އިންޑިޔާގެ ޗަޓިސްގަރުގެ އަވަށެއްގައި، މަސްތުވެގެން ހުރި މީހެއްގެ ޖިންސީ ޝިކާރައަކަށްވުމުން، އެކުއްޖާ ނިސްބަތްވާ އަވަށުގެ މީހުން ކުއްޖާއަށް އަދަބު ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެޤައުމުގެ ނޫސްތަކުން މިއަދު ބުނެފައިވާގޮތުގައި، މިކަން ހިނގާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ކުރީކޮޅުގައެވެ.

ނޫސްތަކުން ބުނެފައިވާގޮތުން، 13 އަހަރުގެ މި ކުއްޖާއަކީ، އާއިލާއަށް ކާންބޯންދިނުމަށް، ވޭޖު އުސޫލުން މަސައްކަތް ކުރަމުން އަންނަ ކުއްޖެއްމެއެވެ. އަދި، މަސްތުވެގެން ހުރި، އަރްޖުން ޔާދަވް ނަމަކަށް ކިޔާ މީހަކު، އެކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވަނީ، މަސައްކަތުގެ ތެރެއިންނެވެ.

މި ކުއްޖާ، މީހެއްގެ ޖިންސީ ޝިކާރައަކަށްވުމުންވެސް، އެކުއްޖާ ނިސްބަތްވާ އަވަށުގެ މީހުން، އަޅާލާ އޯގާތެރިވުމުގެ ބަދަލުގައި އެންމެ ފުރަތަމަ އެންގީ، ބޮޑު ޖޫރިމަނާއެއް ދެއްކުމަށްކަމަށްވެސްވެއެވެ. މި ޖޫރިމަނާ ދެއްކުމަށް އަރްޖުންގެ މައްޗަށް އެންގުމުން، އޭނާ ޖޫރިމަނާ ދެއްކުމަށްދަހު މިނިވަންވިއެވެ.

އެހެންނަމަވެސް، އަންހެން ކުއްޖާއަށް ޖޫރިމަނާ ނުދެއްކުމުން، އަވަށުގެ މީހުންވަނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ. އެގޮތުން، ކުއްޖާގެ ބޮލުން އިސްތަށިތައް އުފުރާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިންޑިއާ މީ ކޮންކަހަލަ ތަނެއްބާ؟