ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި މީސް މީޑީއާއަށް ރީތި ތަންތަނުގައި ރީތި ފޮޓޯ ތައް ނަގައި އާންމު ކުރަނީ ވަރަށް ފުދުންތެރި ތަނަވަސް މީހުންނެވެ. އެހެންކަމުން ދެއްކުންތެރިކަމުގެ ބޭނުމުގައިވެސް ވަރަށް ގިނަ ބަޔަކު އެގޮތަށް ކަންތައް ކުރެއެވެ. މިފަހަރު މިއޮތީ އެގޮތަށް މަޝްހޫރު ކަން ހޯދާފައިވާ "ޓިކްޓޮކް" ތަރިއެއްގެ އަސްލު ދިރިއުޅުމުގެ ހާލަތު ހުރިގޮތް ފަޅާއަރާފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން މިފަދަ މީހުން މިލިއަނަކަށް ވުރެ ގިނަ ފޮލޯވަރުން ހޯދައެވެ. ބައެއް ފަރާތްތަކުން އެމީހުން ފޮލޯ ކުރަނީ އެމީހުންގެ ދިރިއުޅުން ބިނާ ކޮށްފައިވާ ގޮތް ބެލުމަށާއި ކެއުން ބުއިން ހުންނަ ގޮތް ބެލުމަށެވެ. އަދި ބައެއް ފަރާތްތަކުން އެމީހުންގެ ސްޓައިލު ބަލައި އެގޮތަށް އުޅެވޭތޯވެސް ފޮލޯކޮށް ހަދައެވެ.

މިއީ މީސްމީޑިއާގައި ޗައިނާއިން ގިނަ ބައެއްގެ މެދުގައި މަޝްހޫރު މީހެއްގެ ވާހަކައެވެ. ލިސާ ލި ނަމަކަށް ކިޔާ މި އަންހެން މީހާއަށް މިލިއަނަކަށް ވުރެ ގިނަ މީހުން ފޮލޯ ކުރައެވެ. އޭނާ މަޝްހޫރު ވެފައިވަނީ އޭނާގެ މުއްސަނދި ދިރިއުޅުމަށާއި ދަތުރުފަތުރަށާއި ނަގާފައިވާ "އެހެން މީހުން ދަހި ކޮށްލާ ވަރުގެ" ރީތީ ފޮޓޯ ތަކުންނެވެ.

ދާދި ފަހުން އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ވެރި ފަރާތުން ވަނީ ލިސާ ދިރިއުޅޭ އެޕާޓްމަންޓްގެ ވީޑިއޯއެއް ނަގައި އާންމު ކޮށްލާފައެވެ. އެއާއެކު އޭނާގެ ދެއްކުންތެރިކަމުގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސް ހުރިހައި ފޮލޯވަރުންގެ މެދުގައި ފަޟީހަތްވެފައެވެ. އެ ވީޑިއޯގައި އެގޭގެ ވެރިފަރާތުން ވަނީ އޭނާގެ އެޕާޓްމަންޓްގެ އެއްކޮށް ދައްކާލާފައެވެ.

 

އޭނާ ބުނީ، ލީސާގެ އުޅުމަކީ އެއްވެސް އަންހެނަކު އުޅެގެންވާނެ ގޮތެއް ނޫން ކަމަށެވެ. އޭނާގެ އުޅުން ހުރި ގޮތުން ތަންތަން ސާފު ކުރާ ނޯކަރުންވެސް އޭނާ ދިރިއުޅޭ އެޕާޓްމަންޓު ސާފުކުރަން ދާން ބޭނުން ނުވާ ކަމަށާއި އެހާވެސް އެ އެޕާޓުމަންޓު މުޑުދާރު ކަމަށެވެ.

ލީސާ ކުއްޔަށް ދިރިއުޅޭ އެޕާޓްމަންޓުގެ ވެރިފަރާތުން މި ވާހަކަތައް ފަޅާއަރުވާލާފައިވަނީ، އޭނާ ފޯނަށް ޖަވާބުނުދީ އެތައް ދުވަހެއް ވެފައިވުމުން ކަމަށް ވެއެވެ. އަދި ހަމަ އެގޮތުން ލިސާ އޭނާ އަށް ދޭންޖެހޭ ކުލި ނުދީ ގިނަ ދުވަސްތަކެއް ވެފައިވާކަންވެސް ވަނީ ހާމަވެފައެވެ.

މިހާރު ދައުރވަމުންދާ ވީޑިއޯ އިން، ލީސާ ދިރިއުޅޭ އެޕާޓްމަންޓުގެ އެތަން މިތަނުގައި އޭނާ ލާން ގެންގުޅޭ ތަކެތި އުކާލާފައި ހުންނަ މަންޒަރު ފެނެއެވެ. އަދި ދެއްކުންތެރިކަން ބޮޑު އޭނާގެ ވީޑިއޯތަކުގެ ފަހަތުގައިވާ ހަޤީޤަތް މި ވީޑިއޯއިން ވަނީ ހާމަވެގެން ގޮސްފައެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ފޮލޯވަރުން މިހާރު ވަނީ އޭނާ އަންފޮލޯކޮށްފައެވެ. އަދި އެތައް ބަޔަކު މިހާރު ދަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައި ވާހަކަ ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒައިޝާ

    ތި މި ދިވެހިރާއްޖޭގެ ވެސް އަންހެންކުދހިންގެ ހާލު. މާ ރީތި ވެގެން ކުލަ ފާޓާއެއްގެ ތެރެއ\ަށް އެރިގެން ނުކުމެ ސެލްފީ ތައް ސޯޝަލް މީޑިއާ ތަކަށް ލާއިރު ، ހަގީގީ ދިރިއުޅުން މުޅިންތަފާތު. މީހުންނާއި ވާހކަ ދައްކާ އިރު މާޝާﷲ މާޝާﷲ ގޭގެ ތެރޭގައި ދަރިނަށް ގޮވާލަނީ ނަގ..........ކިޔާފަ މިހުރީ އހަރެންގެ ލޮލުން ފެނުނު މަންޒަރު

    58
    5
  2. ކސަފީނާ

    ދިވެހިންވެސް އެބަޖެހޭ ތަންކޮޅެއް ތަހުޒީބުވެ ތާހިރުކަމާއި، އަޚްލާޤީ މާތް ދިރިއުޅުމެއް އުޅެން ފަށަން. ތާއަބަދު ފޮޓޯ ގޮތްގޮތަށް ނަގާ ޝެއަރ ކުރުމާއި ލައިކް ހޯދަން މި އުޅޭ ވިޔާނުދާ އުލުން ހުއްޓާލުމަށްފަހު މާތް އިންސާނުން އުޅެންޖެހޭ ގޮތަށް އުޅެ ދުނިޔެ އާބާދުކޮށް ހެއްދެވިފާރާތަށް ދަތުރުކުރަން ޖެހޭވަގުތަށް ތައްޔާރުގައި ތިބެ ދުވަސްތައް ގުނަން ފަށަން. ޖަންގަލީގެ އުޅުން މިހާރު ބައެއް މީހުން އުޅެމުންދަނީ، ފެނެއް ނުވަރާ، ގެ މުޑުދާރުކޮށް ބާއްވައިގެން ދެން ބޭރަށް ދާއިރު ކުލަފާޓާ އަށް އެރިގެން.

    13
  3. ޙަރީބު

    ޓިކުޓޮކް ރާނީ ފުނަދޫ ޝާނީ ވެސް ތިފަދަ