ނޯޓް: މިއީ ރާއްޖޭގެ ދެކުނުގެ ރަށެއްގެ ކުއްޖަކަށް ކުރިމަތިވި ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގެ އަސްލު ނުގެއްލޭނެހެން އުނި އިތުރު ގެނެސްފައިވާނެއެވެ.

ޖިންނި ސައިތާނުންގެ ވާހަކަތަކަކީ އަހަރެން ވަރަށް ޝައުގުވެރިވާ ވާހަކަތަކެވެ. ދުވަހަކުވެސް އަހަންނަށް ޖިންނިއެއް އަވަލައިފައި ނުވި ނަމަވެސް އަހަންނަަށް ވަނީ ޖިންނި އަވަލުމުންވާ ގޮތް ގާތުން ފެނިފައެވެ. އަދި އެ ހަނދާންތައް މިއަދުވެސް ދެންމެ ވީ ކަމެއްހެން އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައި އެބަހުށްޓެވެ.

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އަހަރެން ސްކޫލުގައި ތައުލީމު ހާސިލް ކުރަމުން ދިޔަ ދުވަސްވަރެކެވެ. އަހަރެންގެ ރަށަކީ މާބޮޑު އާބާދީއެއް އޮންނަ ރަށެއް ނޫނެވެ. ރަށުގައި މީހުން އުޅޭ ސަރަހައްދަށް ވުރެ ރަށުގެ ވަލުތެރޭގެ ސަރަހައްދު ބޮޑެވެ. ރަށުގެ އާބާދީ ކުޑަ ނަމަވެސް އަހަރެންގެ ރަށަކީ މިސްކިތް ގިނަ ރަށެކެވެ. އެގޮތުން ދުވަސްވީ މިސްކިތްތައް ރަށުގައި ގިނައެވެ. ރަށުގެ މީހުން އާބާދުވެ އުޅޭ ހިސާބުގައި ތިން މިސްކިތެއް ހުންނަ އިރު, ރަށުގެ ވަލުތެރެއާއި ކައިރީގައި މިސްކިތެއް ހުންނާނެއެވެ. އެއީ ކުރިން ރަށުގައި ހުކުރު ކުރި ރަށުގެ މައި މިސްކިތެވެ. އާންމުކޮށް އަހަރެންމެން ނަމާދަށް ގޮސް އުޅެނީ އެ މިސްކިތަށެވެ.

ހުކުރު ދުވަހެކެވެ. އާދައިގެ މަތިން އަންނަނާއި އަހަރެންގެ އެކުވެރިން އެ މިސްކިތަށް މަޤްރިބް ނަމާދަށް ދިޔުމަށް ހިނގައިގަތީމެވެ. މިސްކިތަކީ ވަލާ ކައިރީގައި ހުންނަ މިސްކިތެއް ކަމުން މިސްކިތުގައި ހުންނަ އަލި ފިޔަވާ އެހެން އެއްވެސް އަލި ކަމެއް އެ ސަރަހައްދަކު ނެތެވެ. މަޑު ހިނގުމުގައި އަހަރެމެން މިސްކިތާއި އަރާ ހަމަވިއިރު، މުދިން މީހާ ބަންގި ގޮވަނީއެވެ. އެހެންކަމުން މިސްކިތުގެ ހުޅަނގުގައި ހުރި ހަތަރުކަން ވަޅުން ފަހަރަކު މީހަކު ވުޞޫކުރަން އަވަސްވެ ގަތީމެވެ. އެހިނދެވެ. އަހަރެންނާއި އެކު އައި އަހަރެންގެ ރައްޓެއްސެއް ކަމަށްވާ ޝަރީފް ބުންޏެވެ.

"އަހަރެން ވަރަށް އެބަ ހީސް ލަވާ. އެބަ އަންނަން މި ދިމާ ވަލުތެރެއަށް ހީސްލައިގެން" އެހެން ބުނުމަށް ފަހު އެތަނުން ކުޑަ ފުޅިއެއް ހިފައިގެން މިސްކިތުގެ އެއް ފަރާތު ވަލާ ދިމާއަށް އޭނާ ދިޔައެވެ. ކުޑަކަމު ދިޔުމަށް ފަހު އޭނާ އައިސް އަހަރެމެންނާއި އެކު ވުޞޫކޮށްލައިގެން މިސްކިތަށް އަރާ ނަމާދުކުރިއެވެ. ނަމާދުކޮށް ނިންމާފައި އެންމެން ދިޔައީވެސް އެކު އެކީގައެވެ. އަހަރެން ދިރިއުޅެމުން އަންނަ ގެއާއި ޝަރީފް ދިރިއުޅެމުން އަންނަ ގެއާއި ހުންނަނީ އިންވެގެންނެވެ.

އެހެންކަމުން އެންމެން އެކުގައި ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު ގެއާއި ދިމާއަށް އަހަރެން ދެމީހުން ހިނގައި ގަތީމެވެ. އެހިނދެވެ. ޝަރީފު ކުއްލިއަކަށް ހަޅޭލަވައި ގަތެވެ. އެއާއި އެކު އޭނާ ބިންމަށްޗަށް ވެއްޓުނެވެ. ބަލާކަށް ނުހުރެ އަހަރެން އަޑުނެ ނެތް ތަނަށް ހަޅޭ ލަވައިގަތީމެވެ. އެހީއަށް އެދިއެވެ. އެއިރު އެކި ދިމަދިމާއިން މީހުން އަހަރެމެންނާއި ދިމާއަށް އާދެއެވެ. ދެތިން މީހުންގެ އެހީތެެރި ކަމާއި އެކު ޝަރީފް ނަގައިގަނެގެން ހޮސްޕިޓަލަށް ގެންދިޔައީމެވެ. އެއިރުވެސް ޝަރީފް އޮތީ ހޭނެތިފައެވެ.

ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ކުރަން ފެށިތާ މާއިރެއް ނުވެ ޝަރީފް ހޭއެރިއެވެ. އަދި ހޭ އެރުމާއި އެކު އަގައިން ފޮނަތަކެއް އެރުވުމަށް ފަހު ތެޅެން ފެށިއެވެ. ހީވަނީ މަރަށް މީހަކު ތެޅޭ ހެންނެވެ. ޑޮކްޓަރުންނަށް ދޭނެ ފަރުވާއެއް ނޭނގުނެވެ. އިންޖިކްޝަނަކަށް ފަހު އިންޖިކްޝަނެއް ޖަހަމުން ދިޔައެވެ. ނަމަވެސް ހާލަތަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ހައްތަހާ ވަނީ ގޯހެވެ. އެއިރު ރަށުގެ އެންމެން ކަހަލަ ގޮތަކަށް ވަނީ ހޮސްޕިޓަލު ކައިރިއަށް ޖަމާވެފައެވެ. ބައެއް މީހުން ބުނާތީ އަޑުއިވެއެވެ. "އެ އޮތީ ޖިންނި މޮޔަވެފައެވެ" ކޮންމެއަކަސް ޝަރީފްގެ ތިމާގެ މީހުންނަށްވެސް ވިސްނުން ގޮތަކީ އެއީއެވެ.

ޝަރީފަށް އެވާ ގޮތްތަކަކީ ރޫހާނީ ކަމެއްގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމުގައެވެ. އެހެންކަމުން ރަށުގައި އުޅޭ ރުޤްޔާ ކުރާ މީހެއް ކަމަށްވާ ހަކީމްބެ ގެނެސް ފަރުވާ ފެށިއެވެ. ކިޔެވެލި ކިޔެވުމަށް ފަހު ހަކީމްބެ ޖިންނި އާއި ސުވާލު ކުރިއެވެ. އެއިރު ޖިންނި އޮތީ ޝަރީފްގެ ހަށިގަނޑުގެ ތެރެއަށް ވަދެއެވެ. ހަކީމްބެ ޖިންނި ކައިރިން އެއްސެވެ. "ކަލޭ ކިއްވެ މި އިންސާނާއާއި އަވަލަވައިގެން ތިއުޅެނީ؟"

ޖަވާބުގައި ޝަރީފްގެ އަޑުން ޖިންނި ބުންޏެވެ. "އަހަރެންގެ ގަޔަށް ކުޑަކަމު ދިޔައީމަ. އެކަމުގެ ބަދަލު ހިފަން" ޖިންނީގެ ވާހަކަތައް އަޑު އެހުމަށް ފަހު ހަކީމްބެ އެ ޖިންނިއަށް އިހްތިޔާރެއް ދިނެވެ. އެއީ ކިޔަމަންތެރިކަމާއި އެކު ޝަރީފުގެ ހަށިގަނޑު ދޫކޮށްލުމަށެވެ. ނުވަތަ އަންދާލުމަށެވެ. ﷲ އިރާދަފުޅުން އެ ޖިންނި ވީ ކިޔަމަންތެރިވި ޖިންނީންގެ ތެރެއިންނެވެ. އެ ޖިންނި ޝަރީފްގެ ހަށިގަނޑު ދޫކޮށް ﷲއަށް އީމާންވިއެވެ. އަދި އިންސާނުންނަށް ފުރައްސާރަ ނުކުރުމަށް މާތްﷲ ގަންދީ ހުވާކުރިއެވެ.

މި ހާދިސާއަށް މިއަދު އެތަކެއް އަހަރެއްވީއެެވެ. ނަމަވެސް އެއީ އަހަރެންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ ބިރުވެރި ހާދިސާކެވެ. ފުޅިއަކަށް ކުޑަކަމު ދިޔުމުން ޝަރީފަށް އެވީ ގޮތް މިހާރުވެސް ހަމަ ލޮލަށް ފެންނަ ކަހަލައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އުތުރު މީހާ

    އަބަދުވެސް ދެކުނުގެ ރަށެއްގަ!

    23
  2. ކުއްޖާ

    ރެޭގަޑުގެ 30. 7ހާއިރެވެ އަހަރުމެންގެ ގޭގެ މެދުގެ ތެރެޭ ގައި ލައިޓަރުގެ ހުޅުކޮޅެއް ވައްތަރު ހުޅުކޮޅެއް ބިން މަތީ ގައި ދިއްލިފައި ހުއްޓެވެ އެއިިީ ކޮންއެއްޗެއް ކަން ނޭގެޭތިިިީ ކައިރީގައި އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު އަހަރެން ބުނީމެވެ ގޯސްއެއްޗެއް ވިއްޔާ ގުރްއާން ކިޔެވީމައި ދުވެ ފިލާފާނެނޫންހެއްޔެވެ ދެން ފަލަގި/ ނަަަާސި އަޑުގެކޮޅަށް ކިޔަވަން ފެއްޓީމެވެ ހަމަ ވަގުތުން ހުޅުކޮޅު ގެއްލުނެވެ އަހަރެން އަބދުވެސް ވަކީލު ކުރާ ފަރާތަކީ ﷲއެވެ މީހަކު އަހަރެން ރުޅިއަރުވާ ދެރަކޮށްލިޔަސް ގުރްއާން ކިޔަވަންފަށަމެވެ ހިތްހަމަނުޖެހުނަސް /ބިރުގަތަސް /ހާސްވިޔަސް ގުރްއާން ކިޔަވަމެވެ .ﷲ އަހަންނަށް ފުދެއެވެ އެއީ އެންމެހެޔޮ ބަލަދުވެރިޔާކަން ގައިމެވެ

    166
    2
    • އިނާ

      މާޝާ ﷲ...

      49
  3. ދެކުނުގެ ރަށްތަކުން

    ޖިންނި ޝައިޠާނުންގެ ފަރާތުންނާއި އަދި އެކި ގޮތް ގޮތުން މީހުންނަށް ދިމާ ޑޮކްޓަރުންނަށް ގޮތް ނުފެންނަ ހުރިހާ ކަމެއް ދެކުނުގެ މީހުން ދަނެއެެވެ. އަމުދުން ޖިންނީންނާއި ދެކުނުގެ މީހުން ގާތް ގުޅުމެއް އޮންނަނީ ތޯއްޗެއް. ފަނޑިތަ ވެރިކަމާއި އަދި އަދި އުތުރުގެ މީހުންނަށް ނޭގޭ އެތައް ކަމެއް ދެކުނުގެ މީހުން ދަންނަނީ ތޯއްޗެއް. އަދި ދެކުނުގެ މީހުން ދެކެ އުތުރުގެ މީހުން ވަރަށް ބިރު ގަންނާނެ މީހަރުވެސް
    ވީމާ އަބަދު ދެކުނަށް މިބާވަތުގެ ކަންކަން މިސާލުކުރަނީކަމަށް ވާނީ.

    7
    5
  4. ޖިންނި

    ޖިންނި - އެކުވެރިޔާއޭ! އަދިވެސް އަހަރެން އޭނަ ދޫނުކުރަމޭ! އޭނާގެ ފަސްފަހަތުން ކުރާކަންކަން ބަލަމުން އެބަގެންދަމޭޭ! ކިރިޔާވެސް ކައިރިވެވޭ ގޮތެއްވެއްޖެހިނދެއްގަ މާބޮޑަށް ތަތް ކޮއްލާނަމޭ!ސަރީފުއެއީ މާދީމީހެއްނޫނެ! މިއިންސާނުން ހީކުރާކަހަލައެ.......
    ދުނިޔެ ލެއްވި ހުރިހާނުބާނުލަފާ ކަންކަން ކުރާއިރު އަހަރެމެންނަށް ނުފެންނާނެއޭ!!
    ނަމާދަށްވެސް ދަނީދެއްކޭށޭ!
    ދެން އެއްމެ އަވަހައްވެސް ކައިރިވެލާނީ އަންނަމަހު ފަސްވަނަދުވަހު ފަޅުރަށުން!! ލޮލް.........

    "ނުނިމޭ"

    6
    7
  5. ޓ

    ފުޅި ތެރޭގަތަ ޖިންނި އޮތީ.

    13
    1
  6. ފުޅި

    ކޮބާ އެ ފުޅި؟

  7. Uthuru jinni

    Uthuruge rahrashuga jinni noolheniibaaey magey hiyhah araa... Mukhinvx dhekunuga dho

    1
    5
  8. އޭނަ

    ''އެހެން ބުނުމަށް ފަހު އެތަނުން ކުޑަ ފުޅިއެއް ހިފައިގެން މިސްކިތުގެ އެއް ފަރާތު ވަލާ ދިމާއަށް އޭނާ ދިޔައެވެ. ''
    ފުޅިީތެރޭގަތަ ޖިންނިއޮތީ އަދި އެވެސް ހިފައިގެން ދިޔަ ފުޅިއެއް.
    ؟
    = ހިޔާލީ
    oo :ޕ

    4
    1
  9. މުހައްމަދު

    ރުޤުޔާކުރާ މީހުން ޖިންނި ނުއަންދާނެ.