2000 ވަނަ އަހަރު ނުކުތް ރަކޭޝް ރޯޝަންގެ، ފިލްމް ކަހޯނާ ޕިޔާރް ހޭ އިން ފެނިގެން ދިޔަ ރިތިކް ރޯޝަންއަކީ، މިހާރު ބޮލީވުޑްގެ އެންމެ ހިނގާ އެއް ތަރިއެވެ. އެ ފިލްމަށްފަހު ރިތިކްގެ މުޅި ދިރިއުޅުން ބަސަލުކޮށްލިއެވެ. އޭނާއަށް ގިނަބަޔަކު ސަޕޯޓްވެސް ކުރަން ފެށިއެވެ. އަދި އިތުރު ކަންތައްތަކެއްވެސް ވަމުން ދިޔައެވެ. ނަމަވެސް އެ ވާހަކަތައް ދާދި ފަހަކާއި ޖެހެންދެން އޮތީ ސިއްރުވެފައެވެ.

އެ ސިއްރުތައް ރިތިކް ހާމަކޮށްފައިވަނީ މަޝްހޫރު ޓީވީ ޝޯވ ކަޕިލް ޝަރްމާގައެވެ. ރިތިކްގެ ކުރިއަށް އޮތް ފިލްމާއި ގުޅޭގޮތުން ވާހަކަދައްކަމުން އެ ޝޯވގައި ރިތިކް ބުނީ، އޭނާ ކަހޯނާ ޕިޔާރު ހޭ އިން ފެނިގެންދިޔަ ފަހުން 30000 މީހުން އޭނާ ކައިރިން އިންނަން އެހި ކަމަށެވެ.

އެހެން ނަމަވެސް އެ އެންމެންގެ ހިތްތައް މުގުރާލުމަށްފަހު އޭނާ ކައިވެނިކޮށްފައި ވަނީ ސޫސަން ޚާން އާއެވެ.

ރިތިކް ފެނިގެން ދިޔަ ކަހޯނާ ޕިޔާރް ހޭއަށް އެވޯޑްތަކެއްވެސް ލިބިގެން ދިޔައެވެ. އެގޮތުން އެ ފިލްމަށް 92 އެވޯޑެއް ލިބިފައި ވެއެވެ. އަދި އެ ފިލްމަކީ އެ އަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމްގެ އިތުރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮން ކަމެއް

    ދެން އަހަރުމެނަށް ކޮންކަމެއް... އަހަރުމެން ނާހަން އިއްނާކައް... ބޮލީވުޑްގަ ހުރި މަގޭ ހަމަ ގައިމުވެސް އެންމެ ފޫހިވާ މީހާތީ... މިހާރު އަދި ހީވަނީވެސް ފެން ނުވަރާ ހުއްނަހެން... ??

    4
    6
  2. ކަމެއް ކޮން

    ކަޑަ ނުވެބަލަ ކަލެއަށް ވުރެ ރިތިކް ރީތި ވެފަ ކާމިޔާބު ވީމަ..މި ވަރެއް ނޯންނާނެ