އެމެރިކާގެ ނިއުޔޯކުގައި މަންމައަކު އޭނާގެ 7 އަހަރުގެ ދަރިފުޅު ވަޅިއަކުން ކަރު ކަނޑާލައި މަރާލައިފިއެވެ.

ނިއުޔޯކްގެ ފުލުހުން ހާމަކޮއްފައިވާ ގޮތުގައި މީހަކު ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން އެގެޔަށް ދިޔައިރު 36 އަހަރުގެ އެ އަންހެން މީހާ ދަރިފުޅު މަރާލުމަށްފަހު ވަޅިޔާއެކު ގޭގެ ތެރޭގައި ހަރަކާތްތެރި ވަމުން ދިޔައެވެ. އަދި ޕޮލިހުން ގެޔަށް ވަންނަށް މަސައްކަތް ކުރުމުން އެ އަންހެން މީހާ އެއްވެސް ވަރަކަށް ފިލަން މަސައްކަތް ނުކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ނިއުޔޯކް ފުލުހުން ހާމަކޮއްފައިވާ ގޮތުގައި 7 އަހަރުގެ ދަރިފުޅުގެ ކަރު އަނިޔާވެރި ގޮތަކަށް މަންމަ ކަޑާލާފައި ވާއިރު އެކުއްޖާދެ ބުރަކައްޓައްވެސް ވަޅި ޖަހާފައިވެއެވެ. މި މައްސަލާގައި އެކުއްޖާގެ މަންމަ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އަދިވެސް އެކުއްޖާ މަރާލީ ކޮން ސަބަބަކާއި ހުރެ ކަމެއް ނޭންގެއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރި އެގޭކައިރީގައި އުޅޭ މީހާ ބުނީ އެދުވަހު ހެދުނުން ފެށިގެން އެކުއްޖާ ރޯ އަޑު އިވޭ ކަމަށާއި އަދި އެކުއްޖާ މަންމަ އޭނާ އާއި ދިމާލަށް ހަޅޭލަވާ އަޑު އިވޭ ކަމަށެވެ. ނަމަވެސް މާ ގިނަ އިރު ރޯ އަނިޔާ ކުރާ އަޑު އިވޭތީ އޭނާ ފުލުހުންނަށް ރިޕޯޓް ކުރީ ކަމަށެވެ.

އެމީހާ ބުނީ އޭނާ މަންމަ އެކުއްޖާ މަރާލަފާނެ ކަމަކަށް އެއްވެސް ވަރަކަށް ނުވިސްނޭ ކަމަށާއި އޭނާ އަކީ ވަރަށް މީހުނާ ގުޅޭ އަދި އެފަދަ އަނިޔާވެރި އަމަލެއް މީގެ ކުރިން ކޮށްފައިނުވާ މީހެއްކަމަށެވެ. އަދި އަމިއްލަ ދަރިފުޅުގެ ކަރު ބުރިކޮށްލުމުން ވަރަށް ހައިރާންވާ ކަމަށް އޭނާ ބުންޔެވެ.

ފުލުހުން މިހާރު މިމައްސަލަ ތަހުގީގް ކުރަމުން ދާއިރު މި އަންހެން މީހާގެ ފިރިމީހާ އެކުއްޖާއާއި އަންހެނުން ދޫކޮށް ވަރިކޮއްފައި ދިޔަތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. އަދި މިއީ އެ އަންހެން މީހާ ޑިޕްރެސް ވެގެން ކުރި ކަމަކަށް ވެދާނެ ކަމަށްވެސް އެހިސާބުގައި އުޅޭ ބައެއް މީހުން ބުނެއެވެ.

ނިއުޔޯކް ފުލުހުން ބުނީ މި މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތަށް ބަލަމުން ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕިސް ޕިސް

    މިހާރު މިވަނީ ހުޅަނގު ފަރާތުން އިރު އަރާފަ

  2. ހުސޭނު

    ޢަހަރެންގެ ހިތުގަ އަބަދުވެސް އުފެދޭ ސުވާލެއް މިކަހަލަ ހަބަރުތައް ކީއްކުރަން ބޢަޭ ދިވެހި ނޫސްޔަކުގަލިއަނީ........މީފާދެއްގެ އިޝްތިހާރެއްބާއޭވެސް ހިތައްއަރާ...

  3. ސަޒާ

    ކޮން ސީރިޔަހެއް ވާކަށް. ތިތާ އާންމު ކަމެއްނު ތީ. މުސްލިމުން ގިސާސް ހިފީމައެއްނު ގޯހީ. ލަދު ކޮބައިބާއޭ ހިތަށް އަރާ.