ސްރީލަންކާގެ ސިންހަޅަ ބަހުން ދިވެހި ސިފައިންގެ މީހަކު ކިޔާފައިވާ ލަވައަކަށް ސްރީލަންކާ މީހުންނާއި ދިވެހިންގެ ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހިން ސިފަައިންގެ މީހާ މިލަވަ ކިޔާފައި ވަނީ ސްރީލަންކާގައި ކުރިއަށް ގެންދާ ތަމްރީނުތަކެއް ނިންމުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. ގައުމުތަކުގައި ބާއްވާ ތަމްރީނުތައް އެއްކޮށް ނިންމާލުމުގެ ގޮތުން ސިފައިން މިފަދަ ހަރަކާތްތައް ހުށަހެޅުމަކީ އާއްމު ކަމެކެވެ. ނަމަވެސް މަދު ފަހަރެއްގައި ނޫނީ މިފަދަ މަންޒަރެއް އާއްމެއް ނުވެއެވެ.

ދިވެހި ސިފައިންގެ މީހާގެ ލަވަ ފޭސްބުކްގައި އާއްމު ކުރުމާއި އެކު ވަރަށް ގިނަ ލަންކާ މީހުން ވެސް ވަނީ އެލަވަ ފުރިހަމަ ކަމަށް ބުނެ ކޮމެންޓް ކޮށްފައެވެ. މިހާރު ގިނަ ބަޔަކު ވަނީ ލަވަ ޝެއާ ކޮށްފައެވެ.

https://www.facebook.com/VaguthuMv/videos/505160976970436/

ލަންކާގެ ކުޗްޗާވެލީގައި އޮތް ތަމްރީނުތައް ނިންމުމުގެ ރަސްމިއްޔާތުގައި ދިވެހި ސިފައިންގެ އިތުރުން ލަންކާ އާއި މިތަމްރީނުތަކުގައި ބައިވެރިވި އެހެން ގައުމުތަކުގެ ސިފައިން ވެސް ހުށަހެޅުންތައް ހުށަހެޅިއެވެ.

މިއީ އެކި ގައުމުތަކުގެ 2000 ސިފައިން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ތަމްރީނެކެވެ. އޭގެ ތެރޭގައި ރާއްޖެ އާއި ލަންކާގެ ސިފައިންގެ އިތުރުން މެލޭޝިއާ، ނޭޕާލް، ރަޝިއާ، ބަގްލަދޭޝް، ޗައިނާ، އިންޑިއާ، ޕާކިސްތާން، އިންޑޮނޭޝިއާ، ނައިޖީރިއާ އަދި ޒިމްބާބްވޭގެ ސިފައިން ބައިވެރިވިއެވެ.

ސިފައިންގެ ހުށަހެޅުންތައް ދައްކާލަން ބޭއްވި ރަސްމިއްޔާތުގައި ލަންކާ ސިފައިންގެ ކޮމާންޑަރ ލެފްޓިނަންޓް ޖެނެރަލް ޝަވެންދްރާ ސިލްވާ އާއި ސަރުކާރު އޮފިޝަލުންނާއި، ސިފައިންގެ ކޮމާންޑަރުންނާއި ލަންކާގެ މީޑިއާތަކުގެ އިތުރުން އާއްމުން ވެސް ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ތިއްތި

    މަރުހަބާ...?????

    27
    2
  2. ކާށި

    މިއުޒިކަކީ އިސްލާމްދީނުގަ ހަރާމް އެއްޗެއް. ކޮންމެ ބަހަކުން ތިލަވަ ހުށައެޅިއަސް.ތީއަދި މާމޮޅުކަމެއް ނޫން.

    48
    19
    • Anonymous

      ތިކަމާ ދީނީ ޢިލްމުވެރިންގެ ރަޢުޔެއް ހޯދުން ރަނގަޅު.

      26
      6
  3. ހެެނސަން

    ރީތި...

    31
    6
  4. އިންސާފް

    ކޮބާހޭ ވީޑިޔޯ

    10
    10
  5. މައިކާލޯ

    ހަބޭސް???

    14
    4
  6. 2 ލޯ

    އިންސާފުގެ 2 ލޯ ކޮބާތަ؟

    10
    3
  7. 23ފގ

    އިސްމާޢީލް ... މިނިވަން 50ގަ ވައި ކުޑައިގައި ގަލޮޅު ދަނޑަށް ފޭބި މީހާ... ގަދަ އިނގޭ..

    25
    1
  8. އަހްމަދު

    މީއާކަމަކީތަ. ނޫނީ މީގެ ކުރިން އެއްވެސް ދިވެއްސަކު ދިވެހިލައެއްނޫން ލަވައެއް ނުކިޔަނީތަ؟ ދިވެހިންނަކީ ކޮންމެބަހަކުން އޮންނަ ލަވައެއްވެސް ބޭރު މީހުންއެކިޔާގޮތަށްކިޔާބައެއް. ދިވެހިބަހަކީ ކޮންމެ ބަހަކަށްވެސް ފެތޭބަހެއް. ރާއްޖޭގެ މިޔުޒީޝަނެއްކަމުގައިވާ އަބދުލްހަންނާނަކީ އަމިއްލައަށް ސިންހަޅަ ލަވަހަދާ ލަވަކިޔާމީހެއް. މިހާރު އުޅެނީވެސް ލަންކާގައި. މަރިޔަމްޝާނީ ތިޔައުޅެނީ މުސްކުޅިން ބުނާ " ހިތާދޫމީހަކަށް ހުދުފޮށައެއް ލިބިގެން" .

    7
    13
  9. ލޮލް

    ލަވައެއް ކިޔާފިނަމަ ދީނުންބޭރުވެދާނެ!
    ދީނަށް ފުރައްސާރަ ކުރިޔަސް ދީނުން ބޭރު ނުވަނީތޯ!
    އަހުން އަޖާއިބުވެފަ މިހުރީ!
    ލަވައެއްކިޔާކޮންމެ ފަހަރަކު ކާފަރުވާނަމަ ދީނައްފުރައްސާރަ ކޮއް އެއްޖިންސުން ކައިވެނި ކުރުން އެއީ ހުއްދަކަމަކީތޯ!
    ސުކޫލް މަދަރުސާ ތަކުގަ ކޮންމެ މުނާސަބާއެއް ފާހަގަކުރަން ލަވަކިޔަނީ ކީއްވެ؟
    ސަރުކާރުގެ އިސްވެރިޔެއް ވަޑާގަންނައިރައް ލަވައެއް
    ހުށައަޅާ މަންޒަރު ލައިވް ކޮއްދަަައްކާހަދާ އެކަން އެކުރަނީކީއްވެ؟
    ބޮޑުމީހެއް އައީމަ ލަވަވެސް ހުއްދަވޭ!
    ކިޔަވާގެންތިބި ދީނީ ޓީޗަރިންވެސް ތިބޭނެ އެބަލާ ހަދަން!
    އެވަގުތު ލަވަ ހަރާމެއްވެސް ނުވޭ!
    ދެންކޮބާތިހުރި ދީންވެރިކަމެއް!
    އެބޭފުޅުންވެސް ނިއްމުން ފާހަގަކުރުމުގެގޮތުން އެ ހަފުލާގަ ހުނަރު ދައްކާލުމައް އެލަވަކީމަ ހިޔެއްނުވޭ!
    އާކަމެއްހެނެއް!
    ސިފެއިންގެ ބޭފުޅާއަށް މަރުހަބާ!

    7
    2
  10. ކޮހުރަބް

    ހިންދީ ލަވައެއް ކިޔައިގެން ބޮލީވުޑަށް ދޭބަލަ