އަންހެނުންނަކީ އަބަދުވެސް ހަންގަނޑު ރީތިކުރުމަށް ގަދައަޅާ މަސައްކަތް ކުރާ ބައެކެވެ. މިކަމަށް، އަގުބޮޑެތި ތަކެތި ބޭނުން ކުރާއިރުވެސް އޭގެ އެދެވޭ ނަތީޖާ ނުފެނި، ކުރާހާ މަސައްކަތް ފެނަށް ވެގެން ދަނީ ބޭނުން ކުރެވޭ އެއްޗެއްގެ ސަބަބުން ކަމުގައިވެސް ވެދާނެއެވެ. މިކަމަށް އޮތް އެއް ހައްލަކީ 'ރޯސް ވޯޓާ' ނުވަތަ ފިނިފެންމަލު ފެން ބޭނުން ކުރުމެވެ. އެގޮތުން ތިރީގައި މިވަނީ ފިނިފެންމަލު ފެން ބޭނުން ކުރުމުން ހަންގަނޑު ރީތިވެ އުޖާލާވާ ބައެއް ސަބަބު ތަކެވެ.

ހަންގަނޑުގެ ޕީ.އެޗް ލެވެލް ހިފެހައްޓައިދޭ

އަތްވަށް ނުކުމެ އުޅުމުގެ ސަބަބުން ހަންގަނޑު ކުރަކިވެ ތާޒާކަން ގެއްލިގެންދެއެވެ. މިކަމަށް އަވަސް ހައްލެއްގެ ގޮތުން، ފިނިފެންމަލު ފެން ބޭނުން ކުރެވިދާނެއެވެ. އޭރުން ހަންގަނޑު ކުރަކި ވުމުން ދުރުކޮށްދީ ހަންގަނޑުގެ ޕީ.އެޗް ލެވެލް އެއްވަރެއްގައި ބެހެއްޓުމަށް އެހީވެދޭނެއެވެ.

ހަންގަނޑު ސާފު ކޮށްދޭ

ޖައްވުގައި ހުންނަ ކުދިކުދި ކުނޑީގެ ސަބަބުންވެސް ހަންގަނޑުގެ ރީތިކަން ގެއްލިދާނެއެވެ. ފަހަރުގައި އަޅުގަނޑުމެންގެ ލޮލަށް މި ކަންތައް ނުފެނިދާނެއެވެ. އެހެންވެ މަދުން ނަމަވެސް ފިނިފެންމަލު ފެން ބޭނުން ކުރުން އެދެވިގެންވެއެވެ. އޭރުން ހަންގަނޑު އިތުރަށް ޒުވާންވެ ތާޒާ ކަމަށް ދައްކާނެއެވެ.

މޫނުމަތި އުޖާލާ ކޮށްދޭ

ދުވާލުގެ ރަތްދައްކާ އަވިން މޫނު ފިހި، ތާޒާކަން ގެއްލުނު ނަމަވެސް، އަދި ހާސްވެ ގޮތް ހުސްވާކަށް ނުވެއެވެ. ހައްލެއްގެ ގޮތުން ފިނިފެންމަލު ފެން ބޭނުން ކުރެވިދާނެއެވެ. ނިދަން ދިޔުމުގެ ކުރިން މަދުވެގެން ދެރޭން އެއްރޭ ފިނިފެންމަލު ފެން ބޭނުން ކޮށްގެން މޫނު ދޮވެލާށެވެ. މާ ގިނަ އިރެއް ނުވެ، މިކަމުގެ ހެޔޮ ބަދަލު އަމިއްލައަށްވެސް އިހުސާސް ކުރެވޭނެއެވެ.

ޒުވާންކަން މަތީ ހުރުމަށް އެހީއެއް

ފިނިފެންމަލު ފެން ބޭނުން ކުރާނަމަ ހަންގަނޑަށް ބާރުލިބި އިތުރަށް ވަރުގަދަ ވެގެން ދާނެއެވެ. އަދި މޫނުގައި ނަގާ އޮށާޅަ އާއި ބިހި ފަދަ ތަކެތިވެސް އަވަހަށް ފިލުވާލުމަށް ފިނިފެންމަލު ފެން ބޭނުން ކުރެވިދާނެއެވެ. އޭރުން އުމުރަށް ވުރެވެސް ޒުވާން ކަމަށް ދައްކާނެއެވެ.

މިހެންވެ ފިނިފެންމަލު ފެނަކީ އެއްގޮތަކަށްވެސް ބޭނުން ނުކޮށް ދޫކޮށްލެވޭ ވަރު އެއްޗެއް ނޫންކަން ހާމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހިން ފޫހިނުވި ރަތް ފިނިފެންމާ ކަން އެނގުމުން އެއީ އުފާވެރިކަން ލިބިގެން ދާ ކަމެކޭ. މަމެންނަށް ވެސް ވަރަށް ރީއްޗޭ ރަތް ކުލައިގެ ޕްލެއިން ޑްރެސް ޓޮޕް އަށް ލާ އަދި ބްލެކް ޓައިޓީ ޖީންސް ނުވަތަ ނޭވީ ބްލޫ ޖީންސް ލައިގެން ތިބޭ ސްކިނީ އަންހެން ކުދިން. ރަތް ކުލައިގެ ފިނިފެން މަލަކީ އަންހެން ކުދިން ވަރަށް ގިނައިން ހަދިޔާ އަށް ގެނެސްދޭ އެއްޗެކޭ އޭގައި ކޮންމެވެސް ސިއްރެއް ވޭތޭ އެއީ ނޭގޭ އެއްޗަކީ ދޯ. އިޓްސް ޖަސްޓް ރެޑް ރޯސެސް ރެޑް ރޯސެސް ގިވްސް އަ ޖޯއިފުލް ފީލިންގް ޓު މީ އޮން ސަޓަރޑޭ. އިޓްސް ޖަސްޓް ރެޑް ރޯޒެސް ޑޭ ތޭ.

  2. މާޝާﷲ
    JazakALLAH khayr