ޕާކް ކޮށްފައިވާ ކާރުތަކެއްގައި ރޯކޮށްލި މައްސަލާގައި ދެ މީހަކު ޖަލަށް ލާން ހުކުމް ކުރުމުން ރުޅިގަދަ ވެއްޖެއެވެ.

އިންޑިއާގެ އަވަށެއް ކަމަށްވާ ކަންޖްވަލަ ޕޮލިސް ސްޓޭޝަން ސަރަހައްދުގައި ޕާކް ކޮށްފައިވާ ކާރު ތަކެއްގައި ރޯކޮށްލި މައްސަލާގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ މި މަހުގެ 23 އަދި 24 ގައި ހިނގި މިހާދިސާގައި މުޅިއަކު 12 ކާރާއި 2 ސައިކަލެއްގައި އެމީހުން ރޯކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި ގެއްލުންވި ވެހިކަލް ތަކުގެ މީހުން 3 މައްސަލައެއްގެ ގޮތަށް މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އެހެން ނަމަވެސް އެކަން ކޮށްފައިވަނީ ކޮންބައެއް ކަމެއް އެއްވެސް ފަރާތަކަށް ނޭގެއެވެ.

މި މައްސަލާގައި ފުލުހުން ވަނީ 19 އަހަރުގެ އަކާޝް ނަމަކަށް ކިޔާ މީހަކު ހައްޔަރު ކޮށްފައެވެ. އަދި އޭނާ ކައިރިން ސުވާލުކޮށް ކަން ހިނގާދިޔަ ގޮތް ސާފުކުރަން މަސައްކަތް ކުރި ކުރުމުން އޭނާ އާއި އެކު ދެން އެކަން ކުރި މީހާވެސް ހޯދިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލާގައި ދެން ހައްޔަރު ކޮށްފައިވަނީ އުމުރުން 30 އަހަރުގެ ކުލްދީޕް ނަމަކަށް ކިޔާ މީހެކެވެ.

މި ދެމީހުންނަށް ކޯޓުން ޖަލަށް ލާން ހުކުމް ކުރުމުން ރުޅި ގަދަވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އިންޒާރުގެ ބަހުންވެސް މުއާމަލާތު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ބުނީ، އެ ދެމީހުންވެސް ކާރު ތަކުގަޔާ ސައިކަލުގައި ރޯކޮށްފައިވާ ކަމަށް އެއްބަސް ވެފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

އަކާޝް އަކީ މަސްތުވާތަކެތި ބޭނުން ކުރަން ދެވިހިފާފައި ހުންނަ މީހެކެވެ. އޭނާ ޖަލަށް ލާން ހުކުމް ކުރުމުން އޭނާ ވަނީ ޖަލުން ސަލާމްތަ ވުމުން ބަދަލު ހިފާނެ ކަމަށް ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި ދެމީހުން މި ކަންކޮށްފައިވަނީ ފުލުހުންނާއި އާންމުންގެ މީހުން ކާރުތަކާއި ސައިކަލުތައް ޕާކް ކޮށްފައިވާގޮތާމެދު ހިތްހަމަ ނުޖެހިގެންނެވެ. އަދި އެއީ އެފަރާތަށް ދީފައިވާ ފިލާވަޅެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.