ސައުތް އެފްރިކާގައި ހާއްސަ އެހީއަށް ބޭނުންވާ ކުޑަ އަންހެން ކުއްޖަކު ރޭޕް ކޮށްލި މީހާ ދިރިހުއްޓައި އަންދާލައިފިއެވެ.

އެ ގައުމުގެ ލިމްޕޮޕޯގައި ހިނގި މި ހާދިސާގައި 16 އަހަރުގެ އެ އަންހެން ކުއްޖާ ރޭޕް ކޮށްލާފައި ވަނީ އެ ކުއްޖާ ދަރުހޮވަން ނިކުމެ އުޅެނިކޮށެވެ. އެވަގުތު އޭނާ އާއި އެކު އެހެން ކުދިންތަކެއް ތިބި ނަމަވެސް އެމީހާ އައުމުން އެކުދިން ވަނީ ފިލާފައެވެ. މި ކުއްޖާ ރޭޕް ކޮށްލި ކަމުގެ ހަބަރު ލިބުމާއި އެކު އެ އަވަށުގެ މީހުން ވަނީ އެއްތަނަކަށް އެއްވެ، މަޝްވަރާ ކުރުމަށް ފަހުގައި އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ހާދިސާ ހިނގި ހިސާބުގެ ރައްޔިތުން މަގުމައްޗައް ނިކުމެ

އުމުރުން 39 އަހަރުގެ އެ ފިރިހެން މީހާ ފިލައިގެން އުޅެނިކޮށް އޭނާ ވަނީ އަތުލައިގަނެފައެވެ. އެއަށް ފަހު އޭނާ އަށް ވަރަށް ބޮޑަށް އަނިޔާ ކުރުމަށް ފަހު އަންދާލާފައި ވަނީ އެ ހިސާބުގަނޑުގައި ހަރަކާތްތެރިވާ ގޭންގަކުން ކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.

އެ މީހާ އަންދާލި މައްސަލަ ފުލުހުން މިހާރު ބަލަން ފަށާފައި ވީނަމަވެސް، އެކަމާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އެ އަވަށުގެ ޕޮލިސް ކޮމިޝަނަރު ބުނެފައި ވަނީ ހެދިފައި ހުންނަ ގާނޫނުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށާއި މިކަން ކުރި ބަޔަކަށް ހަރުކަށި އަދަބު ދޭނޭ ކަމަށެވެ.

ލިމްޕޮޕޯގެ ޕޮލިސް ކޮމިޝަނަރު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރޭޕް ކުރާ މީހުންނަށް އާއްމު ރައްޔިތުންނާއި ގޭންގުތަކުން ދަނީ މިފަދަ ކަންކަން ކުރަމުންނެވެ. މިގޮތުން ދާދި ފަހުން މެކްސިކޯގައި އަންހެން ކުއްޖަކު ރޭޕް ކުރި މީހަކު ބަނުމަށް ފަހު އޭނާގެ ލަދުވެތި ގުނަވަން ކުއްތާ އަކަށް ކާންދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބެކްޔާޑު

    އިންޑިއާނަމަ ތިކަންވެސް ވާނީ ދިމާއިދިކޮޅަށް. ރޭޕްކުރާ މީހާ ހިމާޔަތް ކުރާނީ.

    27
  2. ާަޕޮގުބާު

    ގޯހެއްނެތް ކުޑަޔަސް ރުހުމުގަކުރޭ އޭރުން ރޭޕް ނުކިޔާނެ ކިޔާނީ ޒިނޭ

    1
    7
  3. ގޮގް މެގޮގް

    ޕޮލިސް ކޮމިޝަނަރު ހާދަ ފިޓް މީހެކޭ.

    7
    1