މިދިޔަ ހުކުރު ދުވަހުގެ ރޭ މާލެ ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއް ގޮވައިގެން ދިރިއުޅެމުން ދިޔަ ގެދޮރު ދޫކޮށް އެތައް ބަޔަކު ވަނީ ސަރުކާރުގެ އެހީތެރިކަމުގެ ދަށަށް ގޮސްފައެވެ. އެ ރޭގެ އަލިފާނުގެ ހާދސާގައި ގެދޮރު ގެއްލި ސަރުކާރުގެ އެހީތެރިކަމުގެ ދަށުގައިވާ ކުޑަކުއްޖަކަށް އޭނާގެ އެންމެ ގާތްއެކުވެރިޔާ ލައިޤް ފޮނުވައިފައިވާ ސިޓީއަކަށް މިވަނީ އެތައް ބައެއްގެ ނަޒަރު ހުއްޓިފައެވެ.

އިނގިރޭސި ބަހުން ފަންސުރަކުން ލިޔެފައިވާ އެ ސިޓީގެ ޒަރިއްޔާއިން ކުޑަކުޑަ ލައިޤް ވަނީ އެ ހިތުގެ އުދާސްތައް ބަންޑުންކޮށްލައިފައެވެ. އެސިޓީ ފަށަމުން ލައިޤް ބުނެފައި ވަނީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ދިރިއުޅެމުން ދިޔަ ގޭގައި އަލިފާން ރޯވި ހަބަރު އަޑުއެހީ ނުހަނު ހިތާމައާއި އެކުގައި ކަމަށެވެ. އަދި އެވާހަކަތައް އަޑުއިވިފައި ނުހަނު ދެރަވި ކަމަށާއި އެކުވެރިޔާއަށް ވާނެ ގޮތަކާއި މެދު އިންތިހާއަށް ކަންބޮޑުވި ކަމަށް ލައިޤްގެ ސިޓީގައި ވެއެވެ. އެހެން ނަމަވެސް އެކުވެރިޔާ ހެޔޮ ހާލުގައި ހުރި ހަބަރު އަޑު އިވި ވަރަށް އުފާ ކުރާކަމަށް އެ ސިޓީގައި ވެއެވެ.

ކުޑަކުޑަ ލައިޤް ފޮނުވި ސިޓީ

ލައިޤް ބުނެފައި ވަނީ އޭނާގެ އެކުވެރިޔާ ސުކޫލް ޔުނިފޯމް ގަތުމަށްޓަކައި 500 ރުފިޔާ ސިޓީއާއި އެކު ފޮނުވައިފައި ވާނޭ ކަމަށެވެ. އަދި ލައިޤް އަށް ބޮޑު ހެދުންތަކެއް ވެސް ފޮނުވައިފައި ވާނޭ ކަމަށާއި އެ ހެދުންތައް އެކުވެރިޔާއަށް ހެޔޮވަރުވާނެ ކަމަށް އުންމީދުކުރާ ކަމަށް ލައިޤް އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އަށް ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ސިޓީގައި ވަނީ ލިޔެވޭނަމަ ރައްދުގެ ސިޓީއެއް ލައިޤްއަށް ފޮނުވައިދިނުމަށް އެދިފައެވެ.

ރައްދުވާ ފަރާތުގެ ނަން ނުފެންނަ ޮތަށް ހަދާފައި އިނުމުގެ ސަބަބުން ލިއަގް މިސިޓީ ފޮނުވައިފައި ވަނީ ކޮން ކުއްޖަކަށް ކަމެއް ނޭންގެއެވެ. އެހެން ނަމަވެސް އެ ދެކުދިންގެ ތެރޭގައި އެވާ އެކުވެރި ކަމަކީ ނުހަނު އަގުހުރި އަދި އޯގާތެރި ގުޅުމެކަން ސިޓީކިޔައިލުމުން އެނގިގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަޅުގަނޑު

    މާޝާﷲ

    72
    1
  2. ޙަސަން

    މިހާރު މިފަދަ ރަނގަޅު އެކުވެރިން ނުފެންނަނީ ކީއްވެބާއެވެ. އެކުވެރި ވެލަނީ ހަމައެކަނި ކޮފީ ބޯލަންވީމައެވެ. ފޯނުން ޗެޓްކޮށްލަންވީމައެވެ. ބަލިވިޔަސް ހާޅުވެސް ބަލާލަން އެކުވެރިޔަކު އަންނަނީއެއް ނޫނެވެ.

    19
  3. ފާތުމަ.

    މިދެން މިހާރު މަޝްހޫރުވާންވެގެންނާއި ގޮތްދެއްކެން ވެގެން ކުރާކަންތައް ކުދަކުދިންނަކަށް ތިފަދަހިޔާލުތަކެއް ނާންނާނެ ތިހެން އެކުދިންގެ ހިތްއެރިޔަސް ތިގޮތައް ސިޓީ ތަކުގެ ސިފައިގެ ލިޔާކަށް ހުތަކަށް ނާރާނެ.

    2
    2
    • މާ

      ހަމަ މަ ޖޭވީދޯ...

  4. ފަންނު

    ވެއްޖެނަމަ މީހަކާ
    ތެއްރަޙުމަ މިޒަމާނުގައި
    ގެންގޮސް ގެއް އަތުހިފާ
    އެއްތަށިން ނޫނީ ނުކައި
    ދެން އެހިތް ނެތި ހިގައިދާނޭ
    ފެން ނުބޮނީސް ކެނޑިދާނޭ

    މަތީގައި އެއޮތް ރައިވަރަކީ އަހުރެމެން ކާބަފައިންގެ ވަރަށްވެސް އަގު ބޮޑު ނަޞޭޙަތުގެ ބަސްކޮޅެއް. އަދި މިރައިވަރުން އަހުރެމެން އެންމެން ޢިބްރަތް ޙާޞިލުކުރުރުން ބުއްދިވެރި. މިޒަމާނުގައި ދެމީހުން ރަޙުމަތްތެރިކަމުގެ ގުޅުން ބާއްވައިފައި ދެތިން ދުވަސްކޮޅެއްގެ ތެރޭގައި އެގުޅުން އޮންނާނީ ކަނޑާލައިފައި. އެކަމަކު މިލިޔުމަކީ މިރައިވަރުގައި ބުނާ ބަސްތަކަށް ގޮންޖަހާލެވޭ ފަދަ ؛މިޘާލު ދައްކުވައިދޭ ލިޔުމެއް