މައިމީހާގެ ބަނޑުގައި ގަރުބަގަންނަ ކުދިންގެ ޑީއެންއޭ އެޑިޓްކޮށް، ދަރިންގެ ކިބައިގައި ހުންނަ އުނި ސިފަތައް ނައްތާލުމަށް ބައެއް ސައިންސްވެރިން ވަރަށް ކުރިން ފެށިގެން ދެކެމުން އަންނަ ހުވަފެން ހަޤީޤަތަކަށް ހަދަން ރަޝިއާ އިން ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ނަމަވެސް މިއީ ގިނަ ސައިންސްވެރިންނާއި، ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި، އަދި އާއްމުންގެ ގިނަ ބަޔަކު ވެސް ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޑީއެންއޭ އެޑިޓިން ޓެކްނިކް ކަމަށްވާ ކްރިސްޕް އަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން މިހާރު ވަނީ ރުހުން ދީފައެވެ. މިކަމަށް ޕޫޓިންގެ ތާއިދު ހޯދުމުގައި އިސްކޮށް އުޅެނީ ޕޫޓިންގެ ދޮށީ އަންހެން ދަރިފުޅު ކަމަށް ވެއެވެ.

މައިންބަފައިން ބޭނުންވާ ގޮތަކަށް ދަރިން އުފަން ކުރުވަން ޑީއެންއޭ އަށް ބަދަލު ގެނައުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ދިނުމަށް ރަޝިއާގެ ވަރަށް އިސް ސައިންސްވެރިންތަކެއް ވަނީ ޕޫޓިންގެ ދަރިފުޅާއި އެކު މޮސްކޯގައި ސިއްރު ބައްދަލުވުމެއް ބާއްވާފައި ކަމަށް ވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިއާގެ ސައިންސްވެރިންގެ ޓީމަކުން މިހާރު ވަނީ ޕޫޓިންގެ ހުއްދަ ރަސްމީކޮށް ލިބުމާއި އެކު މިމަސަައްކަތް ފެށުމަށް ތައްޔާރުވެފައެވެ.

ރަޝިއާގެ ބައެއް ސައިންސްވެރިންނާއި ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި ޖެނެޓިކަލީ ކުދިންގެ ޑީއެންއޭ އަށް ބަދަލު ގެނައުމަށް ވިއްސަކަށް ހާސް އެމެރިކާ ޑޮލަރު ޚަރަދު ކުރަން ޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. ނަމަވެސް މިކަމަށް ދާނެ ޚަރަދު މުޅިން ޔަގީން ވާނީ އިތުރު ދިރާސާތަކެއް ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖެނެސިސްޓް

    ދުނިޔޭގެ ހުރިހާ ސައިންޓިސްޓުން އެއްވެ، އެކުއެކީގައި މަސައްކަތްކުރިނަމަވެސް، ސުރުޙީގައިވާގޮތަށް އިންސާނާ ބޭނުން ސިފައެއްގައި އުފަން ނުކުރެވޭނެ. އިންސާނާގެ ޑީއެންއޭއިން އުނިވެފައިވާ ބައިތައް ރަނގަޅުކުރެވިދާނެ. މިކަމަކީ އިސްލާމްދީނުގައި ހަރާމްކުރައްވައިފައިވާކަމެކޭ ނުބުނެވޭނެ، ސަބަބަކީ މިކަން ހިމެނޭނީ ބަލިތަކަށް ފަރުވާހޯދުމުގެ ކަމެއް ގޮތުގައި. މޫވީތަކުގައިވާ ގޮތަށް ސުޕަރހިޔުމަން ހެދުމަކީވެސް ނުވާނޭކަމެއް. ކުއްޖާގެ މަސްތައްވަރުގަދަކޮށާއި ކެންސަރުނުޖެހޭގޮތަށާއި މިފާޑުގެ ގޮތްގޮތަށް ހެދިޔަސް އަދި ނޭގޭ މިކަމުން ނުކުންނާނެ ނަތީޖާއެއް. ފަހަރެއްގައި ކެންސަރަށް ވުރެ ނުބައި ބައްޔެއްވެސް ވުޖޫދުވެދާނެ.

    16
    1
  2. ާައަސްލަމް

    ނުވާނެ ބުނާކަށް މިހާރު ނުވާނެއެކެ ބަނޑުގަ ބާވައިގެން ސާޖަރީ ކޮއްގެންވެސް ސިފައަކަށް ހަދާފާނެ

  3. ޗުކީ ބޯ

    2 ލޯ 6ފައި 3ނިގޫ ފިޔަގަނޑުލާފަ ހިރި ކުއްޖެއް އިޖާދު ކުރެވޭތަ އިންސާނުންނަށް... ބޭނުން ވައްތަރެއް ސިފައެއްއެއީނުވާނެއް ކަމެއް

  4. ޗުކީ ބޯ

    އާދާގެ މަހުލޫގަކަ ކިހިނެތް އެކަން ކުރެވޭނީ ... ނޫން އަހަރެން ބޭނުން ވަނީ ފިޔަގަނޑު ލާފަ ހުރި 2ލޯ ހުރި ދަގަނޑަ ވުރެއް ވަރުގަދަ ކުއްޖެއް ސުޕަމޭން ހަދާފަ ބަނޑުން ނެރެން ވީ

  5. ޖިމީ

    ހެޔޮނުވާނެ ތިފަދަ ބަސްބުނާކަށެއް!
    އަހަރެމެން އިންސާނުން ނަށް ވާނެކަމެއްނޫން!
    އުނިކަމެއްނުވާ ގޮތަށް އިންސާނާ އުފަންނުކުރުވޭނެ!
    ﷲ އާ ވަކީލްކުރަން ޖާހިލަކު ކަމު މިއަޅާ ނުލައްވާންދޭވެ!