އިންޑިއާގެ ނިއު ދިއްލީގެ މަޝްހޫރު ރެސްޓޯރެންޓަކަށް ނާސްތާއަކަށް ދިޔަ އަންހެނަކަށް އެތަނުގެ ތެރޭގައި ތިބި ފިރިހެން ގްރޫޕަކުން ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭގަނޑު ދިއްލީގެ 'ގްރޭޓާ ކައިލާޝް' ގައި ހުންނަ 'އެމް މާރުކޭޓު' ގެ ރެސްޓޯރެންޓެއް ކަމަށްވާ 'ސައިޑް ކާ' ރެސްޓޯރެންޓް ގައި މި ހާދިސާ ހިނގިއިރު، އެ އަންހެން މީހާ އެތަނަށް ގޮސްފައިވަނީ އިތުރު 2 ރައްޓެއްސަކާއި އެކުގައެވެ. އަންހެން މީހާ ވަނީ އެ ރެސްޓޯރެންޓަށް ދިޔުމުން އެމީހުންނަށް ފުރައްސާރަކޮށް، ފޮށުނު މީހުންގެ ފޮޓޯ ނަގައި މީސްމީޑިއާ ގައި އެ ހާދިސާ ގެ ވާހަކަ ހިއްސާކޮށްފައެވެ.

"ދެ ފިރިހެނުން އަހަރެމެން ތިބި މޭޒު ފަހަތުގައި ތިބި. އެތަނުން އެކަކު އަތް ދަމާލައިގެން ހުރީ އަހަރެންގެ ގޮނޑި މައްޗަށް. އަހަރެން ގޮނޑި ތަންކޮޅެއް ދުރުކުރިން، އެއީ އެ ފިރިހެން މީހާގެ އަތް ހުރީ އަހަރެންގެ ރައްޓެއްސެއް ބޮލުގައި ޖެހޭ ހިސާބުގައި ކަމަށް ވުމުން. އަހަރެން ގޮނޑި ދުރަށް ޖައްސަން އުޅުމުން ދެން ހުރި ފިރިހެން މީހާ ވަރަށް ބާރަށް އަހަރެންގެ ގޮނޑި ކޮއްޕާލި. އަހަރެން ދިޔައީ ވިއްސައިގެން." އިންޓީރިއާ ޑިޒައިން ސްޓޫޑިއޯ އެއްގެ ސީއީއޯ އޭނާގެ ފޭސްބުކްގައި ލިޔުނެވެ.

އަންހެން މީހާ ބުނިގޮތުގައި އޭނާ އަދި އިތުރު 2 އަންހެން ރައްޓެހިންވެސް ވަގުތުން ތެދުވެ އެ ފިރިހެން ގްރޫޕުން އެކަހަލަ ދަށު ދަރަޖައިގެ ކަމެއް ކުރުމުން އެކަމާ ދެކޮޅަށް ވާހަކަ ދައްކަން ފެށުމުން އެ ގްރޫޕުގެ އަޑު އިތުރަށް ބާރުވެގެން ދިޔަ ކަމަށެވެ. "އެތަނުން ފިރިހެނަކު އެނބުރި އަހަރެންނާއި ދިމާލަށް ހެއްދެވި، ނެހެއްދެވިއެއް ގޮވަން ފެށި. ދެން އޭނާ ދެފައި ވަށް ކޮށްގެން ގޮނޑީގައި އިށީނދެ ހުރެ އޭނާގެ ލަދުހަޔާތް ކުޑަ ކަމުން އޭނާގެ އެ ގުނަވަނަށް އިޝާރާތް ކޮށް އަހަރެންނާއި ދިމާލަށް ހުތުރު އެއްޗެހި ގޮވި" އަންހެން މީހާ އޭނާގެ ވާހަކަތައް ހިއްސާކުރިއެވެ.

"ދެން އޭނާގެ ކަނާތް ފައި އަހަރެންގެ މޫނާއި ދިމާލަށް ދިއްކޮށްގެން ހުރެ އޭނާގެ ފައިގައި ދޫ ލުމަށް ބުނި. އަހަރެން ފެނުމުން ސިފަވަނީ އޭނާގެ ގޭގައި ގެންގުޅޭ މަސައްކަތު އަންހެނާ ކަމަށާއި އަހަރެމެން އެންމެންނަކީ ދެކުނު ދިއްލީގެ އާންޓީ ތަކެއް ކަމަށް ބުނި." އެ ހުރިހާ ފުރައްސާރައެއް ކޮށްފައިވެސް އެމީހުން އަދި ބައިގަޑިއިރު ވަންދެން ހަމަ އަންހެން މީހާ ހުރި މޭޒު ފަހަތުގައި ވަރަށް ކިބުރުވެރިކަމާއެކު އެމީހުންނަށް ޖެއްސުން ކުރަން ތިބި ކަމަށް އޭނާ ބުންޏެވެ.

"އެގަޑީގައި ހުރި ރެސްޓޯރެންޓް މެނޭޖަރު އަހަރެމެންނަށް އެހީތެރިވާން އުޅުނު. އެކަމަކު އޭނާއަށް އެކަހަލަ ހާލަތްތައް ބެލެހެއްޓުމުގެ ތަޖުރިބާ އެވަރަށް ނެތް ކަމަށް ފާހަގަވޭ. އަހަރެންގެ ރައްޓެއްސެއް އިރުކޮޅަކުން ފުލުހަށް ގުޅި. އެމީހުން ވަގުތުން ރެސްޓޯރެންޓުން ނިކުމެގެން ފިލައިފި" އަންހެން މީހާ ކިޔައިދިނެވެ.

ސައިޑް ކާ ރެސްޓޯރެންޓްގެ މެނޭޖަރަކު ބުނި ގޮތުގައި އެމީހުން ދަނީ އެ މައްސަލައިގައި ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދެމުންނެވެ. އެ ގޮތުން އެ ރެސްޓޯރެންޓުގެ ސީސީޓީވީ ފުޓޭޖް އާއި އެގަޑީގައި ޑިއުޓީގައި އުޅުނު މުވައްޒަފުންގެ ބަޔާން ވެސް މިހާރު ވަނީ ނަގާފައެވެ. އިންޑިއާގައި އަންހެނުންނަށް ފުރައްސާރަކޮށް، ފޮށުމަކީ ވަރަށް އާއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓުރަމްޕު

    ކޮބާ މޯދީ މިކަމާ ކީކޭ ބުނަނީ؟

    26
    1
  2. އަފީ

    ދިވެހި ސަރުކާރުން މަރު ކޮމިސަނަށް ތިޔަ މައްސަލަ ހުށަހެޅުން އެދެން

    22
    1
  3. އިންޑިއާ ފަސްޓް ޕޮލިސީ

    އެމްޑީޕީގެ ވެރިންނަށް ވެސް މިހާރު ޖެހިފައިވަނީ މިހާލު.

    8
    1