ގިނަ އޮފީސްތަކަކީ އެއް މަގާމެއްގައި ގިނަ ދުވަސްތަކަކަށް ހަރުލާނޭވަރުގެ މުވައްޒަފުން މަދު ފަހަރަށް ނޫނީ ނުފެންނާނޭ އޮފީސްތަކެވެ. އެފަދަ އޮފީސްތަކަށް އަލަށް ވަންނަ މުވައްޒަފުންނަށް މުޅިން އާ ތަޖުރިބާއެއް ފެށިގެން ދިޔުމުގެ އިތުރުން ވަޒީފާގައި ހިތްހަމަޖެހުމާއި އުފާ ލިބިގެންދިޔުމަކީވެސް އެ މުވައްޒަފަކު އުފަލާއިއެކު އެ ވަޒީފާއެއްގައި މަޑުކުރަން ބޭނުންވާނޭ ބައެއް ކަންކަމެވެ. އެގޮތުން އެފަދަ އުފާވެރި ވަޒީފާގެ މާހައުލެއްގައި މުވައްޒަފު ކުރާ މަސައްކަތަށްވެސް ރަނގަޅު ބަދަލުތަކެއް އައުމަކީ ވަރަށް ގާތް ކަމެކެވެ.

ބައެއް އޮފީސްތަކަކީ މުވައްޒަފުން އޮޅުކޮށްގެން ގެންގުޅޭ ބުޅާ ފަދަ "ޕެޓް"ތައް އޮފީހަށް ގެނައުން ހުއްދަކުރުވާ އޮފީސްތަކެވެ. އެގޮތުން މަޝްހޫރު ޒިންގާ ކުންފުންޏަކީ އެ އޮފީހުގެ މުވައްޒަފުންގެ ޕެޓްތައް އޮފީހަށް ގެނައުމަށް ބާރުއަޅާ ކުންފުންޏެކެވެ. ޕެޓްތަކުގެ ސަބަބުން އޮފީސްތެރެ އިތުރަށް ފަޅުފިލުވާލައިދީ އިތުރު އުފާވެރިކަމާއި މަޖާކަމެއް ގެނުވައިދޭކަމަށް ޒިންގާ ކުންފުނީގައި މަސައްކަތްކުރާ މުއައްޒަފުން ކިޔައިދިނެވެ.

އައިސް ކްރީމް ފަދަ ހަދިޔާ މުވައްޒަފުންނަށް ދިނުމަކީވެސް އެމީހުންގެ ވަޒީފާ ނިންމާލުމަށްފަހު ހުސްއަތާއި ގެޔަށް ދާން ނުޖެހޭނޭކަން ދައްކުވައިދީ މުވައްޒަފުންގެ ހިތުގައި ކުންފުންޏަށް ހާއްސަ މަގާމެއް އުފެދިގެންދިޔުމަށް މެދުވެރިވާކަމެކެވެ. ބެން އެންޑް ޖެރީ އަކީ އެ ކުންފުނީގެ މުވައްޒަފުންނަށް އެގޮތަށް ކޮންމެ ދުވަހަކުވެސް އައިސް ކްރީމް ދޭ ކުންފުންޏެކެވެ.

ނެޓްފްލިކްސް އަކީ އަދި އެންމެ އާދަޔާޙިލާފް އެއް އުސޫލު ގެންގުޅޭ އެއް ކުންފުންޏެވެ. އެގޮތުން ނެޓްފްލިކްސްއަކީ ރަސްމީކޮށް މަސައްކަތްކުރަންޖެހޭ ގަޑިއެއް އޮންނަ ކުންފުންޏެއް ނޫނެވެ. މުއައްޒަފުންގެ ފަރާތުން ކުންފުނީގައި ކުރަންޖެހޭ މަސައްކަތް ނިމޭހާހިނދަކު ނެޓްފްލިކްސްއިން އެ މުވައްޒަފަކު އޮފީހަށް ހާޒިރުވާ ގަޑިއާއި އޮފީހުގައި ހޭދަކުރާ ގަޑިއަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.

މި ދެންނެވުނީ އުފާވެރި އަދި ހިތްހަމަޖެހިގެންތިބޭ މުވައްޒަފުންތަކެއް އޮފީހެއްގައި ގެންގުޅުމަށް ކުރެވިދާނެ މަދު ބައެއް ކަންކަމެވެ. ކުންފުންޏެއްގެ ކުރިއެރުމަކީ ވަޒީފާގައި ތިބޭ މުވައްޒަފުންގެ މަސައްކަތެވެ. ވީމާ ވީހާވެސް މުވައްޒަފުން ހިތްހަމަޖައްސައި އުފާކޮށްދީގެން ގެންގުޅުއްވާށެވެ.

ކިޔުންތެރިންގެ ހިޔާލު