މަޝްހޫރު ކޮމެޑިއަން އެކްޓާ ރޯވަން އެކްޓިންސަން (މިސްޓަރ ބީން) އަނެއްކާވެސް ފިލްމަކުން ފެނިގެންދާ ހަބަރަކީ މިސްޓަރ ބީންގެ ފޭނުންނަށް ލިބިގެން ދާނެ އުފާވެރި ޚަބަރަކަށް ނޫނީ ނުވާނެއެވެ.

އެގޮތުން 2011 ވަނަ ނިކުތް މިސްޓަރ ބީން ގެ ފިލްމުގެ "ޖޯނީ އިންގްލިޝް" ގެ ދެވަނަ ވައި "ޖޯނީ އިންގްލިޝް- ޝްޓްރައިކް އެގެން" މިވަނީ ސިނަމާތަކަށް އަންނާނެ ދުވަހެއް އިއުލާން ކޮށްފައެވެ. މިފިލްމުގައި ބީން ފެންނަނީ ކްރިމިނަލް ހެކަރެއްގެ ރޯލުންނެވެ.

މިހާރު އުމުރުން 63 އަހަރުގެ ރޯވަން އެޓްކިންސަންގެ ހުނަރުވެރި އެކްޓިންގ ދައްކުވާދީފައިވާ މިސްޓަރ ބީންގެ އެހެން ފިލްމުތަކެކޭ އެއްގޮތަށް ވަރަށް މަޖާވާނެ ކަމަށް ބެލެވޭ މި ފިލްމް އޮކްޓޯބަރު މަހުގެ މެދުތެރޭގައި ސިނަމާތަކަށް އަންނަވަރު ވާނެއެވެ.

1950 ވަނަ އަހަރު އުފަންވި މރ. ބީން ގެ އަސްލުނަމަކީ ރޯވާން ސެބެސްޓިއަން އެޓްކިންސަންއެވެ. ރޯވަން އެޓްކިންސަން ގިނަ ބަޔަކު ދަންނަ ނަމުންނަމަ އޭނާއަކީ މރ.ބީން އެވެ. އެއީ ހެއްވާ މަޖާ ޓީވީ ސިލްސިލާ "މރ. ބީން" މަޝްހޫރު ވެގެން ގޮސްފައިވާ ވަރުންނެވެ. އަދިވެސް ވަރަށް ގިނަ ބަޔަކު މރ.ބީން ގެ ސިލްސިލާ އެޕިސޯޑުތައަ ބަލާލުމަށް ހުންނަ ޝައުޤުވެރިކަން ވަރަށް ބޮޑެވެ.

މިސްޓަރ ބީން ކޮމެޑީ ސީރީޒް އެންމެ ފުރަތަމަ ދައްކަން ފަށާފައިވަނީ 1990 ވަނަ އަހަރުއެވެ. އަދި 1995 ވަނަ އަހަރާއި ހަމައަށް މިސްޓަރ ބީން ސީރީޒްގެ އެޕިސޯޑްތައް ދައްކާފައިވާއިރު 1997 ވަނަ އަހަރު "ބީން- ދަ ޑިޒާސްޓަރ މޫވީ" ގެ ނަމުގައި ވަނީ ފިލްމެއް ވެސް އުފައްދާފައެވެ. އަދި އޭގެ އިތުރުން 2007 ވަނަ އަހަރު "މިސްޓަރ ބީންސް ހޮލިޑޭ" ގެ ނަމުގައިވެސް ފިލްމެއް އުފައްދާފައިވެއެވެ.