މަޝްހޫރް ސޯޝަލް ނެޓްވޯރކިން ވެބްސައިޓް 'ފޭސްބުކް މެސެންޖާރ' އިން ވަރަށް އަވަހަށް މެސެޖް ޑިލީޓް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ޚަބަރުތައް ބުނާގޮތުން، ފޭސްބުކުގެ މޭސްތިރިޔާ މާރކް ޒަކާބާގް އެހެން މީހުންނަށް ކޮށްފައިވާ ބައެއް މެސެޖްތައް ވަނީ ފޭސްބުކް މެސެންޖާއިން ޑިލީޓް ކޮށްލައިފައި ކަމަށާއި ނަމަވެސް މިއީ 2.2 ބިލިއަން ޔޫޒާސްއަށް ވެސް މީގެ ކުރިން ކުރުމުގެ އިޚްރިޔާރު ލިބިފައި ނުވާ ކަމެއް ކަމަށެވެ.

މިހާރު އިންނަގޮތުންނަމަ، އެމީހަކު އަމިއްލައަށް މެސެޖްތައް ޑިލީޓް ކުރި ކަމުގައިވިޔަސް، އަނެއް މީހާއަށް އެ ޗެޓް ލޮގް ފެންނާނެއެވެ. އެހެންނަމަވެސް އިންސްޓަގްރާމާއި ވަޓްސް އެޕް ފަދަ ސޯޝަލް ނެޓްވޯކިން އެޕްތަކުން ކުރާ މެސެޖްތައް މިހާރުވެސް ޑިލީޓް ކުރެވޭ ކަމަށް ޚަބަރުލިބެއެވެ.

މި ކުންފުނިން ބުނާގޮތުގައި، 2014 ވަނަ އަހަރުން ފެށިގެން މާރކް އާއި އެނޫންވެސް ސީނިއާ އެކްޒެކިއުޓިވްސް ކޮށްފައިވާ ބައެއް މުހިންމު މެސެޖްތައް އިންބޮކްސް އިން ޑިލީޓްކުރަމުން އަންނަ ކަމަށާއި މިހެން މިކަން ކުރަން ޖެހުނީ ހެކަރުންގެ އުނދަގޫ ބޮޑުވެގެންނެވެ.

"ޔޫޒާރސްއަށްވެސް ވަރަށް އަވަހަށް މެސެޖްތައް ޑިލީޓްކުރެވޭނެ ގޮތް ހަދައިދޭނަން. ވަރަށް ބޮޑަށް މައާފަށް އެދެން ކުރިން މިކަން ނުކޮށްދެވުނީމަ" އެ ކުންފުނިން ބުނެފައިވެއެވެ.

ފޭސްބުކަކީ 2004 ވަނަ އަހަރުގެ ފެބުރުއަރީ 4 ވަނަ ދުވަހުން ފެށިގެން ހިންގަމުން ގެންދާ އެމެރިކަން އޮންލައިން އެޕެކެވެ