ރަލްފް ޓޭލާ ކިޔާ އެމެރިކާ އަށް ނިސްބަތްވާ ދޮން މީހަކު ގާނޫނީ ގޮތުން އެއީ ކަޅު މީހެއް ކަމަށް ނިންމައިދިނުމަށް އެދި ކޯޓަށް ގޮސްފިއެވެ.

ރަލްފް އަށް ބަލައިލުމަށް ފަހު އެއީ ކަޅު މީހެކޭ އެއްވެސް މީހާކު ނުބުނި ނަމަވެސް، އޭނާ ހެދި ޑީއެންއޭ ޓެސްޓަކުން އޭނާ ގައިގައި ކަޅު މީހުންގެ 4% މީހުން ރަލްފް ވަނީ އޭނާ ކަޅު މީހެއް ކަމަށް ނިންމައި ދިނުމަށް އެދިފައެވެ.

އެތައް ބައެއްގެ ފާޑު ކިޔުން ރަލްފް އަށް ވަނީ އަމާޒު ވެފައި

އެމެރިކާގައި އަދިވެސް ނަސްލީ ތަފާތު ކުރުންތައް ކޮންމެވެސް ވަރަކަށް ހުންނައިރު، ރަލްފް މިކަން ކުރުމުގެ އެންމެ ބޮޑު މަގުސަދަކަށް ވެފައި ވަނީ އޭނާގެ ވިޔަފާރި ފުޅާ ކުރުން ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގައި ކަޅު މީހުންނަށް ނަސްލީ ތަފާތު ކުރުންތައް ގެންގުޅޭ ކަމުން އެމީހުން އެފަދަ ކަންކަމުން ހިމާޔަތް ކުރުމަށް ގާނޫނުތައް ހެދިފައި ހުރެއެވެ. ރަލްފް އޭނާ އަކީ ކަޅު މީހެއް ކަމަށް ނިންމައި ދިނުމަށް އެދިފައި ވަނީ އެ ގާނޫނޫ ތަކުގެ ނާޖައިސް ފައިދާ ނަގަން ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ އޭނާ އަށް ފާޑު ކިޔަމުންކަން ފާހަގަކޮށްލެވެއެވެ.

މިކަމާއި ގުޅިގެން ބައެއް މަޝްހޫރު މީހުންވެސް ރަލްފް ވިޔަފާރީގެ ބޭނުމަށް މިފަދަ ކަމެއް ކުރަން އުޅޭކަމުން ވަނީ އޭނާގެ ވިޔަފާރި އެގޮތަށް ކުރި އެރުމުގރ ފުރުސަތު ނުދޭނޭ ކަމަށްބުނެ މިކަން ހުރިހާ އެންމެންގެ ސަމާލު ކަމަށްވެސް ގެނެސްފައެވެ.