ސިންގާގެ އާއިލާއަށް ނިސްބަތްވާ އެތަކެއް ޖަނަވާރެއް އުޅެއެވެ. އެގޮތުން މިނިވާގު އަދި ބުޅާ ފަދަ ޖަނަވާރު ހިމެނެއެވެ. ސިންގާއަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަރަށް ގިނައިން އުޅޭ އެއްޗެކެވެ. އާންމު ގޮތެއްގައި ސިންގާ އެންމެ ގިނައިން އުޅެނީ އެފްރިކާގެ ގައުމުތަކުގައެވެ. ސިންގާ އާންމު ގޮތެއްގައި ހުންނަނީ މުށި ކުލައަށެވެ. ނަމަވެސް މަދުން ނަމަވެސް ހުދު ކުލައިގެ ސިންގާ އުޅެއެވެ.

ދުނިޔެއިން ހުދުކުލައިގެ ސިންގާ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އެމެރިކާގެ ސައިންސްވެރިން ވަނީ ބުނެފައެވެ. ސަބަބެެއް ކަމުގައި ސައިންސްވެރިން ބުނަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ހުދު ސިިންގާ މަރުވާތީއެވެ. ކުރިއަށް އޮތް 10 އަހަރު ދުވަސް ތެރޭގައި ހުދު ކުލައިގެ ސިންގާ ދުނިޔެއިން ނެތިގެންދާނެ ކަމުގައިވެސް ސައިންސްވެރިން ބުނެއެވެ.

ދުނިޔޭގައިި މިހާރު އުޅެނީ އެންމެ 300 ހުދު ސިންގާއެވެ. އޭގެ ތެރެއިންވެސް ގިނައިީ ފިރިހެން ސިންގާ ކަމަށް ސައިންސްވެރިން ބުނެއެވެ. އެހެންކަމުން ހުދު ސިންގާ ދުނިޔެއިން ނެތިގެން ދިޔުމުގެ ކުރިން އޭގެ އަދަދު އިތުރު ކުރުމަކީ ވުން އެކަށީގެންވާ ކަމެއް ނޫން ކަމުގައި ކަމާ ބެހޭ މާހިރުން ބުނެއެވެ.

ހުދު ކުލައިގެ ސިންގާ އެންމެ ގިނައިން އުޅޭ ގައުމުތަކަކީ ސްވިޒްލޭންޑް، ޑެންމާކް އަދި ސައުތް އެފްރިކާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިމަންނަ

    މިރާއްޖޭގައިވެސް ތީގެ އެއްޗެއް އުޅެޔޯ ކިޔާ