މީމްސްއަކީ މިހާރު ވަރަށް މަޝްހޫރު އެއްޗެކެެވެ. އެފަދަ އެއްޗެއް މީސް މީޑީއާއަށް ލުމާއެކު ގިނަބަޔަކު އެއަށް ސަމާލުކަން ދެއެވެ. މިފަހުން އަމިއްލަ މީހާގެ މީމްސް ހަދައިގެން އެތައް ބަޔަކު ހެއްވާލި ތަރިއަކަށް ވާނީ ދިޕިކާ ޕަދުކޯންއެވެ. އޭނާ ދަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާއާ ފިރިމީހާ ރަންވީރު ސިންގ ހެދުން އަޅާފައި ހުންނަ ގޮތް މީމްސްއަށް ހަދައިގެން ޕޯސްޓޫ ކުރަމުންނެވެ.

އެންމެ ފަހުން އޭނާ އިންސްޓަގްރާމްގެ ސްޓޯރީއަށް ލާފައި ވަނީ ފިރިމީހާއަށާއި، އޭނާ ހެދުން އަޅާފައި ހުރި ގޮތަށް ޖޯކު ޖަހާ ހަދާފައިވާ މީމް އަކާއިއެކުގައެވެ.

އޭނާ ހިއްސާކުރި އެ ދެ ފޮޓޯގައި ވަނީ އެ މީހުން އައިފާ އެވޯޑްއަށް ހެދުން އަޅާފައިވާ ގޮތެވެ. ދެން ހުރީ މީސް މިޑީއާއިން އެއާއި އެންމެ ވައްތަރުގޮތަކަށް ފެންނަ ހުންނަ އެއްޗެއް ނަގާ ކޮލާޖް ހަދާފައެވެ.

ދިޕިކާ އިންސްޓަގްރާމްގެ ސްޓޯރީއަށް ލި ރަންވިރުގެ ޖޯކު ފޮޓޯގައި އޭނާ ވަނީ "ހޫ ޑީޑް އިޓް ބެޓާ"ލިޔެފައެވެ. އަދި ދެވަނަ އަށް އޭނާ ލި އަމިއްލަ ފޮޓޯގައި "ކްލޯޒް އިނަފް"ޖަހާފައެވެ. އޭނާގެ އަޅައިގެން ހުރި ހެދުމާއި މޮޕަކާއި ވައްތަރު ކަމަށް އޭނާ ވެސް ގަބޫލުކުރެއެވެ.

އެ ހަފްލާގައި ރަންވީރު ސިންގއަށް ބެސްޓް އެކްޓަރ އެވޯޑް ވަނީ ލިބިފައެވެ. އެ އެވޯޑް ލިބިފައި ވަނީ އޭނާ ފެނިގެން ދިޔަ އަލާއުއްދީން ޚިލިޖީ ފިލްމުންނެވެ.