ބޮލީވުޑްގެ މަޝްހޫރު ތަރި ސޮނާކްޝީ ސިންހަ، ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް އަތުވެއްޖެއެވެ.

ސޮނާކްޝީ ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރާނީ ކިހައި ދުވަހަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ސޮނާކްޝީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ، ޖުމެއިރާ ވިޓަވެލީގައެވެ. މިއީ ބޮލީވުޑްގެ ގިނަ ތަރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. ސޮނާކްޝީ މި ރިސޯޓަށް ދިއުމުން ރިސޯޓުގެ ފަރާތުން އޭނާއަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

https://www.instagram.com/p/B2pdW_onvEB/

ރިސޯޓުން ސޮނާކްޝީއަށް ދިވެހިވަންތަ ގޮތަކަށް ބޮޑުބެރާއެކު މަރުހަބާ ކީ މަންޒަރު ފެންނަ ވީޑިއޯތައް އޭނާ މިހާރު ދަނީ މީސްމީޑިއާގައި ހިއްސާކުރަމުންނެވެ. ސޮނާކްޝީ ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަކުރަމުންދާއިރު، މީގެ ކުރިންވެސް އޭނާ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް އައިސްފައި ވެއެވެ.

އެންމެ ފަހުން އޭނާ ކުޅުނު ފިލްމް، މިޝަން މަންގާލްގެ ކާމިޔާބަށްފަހު ދެން އެންމެ އަވަހަށް ސޮނާކްޝީ ފެނިގެންދާނީ ބޮލީވުޑްގެ ކުރިޔަށް އޮތް ފިލްމު ކަމަށްވާ "ދަބަންގު" އިންނެވެ. ސަލްމާނާއި އެކު ސޮނާކްޝީ ކުޅެފައިވާ މި ފިލްމު ނެރޭނީ މިއަހަރުގެ ފަހުކޮޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިގަނި

    ޖުމެއިރާ އަކު ނުން. އިމްނާ ގެސްޓު ހައުސް އިން މަ ދެކުނިން މީނަ ތުވާލި ކޮނޑަށް ލައިގެން ފާހާނާ އަށް ދަނި ކޮށް

    8
    4
  2. ހުސޭނުބޭ

    ތެންކިޔޫ ފޯ ދަ ލައުރާ

    5
    2