އަޑުނީވޭ، ބަސް ނުމޮށެވޭ އުމުރުން 13 އަހަރުގެ ކުއްޖަކު އަލިފާނުގެ ހާދިސާގައި ނިޔާވި ޓީޗަރު އައިޝަތު ޝައުނާގެ ހަނދާންތައް އާކުރި ގޮތުން އެންމެން ރޮއްވާލައިފިއެވެ.

އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށްވާ މާޒިލް މަމްދޫހް ވަނީ ޝައުނާގެ ހަނދާންތައް އާކުރުމުގެ ގޮތުން ކުރެހުމެއް ކުރަހާފައެވެ. އެކުރެހުން އޭނާގެ އާއިލާ މެންބަރަކު ފޭސްބުކްގައި އާއްމު ކުރުމުން ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ދެއްކި އެއްވެސް ވާހަކައެއް މާޒިލް އަށް އަޑުނީވުނު ނަމަވެސް އެހާދިސާގެ ބިރުވެރިކަމާއި، ޝައުނާގެ ހަނދާންތަކާއި، އަދި ޝައުނާ ނިޔާވުމުން ދެން ކަންތައް ވެގެން ދިޔަގޮތް ކުރެހުމުން ސިފަކޮށްދެއެވެ.

ފޮޓޯގެ އެއް ފަރާތުގައި އިމާރާތަކުން އަލިފާންގަނޑު ފެންނަން ހުރި އިރުއިރު އެންމެ ބޮޑުކޮށް ފޮޓޯ އިން ފެންނަން ހުރީ ޝައުނާއެވެ. އަނެއް ފަރާތުގައި ޝައުނާގެ މަހާނަ ކުރަހާފައި ވާއިރު މީހަކު ޝައުނާއަށް ހެޔޮ ދުޢާ ކުރާ މަންޒަރު ވެސް ފޮޓޯ އިން ފެނެއެވެ.

ޝައުނާ އަކީ ގިނަ ދުވަސްތަކެއް ވަންދެން ކުޑަކުދިންނަށް ކީރިތި ޤުރުއާން އުންގަންނައި ދިނުމުގެ މަސައްކަތް ކުރައްވާ ޓީޗަރެކެވެ. ދަރިވަރުންނާއި އެކުގައި މަސައްކަތް ކުރި މީހުންނާއި، ބެލެނިވެރިންގެ ލޯބި ޝައުނާ ވަނީ ވަރަށް މަތީ ދަރަޖައަކަށް ހޯދާފައެވެ. އެކަން އެނގެނީ ޝައުނާ ނިޔާވި ފަހުން އޭނާ އާއި ބެހޭ ގޮތުން މީހުން ދައްކާފައިވާ ވާހަކަތަކުންނެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ޝައުނާ ނިޔާވީ އޭނާ ދިރިއުޅެމުން ދިޔަ ގޭގައި އަލިފާން ރޯވެ، ގެއިން ނިކުމެވޭނެ ގޮތެއް ނުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަގޭ

    ކޮންމެ ކުއްޖަކު ކުރިޔަސް ސޫރަކުރެހުމަކީ ހުއްދަކަމެއްނޫން. “ޤިޔާމަތް ދުވަހުން އެންމެ ގަދަފަދަ ޢަޒާބު ލިބޭ މީހުންގެ ލިސްޓުގަ އޮވޭ ސޫރަކުރަހާމީހުން” ލޮބުވެތި އަޚުންނާ އުޚުތުންނޭވެ އަޅުގަނޑުމެން އެންމެންނަކީވެސް ސުވަރުގެ ބޭނުން ވާނެ ބައެއް އެހެންވީމާ ސުވަރުގެ ލިބޭނޭ މަގު ހޯދަންޖެހޭ ދީނަށް ރޯފިލަން ޖެހޭ . އެމަގު އޮތީ ޤުރުއާނާ ސުންނަތުގަ . ލޯހުޅުވާ ޕްލީޒް

    47
    7
    • ދިވެހިބިން

      ދެން ބޮޑެތި ޝެއިޚުންތައް ކެމްޕައިނަށް އެމީހުންގެ ސޫރަ ޕުރިންޓު ކޮށްފަ އެކިތަންތާ ތަތްކުރަނީ ކީއްވެ!

      6
      15
      • ހުދުހުދު

        ގަބޫލް ކުރިއަސް ނުކުރިއަސް ހަރާމް ކަމެއް ވާނީ ހަރާމް ކަމަކަށް. ގިޔާމަތް ދުވަހުން އެ ސޫރަ ތަކުގައި ފުރާނަ އަޅުއްވަން ޖެހޭނެ އެކުރަހާ މީހާ. ވާނެތަ އެކަން

    • ޣ

      ކޮން މެ އެއްޗެއްވެސް ބަހުގަ ވަރަށް ސަޅި ކޮށްފަ އެކަ މަކު މި ދޭހަ ވަނީ އެއްވެސް ރަހު މެއް ނެތް ކަން ކަލޭގެ ބަހުން. މުނާފިގު ވައްތަރަށް ވާހަކަ ދެއްކިޔަސް ބޮޑުވަރު