ކޮންމެ ދެމަފިރިއަކަށްވެސް ކުއްޖަކު ލިބުމުން އެކުދިން ވައްތަރީ އެމީހަކާއި ކަމަށް ބުނެ ވަރަށް ބޮޑެތި ބަހުސްތަކެއް ކުރެވެއެވެ. އަދި ކުއްޖެއް މާބޮޑަށް ތޫނުފިލި ވެއްޖެ ނަމަ، އެކުދިންގެ ތޫނުފިލިކަން ވާރުތަވީ ބައްޕަގެ ފަރާތުން ކަމަށް ބުނެ ފަޙުރުވެރިވާ ބައްޕަ އިން މަދެއް ނޫނެވެ. އަދި އެކުދިންނަށް މާބޮޑަށް ނުވިސްނޭ ނަމަ، އެކަންވެސް އަންނަނީ ހަމަ ބައްޕައިންގެ ބޮލަށެވެ. ކޮންމެއަކަސް، މިކަމުގެ ހަގީގަތް މިވަނީ ހާމަވެފައެވެ. މިކަމާއި ބެހޭގޮތުން ސައިންސްވެރިން ކޮށްފައިވާ އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކުދިންގެ ތޫނުފިލިކަން ވާރުތަ ވަނީ އެކުދިންގެ މައިންގެ ފަރާތުންނެވެ.

ދާދި ފަހަކާއި ޖެހެންދެން ސައިންސްވެރިންނަށް ވެސް ގަބޫލު ކުރެވިފައި އޮތް ގޮތުގައި ދަރިންނަށް މިކަން ވާރުތަވުމުގައި ދެމަފިރިންގެ ދައުރުވެސް ހަމަހަމައެވެ. ނުވަތަ ފިރިމީހާގެ ދައުރު ބޮޑެވެ.

ޔުނިވާސިޓީ އޮފް ކެމްބްރިޖްގައި ކުރި ދިރާސާތަކުން ހާމަވެފައި ވަނީ ދަރިންގެ ތޫނުފިލިކަން މައިމީހާގެ ފަރާތުން ވާރުތަވުމަށް މެދުވެރި ވަނީ މައިމީހާގެ ހަށިގަނޑުން ދަރިފުޅަށް ވާރުތަވާ ކްރޮމޮސޯމްތަކެއްގެ ސަބަބުންނެވެ. މި އެއްޗަކީ ފިރިހެން މީހާގެ ފަރާތުންވެސް ކުއްޖާ އަށް ލިބޭ އެއްޗެއް ނަމަވެސް، މައިމީހާގެ ކްރޮމޮސޯމްތައް ގިނަވެފައި ބާރުގަދަވުމުން ފިރިމީހާގެ އެއްޗެހީގެ ބާރު ދެރަކޮށްލައެވެ.

އެހެންކަމުން، ތިބާގެ ދަރިފުޅު މާބޮޑަށް ތޫނުފިލި ވެއްޖެ ކަމުގައި ވަނީނަމަ، އެއީ މައިމީހާގެ ފަރާތުން ވާރުތަވި ކަމެކޭ ބުނެވިދާނެއެވެ. އަދި އެއާއި ޙިލާފަށް އެކުދިންނަށް ނުވިސްނޭނަމަ، އެކަމަކީވެސް ހަމަ މައި މީހާގެ ފަރާތުން ވާރުތަވި ކަމެކޭ ބުނުމުގެ ފުރުސަތު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީގެން ކޯޗެއް އެގުނީ

  2. އެކައްޗެއްވެސް ނޭނގުނު!! ތޫނުފިލި ވުމަކީ ވިސްނުުން ތޫނު ވުމެއް ނޫނެވެ. އެއީ މޫނުމަތީގެ ބުރުސޫރަ ރީތިވީމައި ކިޔާއުޅޭ ނަމެކެވެ.