އުމުރުން ދުވަސްވީ މީހެއް ގެންގުޅު ދަބަހެއްގައި "ބޮމް" ލިޔެފައިވުމުން އޮސްޓްރޭލިއާ އެއާޕޯޓް އެލާޓަށް ގެނެސްފިއެވެ.
އޭނާ އަކީ އިންޑިއާގެ މުމްބާއި އިން އޮސްޓްރޭލިއާގެ ބްރިސްބޭން އަށް ދަތުރު ކުރި މީހެކެވެ. ވެންކަޓާ ލަކްޝްމީ ނަމަކަށް ކިޔާ އޭނާ ހިފަހައްޓައި ފުލުހުން އޭނާ ދަބަސް ޗެކްކުރީ، އެ ދަބަހުގައި އޭނާ "ބޮމް ޓު ބްރިސްބޭން" ޖަހާފައިވުމުން އޭގެން ފުލުހުންނަށް އެހެނެ މާނައެއް ދޭހަވުމުންނެވެ.
ލަކްޝްމީ އެގޮތަށް ލިޔެގެން ދަބަހެއް ގެންގުޅޭކަން އެނގުނީ އޭނާ ދަބަސް ބަލާ ގޮސް ހުއްޓާއެވެ. އެގޮތަށް ލިޔެފައި ވާތަން ފެނުނީ އަންހެނަކަށެވެ. އޭނާ ވަނީ އެކަން ފުލުހުންގެ ސަމާލުކަން ގެނެސްފައެވެ.
އެއާއެކު އެ ހިސާބުގަނޑުން މީހުން ވަނީ ހުސްކޮށްފައެވެ. އަދި މުޅި އެއާޕޯޓް އެލާޓަށް ގެނައެވެ.
ފުލުހުން ވަނީ އޭނާ ކައިރީ އެ ދަބަސް ހުޅުވަން އެދިފައެވެ. އަދި އެ ދަބަހުގައި ބޮމް މިހެން ޖަހާފައި އިނީ ކީއްވެތޯވެސް ވަނީ ސުވާލުކޮށްފައެވެ. އެ އަންހެން މީހާ ބުނީ، އެއީ "ބޮމްބޭ" ކަމަށެވެ.
އަދި އެ އަންހެން މީހާގެ ދަރިފުޅުވެސް ވަނީ، ފުލުހުން ގާތުގައި އޭނާ އަކީ ކޮންމެވެސް ވަރަކަށް އިނގިރޭސި ބަހަށް ކޮށި މީހެއްކަމަށް ބުނެފައެވެ. އަދި އޭނާގެ މަންމަ އެގޮތަށްލިޔުނީ އޭގައި ލިޔަން ޖާގަ ނެތުމުން އެ ބަސް ކުރުކޮށް ލިޔަންވެގެންނެވެ. ކުރިން މުމްބާއިއަށް ކިޔައި އުޅެނީ ބޮމްބޭއެެވެ.
އޭނާ ދަރިފުޅު ދެއްކި ވާހަކަ ޔަގީން ކުރުމަށް، ފުލުހުން އިންސްޕެކްޓް ކުރިއިރު، ދަބަހުން އެއްވެސް ކަހަލަ ނުރައްކާތެރިކަމެއް ނުފެނެއެވެ.
އިންކްރެޑިބަލް އިންޑިއަންސް. ލޮލް
ބިސްބްރޭނެއް ނޫން ކޮއެފުޅާ ބްރިސްބޭން ހައްހައް
???
ޢިންކުރެޑިބްލް އިންޑިއާ މީހުން ކުރާނެ ތިހަކަލަހަ ކަންތއް.. ޓައިމްސް އޮފް އިންޑިއާގައި ހުންނަ ރާއްޖޭގެ ހަބަރުތަކަށް ރާއްޖެ މީހުންނަށް އެއްޗިސް ކިޔައި ވާނުވާ ނޭނގޭ ސިވިލައިޒް ނުވާ މީހުންނޭ ކިޔާ އިންޑިއާ މީހުން ކޮމެންޓް ކުރާއިރު މީ ދެން ވަކި ކޮންބައެއް.. ރާއްޖެއަށް ވުރެ ނުބައި ވާނުވާ ނޭނގޭ ގޮނޑު ގައުމު ގަޑެއް.
ޙިތާމައަކީ ކޮންމެ މީހަކު ހިތަށް އައިހާ އެއްޗެއް ގޮވާފަ ކަމެއް ދަމެއް ބޮޑުވާއިރަށް އިންޑިއާ އަށް އަރާ އެތަނުްފައިބަން ނޭގިގެން އުޅޭތީ
ކަމެއް ވާ އިރަކަށް އިންޑިއާ އަކަށް މިހާރަކު ނާރާ، އެކަމަކު އެ މީހުން މަލިކުން ނުފައިބަނީ ކީއްވެޔޯ، ދަހިވެތިކަން ބޮޑުވެފައި، އަޅުވެތި ކުރާ ހިތްވާލެއް ބޮޑީ.
ތޭންކުސްފޯ ޝެއަރިން އިޓު