ކުރީގެ ބޮލީވުޑްގެ ފިލްމީ ތަރި ކަމާލް ރާޝިދް ޚާން، އޭނާއަށް ކެންސަރު ޖެހިފައިވާކަމަށް އޭނާ ބުނެފިއެވެ.

އޭނާ މިގޮތަށް ހާމަކޮށްފައި ވަނީ މީސް މީޑިޔާގައި ހިއްސާ ކުރި އޭނާގެ ބައްޔާއި ގުޅޭގޮތުން ނެރުނު ސްޓޭޓްމެންޓެއްގައެވެ. ކަމާލް ބުނީ، އޭނާ ބަނޑުގެ ކެންސަރު ޖެހި އޭނާއަށް ދެން ދުނިޔޭގައި ހުރެވެން އޮތީ ދެ އަހަރެއްހާ ދުވަސް ވަންދެން ކަމަށެވެ.

އަދި އޭނާ ބުނީ، އޭނާ އަވަހަށް މަރުވެދާނެތީ އެހެން މީހެއްގެ ފަރާތުން ސިމްޕަތީ ބޭނުން ނުވާ ކަމަށެވެ. އޭނާ ބުނީ، ދުނިޔޭގައި ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ ތަޖުރިބާތަކެއް ކުރެވިއްޖެ ކަމަށާއި، ދެން އޭނާ ދެކެ ކިތަންމެ ގިނަ ބަޔަކު ނަފްރަތު ކުރިނަމަވެސް އެންމެ ރަނގަޅު ކަމަށެވެ.

ކަމާލްގެ ކެރިއަރާއި ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ، އޭނާ އަބަދުވެސް "އޭ ގްރޭޑް" ފިލްމެއް ހަދަން ބޭނުންވި ކަމަށެވެ. އަދި ބޮލީވުޑްގެ ލެޖެންޑްރީ ފިލްމީ ބަތަލާ އަމީތާބް މަސައްކަތް ކުރާ ފިލްމެއް ޕްރޮޑިއުސް ކުރުމަކީވެސް ކުރި ޢުންމީދެއް ކަމަށާއި، ނަމަވެސް އެކަން ކާމިޔާބުވާގޮތް ނުވި ކަމަށެވެ.

އޭނާ މިގޮތަށް ސްޓޭޓްމެންޓެއް ނެރުނު ނަމަވެސް އެކަން ގަބޫލުކުރަން ގިނަ ބަޔަކަށް ވަނީ އުނދަގޫވެފައެވެ. މީސް މީޑިޔާގައި ގިނަ ބަޔަކު ބުނަމުން ދަނީ މިއީ "އޭޕްރިލް ފޫލް"ގެ ސްޓަންޓެއް ކަމަށެވެ. އަދި މިއީ އެކަމުން މީހުންގެ ސަމާލުކަން ދަމައިގަތުމަށް ކަމާލް ކުރި ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ކަމާލް އެންމެ ފުރަތަމަ ބޮލީވުޑްގެ އިން ފެނިގެން ދިޔައީ ޕްރޮޑިއުސަރެއްގެ ގޮތުގައެވެ. އެއީ ފިލްމް "ޑޭޝްރޮހީ" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ "އޭކް ވިލަން"ގެ ކުޑަ ރޯލަކުން ފެނިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާލަ

    ތިމީހަކު ނުވެސް ދަންނަން

  2. މުއުމިން

    ދުޢާ އަކީ މާތްﷲ ތެދުމަގު ދައްކަވާށި އަދި ޝިފާ ދެއްވަވާށި އެންމެންނަށްވެސް އާމީން