މާބަނޑު ދުވަސްވަރު ދަރިފުޅާއި މައިމީހާ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ބޭނުންވާނެ އެވެ. ހާއްސަކޮށް އެ ދުވަސްވަރުގައި ކުރިން ނުޖެހޭ އެތަށް ބަލިތަކެއް ވެސް ޖެހެއެވެ. އެގޮތުން ހަކުރު ބައްޔަކީ ވަރަށް ގިނަ އަންހެނުންނަށް މާބަނޑު ދުވަސްވަރުގެ ފަހުކޮޅުގައި ޖެހޭ ބައްޔެކެވެ. އެހެން ނަމަވެސް ފަހުގެ ދިރާސާއަކުން ހާމަވާ ގޮތުގައި މާބަނޑުވުމުގެ ކުރިން ކަސްރަތުކުރާ އަންހެނުން މާބަނޑުވުމަށްފަހު ސިއްހަތު ރަނގަޅުވެއެވެ.

އެގޮތުން މި ދިރާސާއިން ހާމަވި ގޮތުގައި މާބަނޑުވުމުގެ ކުރިން ފިޓްކޮށް ތިބޭ އަންހެނުން މާބަނޑުވުމަށްފަހު ހަކުރުބަލި ޖެހުމުން 21 ޕަސެންޓް ދުރުކޮށްދެއެވެ.

ޔުނިވާސިޓީ އޮފް އަޔޯވާގެ އެސިސްޓެންޓް ޕްރޮރެސާ ކާރާ ވިޓެކާ ކުރިއަށް ގެންދިޔަ މި ދިރާސާގައި ވަނީ 25 އަހަރުން މަތީގެ 1333 އަންހެނުން ބޭނުންކޮށްފައެވެ. އަދި މި އަންހެނުންނަކީ ކޮރޯނަރީ އާޓެރީ ރިސްކް ޑެވްލޮޕްމެންޓް އިން ޔަންގް އެޑަލްޓްސް (ސީ.އޭ.އާރް.ޑީ.އައި.އޭ) ނަމަކަށް ކިޔާ ދުނިޔޭގެ ފެންވަރުގެ ޖަމިއްޔާއެއްގައި ހަރަކާތްތެރިވަމުންދާ އަންހެނުންނެވެ. އަދި ކައިވެނިކޮށް ދަރިން ލިބުމުގެ ހުވަފެން ދެކެމުންދާ އަންހެނުންނެވެ.

މި ދިރާސާގައި ފުރަތަމަ ކަމަކަށް ވަނީ ފިޓްނެސް ޓެސްޓެއް ކުރިއަށް ގެންގޮސްފައި އެވެ. އެގޮތުން ދެ މިނެޓް ވަންދެން ޓްރެޑްމިލްއެއްގައި ސްޕީޑް ބާރުކުރަމުން ހިނގޭނީ ކިތަން މީހުންނަށްތޯ ވަނީ ބަލާފައި އެވެ.

އަދި ހަފްތާއަކު 5 ދުވަހު، މަދުވެގެން 30 މިނެޓްގެ ކަސްރަތެއް ކޮށްލުމަކީ ފިޓްކޮށް ހުރުމަށް މުހިއްމު ކަމެއް ކަމަށް ކާރާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާޝާﷲ މުހިއްމު މައުލޫމާތެއް
    JazakALLAH khayr