ވަރަށް ގިނައިން ބަޔަކަށް ރޫހާނީ ކަންކަމާއި ދިމާވެއެވެ. އަދި އެފަދަ ކަންކަން ލޮލުން ފެނި ތަޖުރިބާ ކޮށްފައިވާ ގިނަ ބަޔަކުވެސް އުޅެއެވެ. އެހެން ނަމަވެސް އާންމުކޮސް ގިނަ އަދަދަކަށް މީހުން ގޮސް އުޅޭ، ހޮސްޕިޓަލް ފަދަ ތަންތަނުން މިފަދަ ކަންކަން ފެންނަނީ މަދު ފަހަރެއްގައެވެ. އިންޑިއާގެ ހޮސްޕިޓަލެއްގެ ތެރޭގައި ހިނގި އެފަދަ ނާމާން ހާދިސާއެއްގެ ފުޓޭޖް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު އެތައް ބައެއްގެ ހިތަށް ވެރިވެފައި ވަނީ ބިރުވެރިކަމެވެ.

އިންޑިއާގެ އުތުރު ޕަންޖާބް ސްޓޭޓުގެ ވެރިކަންކުރާ ސިޓީ ކަމަށްވާ ޗަންދީގަރުގެ ހޮސްޕިޓަލެއްގައި ހިނގި މި ހާދިސާ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވަނީ، ހޮސްޕިޓަލް ތެރޭގައި ހުރި ސީސީޓީވީ ކެމެރާއަކުން ނަގާފައިވާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވެ އާންމުވުމުންނެވެ. މި ވީޑިއޯގައި ފެންނަނީ ހޮސްޕިޓަލް ތެރޭގައި ބަހައްޓާފައި އިން ފުރޮޅުލީ ގޮނޑިއެއް އަމިއްލައަށް ދުވާ މަންޒަރެވެ.

ޗަންދީގަރުގެ ޕޯސްޓް-ގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް އެޑިއުކޭޝަން އެންޑް ރީސާޗް ހޮސްޕިޓަލުގެ އިމާރާތުގައި ހިނގި މި ހާދިސާގެ ވީޑިއޯ އެތައް ބަޔަކަށް ފެނިގެން އެކި ވާހަކަތައް އެކަމާއި ގުޅޭގޮތުން ދެކެވެމުންދާއިރު، ހާދިސާ ހިނގި ވަގުތު އެތަނުގައި ހުރި ގާޑަކަށް ވަނީ މި މަންޒަރު ހަމަލޮލަށް ފެނިފައެވެ. އޭނާ ބުނެފައިވާ ގޮތުގައި "ފެންފޮދެއް ބޮމުން ބޭރަށް ނިކުތްވަގުތު ގޮނޑި، އަމިއްލައަށް ދުވެފައި ހޮސްޕިޓަލް ތެރެއިން ނިކުމެގެން ދިޔައީ" އެވެ.

މި ހާދިސާގެ މަންޒަރު ފެންނަ ދެ ކެމެރާއެއްގެ ފުޓޭޖް މިހާރު މީސްމީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުން ދެއެވެ. ގޮނޑި ހޮސްޕިޓަލްގެ އިމާރާތްތެރޭގައި ހުއްޓައި ކުއްލިއަކަށް ދުވެ އެ އިމާރާތްތެރެއިން ނިކުމެގެން ގޮސް ގޯތިތެރެއާއި ހަމައަށްދާ މަންޒަރު އެ ވީޑިއޯތަކުން ފެނެއެވެ. އަދި ގޯތި ތެރެއިން ނިކުތުމަށް ހަދާފައިވާ މަގާއި ދިމާލަށްވާގޮތަށް އަމިއްލައަށް އޭގެ މިސްރާބު ބަދަލުވާ މަންޒަރު ވެސް މި ވީޑިއޯތަކުން ފެނެއެވެ.

މި ހާދިސާގައި ރޫހާނީ ކަމެއްވާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާއިރު، ބައެއް ފަރާތްތަކުން ބުނަމުންދަނީ މިކަމަކީ ހޮސްޕިޓަލުގައި މީގެ ޒަމާންތަކެއް ކުރިން ހިނގައިދިޔަ ހާދިސާ އަކާއި ގުޅިގެން ދިމާވި ކަމެއް ކަމަށާއި، ހޮސްޕިޓަލުން ކުރިންވެސް މިފަދަ ރޫހާނީ ކަންކަން ފެންނަމުންދާ ކަމަށެވެ. މިކަމާއި ގުޅިގެން ހާދިސާ ހިނގި ޗަންދީގަރުގެ ޕޯސްޓް-ގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް އެޑިއުކޭޝަން އެންޑް ރީސާޗް ހޮސްޕިޓަލުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސޮނިފުހޭ

    ﷲއަށް އުރެދި ޝިރުކު ކުރާތަންތަނުގައި ޝައިތާނަަާ ހާލި ހަދައިގެން ދިރިއުޅެއެވެ ދުވަސްކޮޅަކުން އެ ގޮނޑިއަށްވެސް އެމީހުުން އަޅުކަން ކުރުމަކީ ވެދާނެ ގޮތެކެވެ ރޭޕިސްތާނަކީ ޖަރީމާ ހިންގުމާ ކުށްކުރުމުގެ ހާއްޔެއް ދިވެހިން އެމިީހުންގެ ކިބައިން ސަލާމަތް ކޮށް ރައްކަަާތެރި ކޮށްދެއްވުމަށްﷲއަށް ދަންނަވަމެވެ

    144
    6
  2. ާއަޙްމަދު

    މާބިރުވެރިއެއްނޫން. ތިފެންނަނީ ހުސްގޮޑިއެއް ދުވާތަނެއްނު. މީހުންތިބޭ ގޮޑި ދުވާތަންވެސް ދެކެން. ބިރެއްނުގަނޭ.

    29
    14
    • އަސްލު

      އަސްލު ބިރުގަތީ ތީ

      40
      1
  3. މީކާކުބާ ؟

    ކުޅަދުންވަންތަކަން ހުރިހައި ކަމަކަށްވުރެ ބޮޑެވެ.

    44
    2
  4. މަ

    ސީސީ ޓީވީ ކެމެރާ ހާދަ ތެޅެޔޭ

    26
    3
    • އަސްލުތަ

      ސީ.ސީ ޓީވީ އެއްނޫން އެނގޭތޯ ތެޅެނީ. ވީޑިއޯ ފެންނަ މޮނިޓަރުގެ ވީޑިއޯ ކުރަމުންދާ ފޯނު ގުޑަނީ.

      24
      1