ސީރިއާގައި ހަނގުރާމަ ހިނގަމުންދާ ސަރަހައްދަކަށް ވަދެ މީހަކު ބުޅާތަކެއް ސަލާމަތް ކޮށްފިއެވެ.

ސީރިއާގައި ބޮމުގެ ހަމާލާތަކެއް ދިނުމުގެ ކުރިން ބައެއް ފަރާތްތަކުން ވަނީ ސަލާމަތީ ހިސާބުތަކަށް ބަދަލުވެފައެވެ. އެހެން ނަމެވެސް އެ ސަރަހައްދުގައި އުޅޭ ބުޅާތައް އެ ސަރަހައްދަށް ދޫވެފައި ތިއްބެވެ.

މުހައްމަދު އަލާ އަލްޖަލީލް ނަމަކަށް ކިޔާ މި މީހާ ވަނީ އޭނާގެ ފުރާނަ އަށް ނުރައްކާ ކޮށްލައި، އެ ބުޅާތައް ސަލާމަތް ކުރަން އޭނާ ދިރިއުޅޭ އަވަށުން، ސީރިއާގެ ބޮމުގެ ހަމާ ދެމުން ދިޔަ ސަރަހައްދަށް ދަތުރުކޮށްފައެވެ.

އަލާ އަލްޖަލީލްގެ ރަހުމަތްތެރިއަކު ބުނެފައިވަނީ، ކުއްލިއަކަށް ލިބެމުން އަންނަ މިފަދަ ހިތާމަވެރި ހާދިސާގައި އެއްވެސް މީހަކު އެމީހަކު ގެންގުޅޭ ބުޅާތަކަށް ނުވިސްނާނެ ކަމަށާއި އެންމެންވެސް އަވަސްވެގަންނާނީ އެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް ކަމަށެވެ.

އަލާ ސަލާމަތް ކުރި ބުޅާތައް

އަލާ އަލްޖަލީލް މަޝްހޫރުވެފައިވަނީ "ކެޓް މޭން އޮފް އަލެޕޯ" މި ނަމުންނެވެ. އޭނާ އަކީ ބުޅާދެކެ ލޯބިވާ ވަރުން މަގުމައްޗަށް ދޫކޮށްފައިވާ ބުޅާތަކަށް ކާންދީ ލޯބިން ގެންގުޅޭ މީހެކެވެ. އޭނާ ބުނެފައިވާ ގޮތުގައި ސީރިއާގެ ބޮންގޮއްވާ ސަރައްހައްދުން އޭނާ ސަލާމަތްކޮށްފައިވާ ބުޅާތަށް މިހާރު އޭނާ ގެންގުޅޭ ބުޅާތަކާއި އެކު ބަލަމުންގެންދާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ، ހަނގުރާމައިގެ ސަރަހައްދަށް ދިޔަ އިރު އެއްވެސް ކަހަލަ އިތުރު ވިސްނުމެއް ނެތްކަމަށާއި ހަމަ އެކަނި ހުރި ވިސްނުމަކީ ބުޅާތައް ސަލާމަތްކޮށް ރައްކާތެރި ހިސާބަކަށް ގެންދެވޭތޯ މަސައްކަތް ކުރުން ކަމަށެވެ.

"އަހަރެންގެ ވިސްނުން ހުރީ ހަމަ އެކަނި ބުޅާތައް ސަލާމްތްކުރަން. މީހުން ސަލާމަތް ނުކުރާ ވާހަކައެއް ނޫން. އެ ސަރަހައްދުގައި އާންމުންގެ އެއްވެސް ބަޔަކު ނެތް. އެންމެންވެސް ވަނީ ސަލާމަތީ ހިސާބުތަކަށް ބަދަލުވެފައި." އަލާ އަލްޖަލީލް ބުންޏެވެ.

މިއީ އޭނާ ފުރާނަ އަތްމައްޗަށް ލައިގެން އެކަހަލަ ސަރަހައްދަކަށް ދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. 2016 ވަނަ އަހަރުވެސް އޭނާ ވަނީ ސީރީއާގައި ދިން ބޮމުގެ ހަމާލާތަކުގައި ބުޅާތަކަށް ކާންދޭން އެ ސަރަހައްދުގައި މަޑު ކޮށްފައެވެ. މިކަމުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން އޭނާ އަށް ވަނީ ލިބިފައެވެ.

https://www.thedodo.com/close-to-home/man-rescues-cats-Syrian-war-zone