ޕޯން އިންޑަސްޓްރީގައި މަސައްކަތް ކުރެވުމަކީ މިހާތަނަށް ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސް ކަމަށާއި، އެކަމުގެ ސަބަބުން ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުންދާ ކަމަށް ކުރީގެ ޕޯންސްޓާރު މިއާ ހަލީފާ ބުނެފިއެވެ.
ބީބީސީއަށް ދިން އިންޓަވިއު އެއްގައި މިއާ ބުނެފައިވަނީ، ބަޔަކު އޭނާ ޕޯން އިންޑަސްޓްރީއަށް ވެއްދީ އޮޅުވާލައިގެން ކަމަށާއި، އެންމެ ފުރަތަމަ އެ އިންޑަސްޓްރީއަށް ބައެއްގެ ފަރާތުން ލިބުނު ދަޢުވަތަކީ މޮޑެލް ކުރުމަށް ކަމަށް ބުނެ ދިން ދަޢުވަތެއް ކަމަށެވެ.
އެމެރިކާގައި ކިޔަވަން އުޅުމަށްފަހު ގްރެޖުއޭޓް ވެގެން، އުމުރުން 22 އަހަރުގައި ޕޯން އިންޑަސްޓްރީއަށް މިއާ ވަދެފައިވާއިރު، އޭނާ ބުނެފައިވަނީ އެކަން ކުރުމަށް އެންމެ ފުރަތަމަވެސް އޭނާ ދެކޮޅު ނެހެދީ ދަޢުވަތު ދިން ފަރާތްތަކަށް ނޫނެކޭ ބުނުމަށް ފަސްޖެހުމުން ކަމަށެވެ. ނަމަވެސް އެ އިންޑަސްޓްރީގައި މަސައްކަތް ކުރެވުމުން ފަހުން ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހި ރަނގަޅު ފިލާވަޅެއް ލިބިގެންދިޔަ ކަމަށް މިއާ ބުންޏެވެ.
މިއާ ބުނިގޮތުގައި އޭނާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުރި އެ މަސައްކަތުގެ ސަބަބުން އަބަދަށްޓަކައި އޭނާގެ "ޕްރައިވެސީ" ވަނީ ގެއްލިފައެވެ. އަދި އާންމު ތަންތަނަށް ނިކުމެ އުޅެން ދަތިވެފައިވާއިރު، އޭގެ ފަހުން ފަސް ވަރަކަށް އަހަރު ވެގެންދާއިރުވެސް އެ އުނދަގޫތަކުން އަރައި ނުގަނެވިފައިވާ ކަމަށް އޭނާ ބުންޏެވެ.
މިއާ ބުނެފައިވަނީ ޕޯން އަކީ ހަޤީޤަތެއް ނޫން ކަމަށެވެ. އެފަދަ ވީޑިއޯތައް ބެލުމަށް ދެވިހިފާފައިވާ މީހުން އެއީ ހަޤީޤަތެއް ކަމަށް ޤަބޫލުކުރި ނަމަވެސް، އެއީ ކުށްހީއެއް ކަމަށް އޭނާ ބުންޏެވެ. މިއާ ހަލީފާ ޕޯން އިންޑަސްޓްރީގައި މަސައްކަތް ކުރި ތިން މަހުގެ ތަޖުރިބާ މީޑިއާގައި ޙިއްސާ ކުރަމުން އޭނާ ބުނެފައި ވަނީ، އެ ދާއިރާގައި މަސައްކަތް ކުރީ ބޭނުންވެގެން ނޫން ކަމަށެވެ.
ބީބީސީއަށް ދިން އިންޓަވިއުގައި އޭނާ ވަނީ ޕޯން އިންޑަސްޓްރީގައި އޭނާ ހޭދަކުރި މަދު ދުވަސްކޮޅުގެ ތެރޭގައި ދިމާވި ގިނަ ކަންކަން ފާހަގަކޮށް އެކަމުން އޭނާއަށް ކުރިމަތިލާން ޖެހުނު ހިތި ތަޖުރިބާތައް ކިޔައިދީފައެވެ. އަދި ކުޑައިރު އޭނާ އުޅެމުން ދިޔައީ ވަރަށް ނިކަމެތި ހާލުގައި ކަމާއި، އެ ކަންކަމުން އަރައިގަތުމަށް އޭނާއަށް އިޚްތިޔާރު ކުރެވުނީ ރަނގަޅު ދާއިރާއެއް ނޫން ކަމަށް ބުނެފައި ވެއެވެ.
އެމެރިކާގެ ޕޯން އިންޑަސްޓްރީގައި މިއާ މަސައްކަތް ކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ. އޭގެ ތިން މަސް ފަހުން އޭނާ އެ ދާއިރާ ދޫކޮށްލާފައިވާއިރު މިހާރު މަސައްކަތް ކުރަނީ ސްޕޯޓްސް ކޮމެންޓޭޓަރެއްގެ ގޮތުގައެވެ.
މިއާ ޚަލީފާ ގެންގޮސް އޭޑީކޭ ގައި އެ އުޅޭ ސިކުނޑިއާ ބެހޭ ރިޕޯޓް ނެރޭ މީހުންނަށް ދައްކާބަލަ! އޭރުން އެ ބުނާ އެއްޗެއް އެމީހުން ތަހްގީގުކުރާނެ!
ތީއީ ތިނާ މައްޝޫރުވާން ދައްކާ.. ވާހަކަ..
މިއާ ހަލީފާ އިޒް ދަ ބެސްޓް
3 މަސްދުވަހޭ އެއީ ދޮގެއް
ތިކަނ ް ބަލަނ ް މަރު ކޮމެޓީ އާއި ހަވާލުކުރެޭ
މީ ކޮން ގައުމެއްގެ ކޮން ދީނެއްްގެ މީހެއްކަންވެސް ހިމަނާލިނަމަ
ލެބްނާނު ނަސްލުގެ އެމެރިކާ ކްރިސްޓިއަނެއް.
އަރަބި ލެބަނަން މަންޖެއެއް.