ޖަލަށް ގެންގޮސްފައިވާއިރު، އޭނާ އޮތީ ވަރަށް އާދައިގެ ގޮޅިއެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ސަލްމާން ގެންދިޔަ ޖަލަކީ، ރޭޕްގެ މައްސަލައެއްގައި ޖަލުޙުކުމެއް ތަންފީޒު ކުރަމުންދާ، ކަލަކު ކަމުގައި ދަޢުވާކުރި އަސަރަމް ބާޕުވެސް އޮތް ޖަލެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނަފާ

    ގުއި އިންޑިއާގެ ހާލަތު ތިޔައީ ގެރި ފުއްލާ އިންސާނުންނަށްވުރެއް ކަރާމާތްތެރިވާނެ ތި ރޭޕިސްޓުންނަށް

    • ޖާސޫސުން

      މި ގައުމުގައި ބައެއް ގައުމުތަކުގެ ޖާސޫސުން އެބަ އުޅޭ.
      ގިޔާމަތް ދުވަހު ތި ގޮތަށް ފޮރުވިގެން ނޫޅެވޭނެ.
      ކީރިތި ރަސޫލާ صلى الله عليه وسلم އަށް ހުތުރު ބަސް ރައްދު ކުރުން ހުއްޓާލާ، އެހެން ނޫނީ 2 ދުނިޔެވެސް އަބާއްޖަވެރި ވާނެ.

    • ރުޅިނާދޭ

      ބުރޯ ތިހުރީ އަނގުރު އަލިފާނަށްވުރެ ދޮންބޮޑުވެފަ.އަވަހަށް އެންޓާކްޓިކާއަށް ނޫނީ އާރކްޓިކް ސަރަހައްދަށް ގޮސްގެންވިޔަސްތި ހޫނުގަނޑު މަޑުވޭތޯ ބަލާލަބަލަ.ނޫނީ އަލިފާން ފަރުބަދައެއްހެން ގޮވާފާނެ.....

  2. އެންމެން

    ސަލްމާން ފެނުނީމަ ހީވަނީ ހަމަ ފިލްމެއްގެ ތަންކޮޅެއް ފެންނަހެން.

  3. ބޯގަޅި

    ތީ ބޯގަޅި ޑިމަކުރަސީ އިންޑިއާ

  4. އަބޭ

    ދައުވާ އުފުލީ ބަޑި ޖަހައިގެން ފުއްލާ މަރާލިކަމަށް ބުނެ ދޯ؟ އެކަމް ފަހުން ބަޑި ގެންގުޅުންކަން ސާބިތެއްނުވި.. ދެން ފުއްލާ މަރާލީ ނޭވާ ހޮޅީގައި ހިފައިގެން ކަމަށްތަ ދައުވާ ކުރީ. އެހެން ވެއްޖެކަމުގައި ވާނަމަ ހުކުމް ކުރި އިރުވެސް އެއީ ބާތިލް ހުކުމެއް.

    • މަބޫ

      ޓިކެޓް އެބަ ފޮނުވަން އެކޮޅަށް ދާން ރެޑީވޭ!!!! ސަލްމާން ގެ ވަކީލުން ނަށް ނޭނގި އޮތް ކަމެއް ތީ

  5. ?
  6. Anonymous

    ޢިންޑިޔާގެ ތިޔަ އަމަލު އަހަރެމެން މިދަނީ ވަރަށް ގާތުން ބަލަމުން..

  7. ބަކު

    ޕޕ ޖަލްސާތަކަށް ދާ ބޫގަލޭމެން ނުކުޅެދޭ އިނާޔަތް ލިބެނީ ކޮން އިންސާފަކުންތޭ