1998 ވަނަ އަހަރު ފިލްމެއްގެ ޝޫޓިންއެއްގެ ތެރެއިން ހިމާޔަތް ކޮށްފައިވާ ފުއްލާ އަކަށް ހަމަލާދީ މަރާލި މައްސަލަ މިހާރު ވަރަށް ބޮޑަށް މި ވަނީ ފެންމަތިވެފައެވެ. އެ މައްސަލާގައި ބަތަލް ސަލްމާން ޚާން ހައްޔަރުކޮށްފައިވާއިރު، އެ މައްސަލާގައި ހިމެނޭ ބައެއް ތަރިންގެ މައްޗަށް ކުށް ސާބިތު ނުވިއެވެ. އޭގެ ތެރޭގައި ހިމެނޭ އެކަކީ ސައިފް އަލީ ޚާންއެވެ.

އަދި ސައިފް އެކަމާއި ގުޅޭގޮތުން ވާހަކަދައްކަންވެސް ބޭނުންނުވާ ކަހަލައެވެ. އެ މައްސަލައާ ގުޅޭގޮތުން ސައިފް އާއި މީޑިޔާ ވާހަކަދެއްކުމުން އޭނާ އައީ ރުޅިއެވެ. އެ ރުޅިގަނޑު އޭނާ ބޭލީ އޭނާގެ ޑްރައިވަރަށެވެ.

މިހާރު މީސް މީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއަކުން ފެންނަނީ ސައިފް އޭނާގެ ޑްރައިވަރަށް ބަވާ މަންޒަރެވެ.

"ކާރުގެ ކުޑަދޮރުތައް ތިރިކޮށްބަލަ. އަދި އެ މީހުންނާއި ދުރަށް ކާރު ދުއްވާލާ. އެހެެން ނޫނީ ތަޅާލާނަން". ސައިފް އެ ވީޑިޔޯގައި ބުނެއެވެ.

ފުއްލާ މަރާލި މައްސަލައިގައި ކުށް ސާބިތުވެފައި ވަނީ ހަމައެކަނި ސަލްމާން ޚާންގެ މައްޗަށެވެ.

އިންޑިޔާގެ ގާނޫންގައިވާ ގޮތުން ހިމާޔަތް ކޮއްފައިވާ ޖަނަވާރެއް މަރާ މީހަކު ހަ އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލެވޭނެއެވެ. އަދި އެންމެ މަދުވެގެން 1 އަހަރަށް ޖަލަށް ލާން ޖެހޭނެއެވެ،

މި މައްސަލައާ ގުޅިގެން ސަލްމާންގެ މައްޗަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު