ކަނޑު އަޑީގައި ލޯބިވެރިޔާއަށް ކައިވެނި ހުށަހަޅަން އުޅެނިކޮށް ފިރިހެން މީހަކު ގެނބިގެން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެފްރިކާގެ ގައުމެއް ކަމަށްވާ ޓެންޒޭނިއާއަށް ޗުއްޓީ ގޮސް އުޅުމުގެ ތެރޭގައެވެ.

ކަނޑުއަޑީގައި ލޯބިވެރިޔާއަށް ކައިވެނި ހުށަހަޅަން އުޅެނިކޮށް ގެނބިގެން މަރުވެފައި ވަނީ އެމެރިކާގެ ފިރިހެނެއް ކަމަށްވާ ސްޓީވެން ވެބާއެވެ.

މި ހާދިސާ ހިނގާފައި ވަނީ އޭނާގެ ލޯބިވެރިޔާ ކެނީޝާ އެންޓޮއިން ޗުއްޓީ ހޭދަކުރަމުން ދިޔައީ ޕެމްބާ އައިލެންޑުގެ މަންޓާ ރިސޯޓުގަ އެވެ.

އެ ކެބިން އަކީ ކަނޑުގެ 250 މީޓަރު އަޑީގައިވާ ތަނެކެވެ. އެތަނުގެ އަގަކީ ރެއަކަށް 1700 އެމެރިކާ ޑޮލަރެވެ

އެންޓޮއިން ކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ވެބާ ވަނީ ކަނޑު އަޑީގައި ފީނާފަ އެވެ. އެމީހުން ތިބީ އެއްބައި އަޑިއަށް ގޮސްފައިވާ ކެބިން އެއްގަ އެވެ. އެތަނުގެ އަޑީގައިވާ ކުޑަ ދޮރެއްގައި "އަހަރެންނާ ކައިވެނި ކުރާނަންތަ؟" ޖަހާފައިވާ ކަރުދާސްކޮޅެއް ހިއްޕަން ވެބާ ވަނީ މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ.

މި ހުރިހާ މަންޒަރެއް އޭނާގެ ލޯބިވެރިޔާ އެންޓޮއިން ދަނީ އެތެރެއިން ވީޑިއޯ ކުރަމުންނެވެ.

ފޭސްބުކްގައި މި ވީޑިޔޯ ލައިވް ކުރަމުން އައި އެންޓޮއިން ފަހުން ކުރި ޕޯސްޓްއެއްގައި ބެނެފައި ވަނީ ވެބާ މަރުވެއްޖެ ކަމަށެވެ. ފްރީ ޑައިވް ކުރި ކުރުމުގެ ތެރޭގައި ނޭވާ ހުސްވެ އަރަން އުޅުމުގެ ތެރޭގައި އޭނާ ނިޔާވެފައިވާ ކަމަށެވެ.

މަންޓާ ރިސޯޓުން ބުނީ ވެބާ މަރުވެފައި ވަނީ އޭނާ ހުރި ކެބިންގެ ބޭރުގައި ފްރީޑައިވް ކުރަނިކޮށް ކަމަށެވެ. ވެބާ އާއި އެންޓޮއިން ވަނީ އެތަނުގައި ހަތަރު ރޭ ތިބުމަށް ބުކްކޮށްގަ އެވެ. ލޯބިވެރިން އުފާވެރި މަންޒިލަށް ކުރިދަތުރުގެ ފޮނި މީރުކަން ނުލިބެނީސް ކުއްލި ގޮތަކަށް ވެބް މަރުވުމަކީ ބޯވިލާތަކުން އެންޓޮނީގެ ހަޔާތް ބަނަކޮށްލި ކަމެއް ކަމަށާއި ދެ ލޯބިވެރިން ކޮށްފައިވާ ވައުދާއި އަހުދުތައް ވެއްޔާއި މޮޑެވި ހިތް ކުދިކުދިވެގެން ދިޔަ ކަމެއް ކަމަށް އެންޓޮއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު