ކުރިއަށް އޮތް ހަތަރު އަހަރުތެރޭގައި ޖައްވުގައި ހުޅުވޭ އެންމެ ފުރަތަމަ ހޮޓެލް ހުޅުވިގެންދާނޭކަމަށް އެ ހޮޓެލްގެ ފަހަތުގައި ތިބި އޮރައިއޮން ސްޕޭން ކުންފުނިން ވަނީ އިއުލާންކޮށްފައެވެ.

އޮރޯރާ ސްޓޭޝަން ނަމަކަށްކިޔާ އެ ހޮޓަލަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮޓެލްތަކާއި އެއްވަރުގެ ތަނެއްކަމަށް އެ ކުންފުނިން ބުނާއިރު އެ ޕްރޮޖެކްޓަށް މުޅިއަކު 9.5 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ދުނިޔޭގެ އެންމެ އާދަޔާ ޙިލާފް އެއް ތަޖުރިބާ އެ ހޮޓަލުގެ ކަސްޓަމަރުންނަށް ލިބިގެންދާނެއިރު އޮރައިއޮން ސްޕޭންއިން ވަނީ ވީހާވެސް އަވަހަށް އެންމެ ފަސޭހަގޮތެއްގައި ޖައްވަށް ދަތުރުކުރުމުގެ ގާބިލުކަން އިންސާނުންނަށް ދިނުމަށް އެ ކުންފުނިން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި އޮރޯރާ ސްޓޭޝަން ލޯންޗުކުރާ ހިސާބުން ހެޔޮއަގެއްގައި ވަގުތުން ޙިދުމަތްދޭން ފަށާނޭކަމަށްވެސް އެ ކުންފުނީގެ ސީ.އީ.އޯ ފްރޭންކް ބަންގާރ ވަނީ ވިދާޅުވެފައެވެ.

އެ ސްޕޭސް ސްޓޭޝަންއިން ދުނިޔެ ވަށައި ކޮންމެ 90 މިނެޓަކުން ބުރު އަޅާނެއިރު އެ ސްޓޭޝަނުގައި ތިބޭ މީހުންނަށް 24 ގަޑިއިރުގެ ތެރޭގައި 16 ފަހަރު އިރުއަރާ އޮއްސޭ މަންޒަރު ފެނިގެންދާނެއެވެ. އޭގެ އިތުރުންވެސް ދުނިޔެއާއި 200 މޭލު ދުރުން ދަތުރުކުރާ އެ ސްޓޭޝަނުގައި ތިބޭ މީހުންނަށް ދުނިޔޭގެ އެންމެ ރީތި އަދި އަޖައިބުކުރުވާ މަންޒަރުތައްވެސް ފެނިގެންދާނެއެވެ.

އެ ސްޓޭޝަނުގައި ކާ އެއްޗިހި އުފެއްދުންފަދަ އެކި ކަހަލަ ދިރާސާވެސް ކުރެވޭނޭކަމަށް މައުލޫމާތު ލިބޭއިރު މިހާރުވެސް އެ ސްޓޭޝަނުގައި ޗުއްޓީ ހޭދަކުރުމަށް ޑިޕޮސިޓްއެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އޮރައިއޮން ސްޕޭން ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮމަން މޭން

    ރައްޔަތުންގެ ފައިސާ ބޭކާރު ގޮތުގައި ހޭދަކުރުމުގެ އިންތިހާ

  2. އަންތަރީސް

    އަހަންމަދާ މިރާްޖޭގައި އެންމެ އާދައިގެ ކުޑަކުޑަ ރިސޯޓޭއްވެސްް 9.5މިލިއަން ޑޮލަރުން ހަދާނުލެވޭއިރު ސްޕޭސްގައި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮޓެލްތަކާއި އެއްވަރުގެ ހޮޓަލެއް ހެދިދާނެކަމަށް ގަބޫލުކުރެވިގެން ލިޔުނުއެއްޗެއްތަ މިއީ.