އެކި ދުވަސްކޮޅު އަހަރެމެންނަށް ފެންނަނީ އެކި ސްޓައިލްތައް ވައިގަ ހިފައިފާ މަންޒަރެވެ. މިގޮތުން އެންމެ ފަހުގެ ފިރިހެން ސްޓައިލް އަކަށް ބަލައިލާއިރު ތުނބުޅީގެ އެއްފަޅި ބޭލުން މިދަނީ ވަރަށް ހަލުވި ކަމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާއްމުވަމުންދާ ސްޓައިލަކަށް ވަމުންނެވެ.

މިގޮތަށް އެންމެ ފުރަތަމަ ކަންތައް ކޮށްފައިވަނީ އޮސްޓްރޭލިއާ އަށް ނިސްބަތްވާ ޖޭމްސް ސްޓަންޓެން ކޫކްއެވެ. އޭނާ މިގޮތަށް ކަންތައް ކޮށްފައި ވަނީ ދުނިޔޭގައި އަނދަމުންދާ ބޮޑެތި ޖަންގަލިތަށް ހިމާޔަތް ކުރުމަށް މީހުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ނަމަވެސް، އެކަން ވަނީ ފިރިހެނުންގެ މެދުގައި އާއްމުވެފައެވެ.

ކޫކް އާއި އޭނާގެ ލޯބިވެރިޔާ

ކޫކް ބުނާ ގޮތުން މިހާރު ދުނިޔޭގެ ރެއިން ފޮރެސްޓުތަކުގެ 50 ޕަސެންޓު ވަނީ އަނދައިގެން ގޮސް ނުވަތަ އިންސާނުންގެ އެކިއެކި ބޭނުންތަކަށް ކަނޑާލާފައެވެ. އެހެންކަމުން، ތުނބުޅީގެ އެއްފަޅި ބޭލުމުން އޭނާގެ މޫނު ފެންނަ ކޮންމެ މީހަކަށްވެސް އެކަމުގެ މަތިން ހަނދާންވެ، ޖަންގަލިތަކާއި މެދު ބޮޑަށް ވިސްނައި، އެތަންތަން ހިމާޔާތް ކުރުމަށް މަގުފަހިވެގެން ދާނެއެވެ.

"ދިމާވާ ބައެއް ރައްޓެހިންނާއި ނުދަންނަ މީހުންވެސް ފެނުމުން ސުވާލު ކުރޭ ކީއްވެގެންތޯ ތުނބުޅީގެ އެއްފަޅި އަހަރެން ބޭލީ. އެމީހުންނަށް ފުރަތަމަ ހީވަނީ އަހަރެން ކޮންމެވެސް ކަހަލަ ބެޓެއް ކޮށްގެން އެކަން ކުރަން ވައުދު ވެފަ އޮތީމަ ކުރި ކަމެއްހެން. އެކަމަކު އެމީހުންނަށް ވިސްނައިދެން މިއީ ކީއްވެ ކުރާ ކަމެއްކަން." އިންޓަވިއު އެއްގެ ތެރެއިން ކޫކް ބުނެފައި ވެއެވެ.

މިގޮތަށް ކަންތައް ކުރުން ކިތަންމެ ޖޯކު ނަމަވެސް ގިނަ ބަޔަކު މިހެން ކަންތައް ކުރާނަމަ، ރާއްޖޭގެ ފިރިހެނުންވެސް މިކަންތައް ކުރާނޭ ކަމާއި މެދު ޝައްކެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަންހެނުން

    ދެން އެންމެ އަވަހަށް ފެންނާނީ ދިވެހި ފިރިހެނުން މިހެން ތިބޭތަން. ކޮޕީކުރަން މަރެއް.

    34
    1
  2. ރިން

    މޮޔަވެ ބަލަ..

    26
  3. Anonymous

    ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައިވޭ ތިޔަބައިމީހުންގެ ކުރިން އައި މީހުންނައް ތިޔަބައިމީހުން މުށަކައް ފަހު މުށެއް ކައިވަތަކައް ފަހު ކައިވަތެއް ކައިރިވެގެންދާނެ ކަމައް. އެބައިމީހުން ލޮއްބުގެ ހޮރައް ވަތް ކަމުގައި ވިޔަސް ތިޔަބައިމީހުންވެސް އެބައިމީހުންގެ ފަހަތުން ގޮސް ލޮއްބުގެ ހޮރައް ވަންނާނެކަމައް. ސަހާބީ ބޭކަލުން ވިދާޅުވި އެއީ ކޮންބައެއްތޯއޭ. ހަދީޘް ކުރައްވަނީ އެއީ ޔަހޫދީންނާއި ނަސޯރާއިން ކަމައް. އަހަރެމެންނައ މިއަދު މިފެންނަނީ މި ހަދީޘްގެ ތެދުކަން. މިއަދު ޒުވާނުން ފެށަންގެ ނަމުގައި މިކުރާ ކަމަކީ އެބައިމީހުން ކޮޕީކުރުން. އަހަރެމެނައް ރޯލްމޮޑެލުންވަނީމީގެ 1400 އަހަރު ކުރިން އަންގަވާދެއްވާފައި. ވީއިރު ނަބިއްޔުންނާއި ރަސޫލުންނާއި ސަހާބީންނާއި ތާބިއީންނާއި ހެޔޮލަފާ ސޯލިހް ތަގްވާވެރިން ދޫކޮއް ޝައިތާނުން އުޅޭހެން އުޅުމުގެ ނަތީޖާއަކީ މަގުގެއްލި ޒުވާނުން ހަލާކުވެގެން ދިއުން.

    58
    1
  4. މަންޖެ

    ޑޯންޓް ލައި!!!

    10
    2
  5. ޙަރީބު

    ދީނާއި ބީރައްޓެހި ތުނބުޅިއެއް

    32
    1
  6. ތޮޅި

    ތިޔަ ތާކުހުރި މަރުތެޔޮ ލއް

    15
    1
  7. ޝައިނާ

    ޕިސްޕިސް ހާދަ ފަކުރު ސްޓައިލެކޭ. ތިސްޓައިލް ކޮޕީކުރާނީ ރާއްޖޭގަތިބި މޮޔައިން ކަމުގަ އެއްވެސް ޝައްކެއްނެތް. ޗީޗީ

    33
    2