ހޮލީވުޑުގެ ލަވަކިޔުންތެރިޔާ އަދި ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ، ނިކް ޖޯނަސްއަކީ ޕަންޖާބީއެއް ކަމަށް ޕްރިޔަންކާ ބުނެފިއެވެ.

ނިއުޔޯކަށް އުފަން ނިކްއަކީ ޕަންޖާބީއެއްގެ ގޮތުގައި ޕްރިޔަންކާ ސިފަ ކޮށްފައި މިވަނީ އޭނާ ބޮލީވުޑަށް ޖެހިފައިވާ ލޯތްބެއްގެ ސަބަބުންނެވެ. އެގޮތުން ހިންދީ ލަވަތައް ޖެހުމާއި ހިންދީ ރޭޑިއޯ ޗެނަލްތައް އަޑުއެހުމަކީ ނިކް ވަރަށް ޝައުގުވެރިވެގެން ކުރާ ކަމެއް ކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ. ނިކް އަކީ އެހެން މީހުންނާ ތަފާތު މީހެއްކަމަށް ވެސް ޕްރިޔަންކާ ބުންޏރވެ.

އޭގެ އިތުރުން ޕްރިޔަންކާ ވަނީ ސްޓޭޖަށް ލަވަ ކިޔަން އެރުމުގެ ކުރިން ވެސް ނިކް ބޮލީވުޑުގެ ލަވަތައް ޖަހާ ކަމަށް ބުނެފައެވެ. އެއީ ނިކް އަބަދުވެސް ޝޯއަކައް އެރުމުގެ ކުރިންވެސް ކުރާކަމެއްކަމައް ޕްރިޔަންކާވަނީ ބުނެފައެވެ. މިއީ އޭނާ ހިތްހަމަ ޖައްސާލުމަށާއި އަދި ލަވަތައް ހަނދާނުގައި ބެހެއްޓުމައްޓަކައި ކުރާ ކަމެއް ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

ނިކް އަކީ ނަށަންވެސް މޮޅުމީހެކެވެ. ގިނަ ހަފްލާތަކުގަ އޭނަވަނީ ނަށާފައެވެ.

އެމީހުންގެ ކައިވެނީގެ ހަފުލާގެ ތެރޭގައި ވެސް ނިކް ވަނީ ބޮލީވުޑުގެ ލަވަތަކަށް ނަށާފައެވެ. އަދި އޭނާ ވަނީ ޕްރިޔަންކާ މަސައްކަތް ކުރި ބައެއް ފިލްމުތައް ބެލި ކަމަށް ވެސް ބުނެފައެވެ.

ޕްރިޔަންކާއަށް ވުރެ 10 އަހަރު ނިކް ހަގު ނަމަވެސް ގިނަ ބަޔަކަށް އެ ޖޯޑު ވަރަށް ކަމުދެޔެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޕްރިޔަންކާ އާއި ނިކް އިންޑިއާގެ ޖޯދްޕޫރުގައި ހުންނަ އުމައިދު ބާވަން ޕެލަސްގައި ކައިވެނި ކުރިއިރު އެ ހަފުލާގައި ފިލްމީ ދާއިރާގެ ގިނަ ތަރިންތަކެއް ބައިވެރިވިވެފައި ވެއެވެ.