ވަރަށް ގިނަ މީހުން ވަރަށް ގިނަ ކާނާ ފަލަވާތީއޭ ބުނެ ނުކައި ދޫކޮށްލައެވެ. އަދި ހަމައެހެންމެ، ތިމާގެ ދަރިއަށް ކިތަންމެ މީރު ކަމުގައި ވިޔަސް އެކެޔުމުން ދަރިފުޅު މަޙްރޫމްކުރެއެވެ. މީގެ ތެރެއިން އެކަށްޗަކީ ޕާސްތާއެވެ.

މީގެ ކުރިން ގިނަ ބަޔަކު ދެމެކުން އައީ ޕާސްތާއަކީ އެކެޔުމުން ކަށިގަނޑުގެ ބަރުދަން ގިނަކޮށް ހަށިގަނޑު ފަލަވުމަށް ބާރު ލިބޭ އެއްޗެއް ކަމަށެވެ. އެެހެންނަމަވެސް އެސްޓީ މައިކަލް ހޮސްޕިޓަލްއިން ކުރި ދިރާސާއެއްގައި ބުނެފައިވަނީ މިއީ ހަމައެކަނި ތުންތުން މަތިން ދެކެވުމުންދާ ވާހަކައެް ކަމަށާއި ނަމަވެސް މިއީ އެއްވެސް ހަޤީގަތެއް ހުރި ވާހަކައެއް ނޫންކަމަށެވެ.

އެސްޓީ މައިކަލް ހޮސްޕިޓަލްއިން ބުނެފައިވަނީ ޕާސްތާގައި ގިނަ އަދަދަކަށް ކާބޯ ހައިޑްރޭޓްސް ހުރި ކަމުގައި ވީނަމަވެސް ޕާސްތާގައި ހުންނަނީ ވަގުތުން ލޭގެ ނިޒާމަށް ދަމައިގަންނަ ކަހަލަ ކާބޯހައިޑުރޭޓްސްއެއް ނޫންކަމަށެވެ. އަދި ޕާސްތާގައި ހުންނަނީ ލޯ ގުލައިސެމިކް އިންޑެކްސްއެއް ކަމަށާއި މީގެ މާނައަކީ ޕާސްތާކެޔުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު އިތުރު ނުވާ ކަމަށެވެ.

މިދިރާސާ ހެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވި ޖޯން ސީވްސާ ބުނެފައިވަނީ ޕާސްތާއަކީ ފަލަވުމަށް މެދުވެރިވާ ސަބަބެއް ނޫންކަމަށާއި ޕާސްތާ ކެޔުމުގެ ސަބަބުން މީހާގެ ބަރުދަން ލުއިކޮށްދޭ ކަމަށެވެ. މިޓީމްއިންވަނީ 2500 މީހުން ބައިވެރިކޮށްގެން ވަރަށް ދިގު މުއްދަތަކަށް ދިރާސާއެއްކޮށްފައެވެ.