އުމުރަކީ އެެވެސް ގޮތަކަށް ކިޔެވުމަށް އޮތް ހުރަހެއް ނޫން ކަމަށް 83 އަހަރުގެ މީހަކު ދައްކުވައިދީފިއެވެ.

ގިލް އަށް އޭނަގެ މާސްޓާސް ޑިގްރީ ހާސިލް ކުރި ކަމުގެ ލިޔުން ލިބިފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ. އޭނާއަށް ވަނީ ގިނަ ބައެއްގެ ތައުރީފުވެސް ލިބިފައެވެ.

އިންޑިއާގެ ހޯށިއާޕޫރްގެ އަވަށެއް ކަމަށްވާ ޑައްޓާގައި ދިރިއުޅެމުން އަންނަ ގިލް ވަނީ 1957 ގައި ޙަލްސާ ކޮލެޖް އިން ދަސްވެނިމުމަށްފަހު ކިޔެވުން ހުއްޓާލާފައެވެ. އޭނާ ވަނީ އޭގެ ފަހުން ޓީޗިން ކޯހެއްވެސް ހަދާފައެވެ.

ނަމަވެސް މީގެ ދެއަހަރު ކުރިން (2017) ވަނަ އަހަރު އޭނާގެ ވަނީ އިނގިރޭސިން މާސްޓާސް ހެދުމަށް ކޯހަކާއި ގުޅިފައެވެ. އެއިރު އޭނާގެ އުމުރަކީ 81 އަހަރެވެ.

“އިނގިރޭސި މާއްދާއަކީ ކުޑައިރުއްސުރެ ވަރަށް ޝައުގު ހުންނަ މާއްދާއެއް. ކެންޔާގައި އުޅުނު އިރު އިނގިރޭސިން މާސްޓާސް ހާސިލުކުރަން ފުރުސަތު ލިބުނު.” ގިލް ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ މާސްޓާސް ހާސިލް ކުރުމަށް އެއްވެސް ކަހަލަ ހުރަހެއް ނެއްކަމަށާއި ލިބޭނެ ކަމުގެ ޔަގީން ކަން އޮތްކަމަށެވެ.

“ކިޔެވުމުގެ އިތުރުން އަޅުގަނޑު ދިޔައީ ބައެއް ދަރިވަރުންތަކަކަށް އިނގިރޭސި ކިޔަވައިދެމުން. އަޅުގަނޑު ކިޔަވަދިން ކުދިންވެސް ވަނީ ރަނގަޅު ނަތީޖާއެއް އިމްތިހާނު ތަކުގައި ދައްކާފަ.” ގިލްގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު