އިންޑިއާގެ އުއްތަރު ޕްރަދޭޝަށް ނިސްބަތްވާ 16 އަހަރުގެ އަންހެންކުއްޖަކު ރޭޕް ކުރި މީހަކަށް އެ އަވަށުގެ މީހުން ހޭ އަރުވާލައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެ އަންހެންކުއްޖާ ރޭޕްކުރީ ތިން މީހުންގެ ގްރޫޕަކުންނެވެ. އެކުއްޖާ ރޭޕް ކުރުމުގެ އިތުރުން، ރޭޕް ކުރި އިރު އެމަންޒަރުތައް ވީޑިއޯވެސް ކޮށްފައިވެއެވެ. އަދި އެއަވަށުގައި ވީޑިއޯ އާންމުވެފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އެއަމަލު ހިންގުމަށް ބައިވެރިވެފައިވަނީ ތިން ބެއިންނެވެ. އެއީ އުމުރުން 20 އަހަރުގެ މުހައްމަދު ނާޒިމް އާއި މުހައްމަދު ޗޮޓްކާ އާއި މުހައްމަދު ބަޓްކާ އެވެ. މީގެ ތެރެއިން ޗޮޓްކާއާއި ބަޓްކާ ފިލާފައިވާއިރު އަވަށު މީހުން އަތުލާފައިވަނީ ނާޒިމްއެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑއިޯއިން ފެންނަ ގޮތުގައި ދަނޑިބުރިންނާއި ވަކަރުބުރިން އޭނާ ގައިގައި ތަޅާ މަންޒަރު ފެނެއެވެ. އެމީހުން ހަމަލާ ދެމުން ދިޔައީ އޭނާގެ ބޮލަށެވެ.

މި ހާދިސާ ހިނގައިދިޔަގޮތް، ރޭޕްވި އަންހެން ކުއްޖާ ވަނީ ކިޔައިދީފައެވެ. އެކުއްޖާ ބުނެފައިވާ ގޮތުގައި އެދުވަހު އޭނާ ނުކުތީ އޭނާ ގެންގުޅޭ ޖަނަވާރުތަކަށް ކާތަކެތި ގަތުމަށެވެ. އަދި އޭނާ ރޭޕްކުރީ އާންމުކޮށް މީހުން ނުދާ ތަނަކަށް ގެންގޮސްފައި ކަމަށާއި އެތަނުގައި އެކަކަށްފަހު އަނެކަކު އޭނާ ރޭޕްކުރުމުގައި ބައިވެރިވެފައިވާ ކަމަށެވެ.

އެކުއްޖާއަށް ލިބިފައިވާ އަނިޔާތައް ދެނެގަތުމަށް މިހާރު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

މި މައްސަލާގައި ހިމެނޭ އަނެއް ދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، މި މައްސަލައާ ގުޅިގެން ދެ ފުލުހަކުވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. އެ ފުލުހުން ސަސްޕެންޑުކޮށްފައިވަނީ އެ މައްސަލަ ހުށަހަޅަން ކުއްޖާގެ އާއިލާއިން އައުމުން އެކަން ގަބޫލުނުކޮށް މައްސަލަ ބަލައިގަނެފައިނުވާތީއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވާނުވާ

    މިފަހަރަު ރޭޕް ކުރި މީހާ އަށް ތިޔަ އަދަބު ލިބުނީ މުސްލިމަކަށް ވީމާ. އެހެން ނުނީ އިންޑީޔާ ގައި ކުށްވެރިވާނީ ރޭޕްވީ ކުއްޖާ

    14
    3
  2. ސަރާ

    މީދެން މި ދުނިޔޭގެ އޮންނަ ކަމެއް ވިއްޔާ