އ.ދ.ގެ އާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ތަޤުރީރު ދެއްވުމުގެ ކުރިން އެލްސަލްވެޑޯގެ ރައީސް، ނަޔީބު އާމަންޑޯ ބުކޭލް، ޕޯޑިއަމްގައި ހުންނަވައިގެން ސެލްފީއެއް ނަންނަވައިފިއެވެ.
ގިނަ ބައެއްގެ ސަމާލުކަން މިހާރު މިކަމަށް ލިބިގެން ގޮސްފައިވާއިރު، ތަގުރީރު ފެއްޓެވުމުގެ ކުރިން ނެންގެވި މި ސެލްފީ އޭނާ ވަނީ ޓްވީޓާ މެދުވެރިކޮށް އާންމު ކުރައްވާފައެވެ. އެއާއެކު މަދު ވަގުތުކޮޅެއްގެ ތެރޭގައި އެތައް ހާސް ބަޔަކު ވަނީ އެ ޓްވީޓަށް ލައިކުދީ ތައުރީފުކޮށްފައެވެ.
މިއީ އދ.ގެ ޕޯޑިއަމެއްގައި ޤައުމެއްގެ ލީޑަރަކު މިފަދަ ކަމެއް ކުރެއްވި ފުރަތަމަ ފަހަރެވެ. ބުކޭލް އަކީ އދ.ގައި ޤައުމުތަކުގެ އިސްވެރިން ތަމްސީލު ކުރައްވާ ބައްދަލުވުމުގައި މިފަހަރު ބައިވެރިވެވަޑައިގަންނަވާ އެންމެ ޒުވާން ލީޑަރެވެ.
އުމުރުން 38 އަހަރުގެ ބުކޭލް އދ.ގައި ތަޤުރީރު ދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ވަނީ ޒަމާނާއި އެއްގޮތަށް އދ.ވެސް ތަރައްޤީވުމަށް ގޮވާލައްވާފައެވެ. އަދި ޤައުމުތަކުގެ އިސް ލީޑަރުން، އެޤައުމުތަކުގެ ޒުވާނުންނާއި ގުޅުން ބަދަހިކޮށް ޒުވާނުންނާއި އެކު މަސައްކަތް ކުރެއްވުމުގެ މުޙިންމުކަމަށް އަލިއަޅުއްވާލައްވައި ބުކޭލް ވަނީ ވާހަކަ ދައްކަވާފައެވެ.
ސެލްފީ ރައީސަށް ތިކަން ނުވީމާ ކަޑަ.
ސެލްފީ ރައީސް ނާވަސްވެގެން ތިކަންތައް ހަނދާން ނެތުނީ ކަމަށްވާނީ. ވަރަށް ދެރަ ކަމެއް.
އެއީކަލޭވިއްޔަ ނާރވަސްވާން