ކިބުރުވެރި ބޮޑާ ދިވެއްސެއްގެ އިންސާނިއްޔަތު ކަމެއް ނެތް އަމަލުގެ ޝިކާރައަކަށް ބިދޭސީއަކު ވެގެންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވެ އެތައް ބައެއްގެ ސަމާލުކަމަށް އެ ހާދިސާ އައިސްފައި ވަނިކޮށް، އެ ބިދޭސީ މީހާއަށް އެހީވުމަށް ގިނަ ބަޔަކު ތެދުވެއްޖެއެވެ.
ސައްތާރު ނަމަކަށްކިޔާ މީހަކު، އޭނާގެ ސައިކަލް މަތީގައި އިށީނދެ އިން ބަންގްލަދޭޝް އަށް ނިސްބަތްވާ ޒުވާނެއްގެ ގަޔަށް ފެން ބާލިދީއެއް އޮއްސާލައި އޭނާ ތެންމާލާ މަންޒަރު ފެންނަ ވީޑިއޯއަށް އިއްޔެ ގިނަ ބައެއްގެ ނަޒަރު ހުއްޓިގެން ދިޔައިރު، އެކަން ކުށްވެރިކޮށް އެތައް ބަޔަކު ވަނީ ވާހަކަ ދައްކާފައެވެ. އަދި ރަހުމުކުޑަ އެމީހާ އާއި މެދު ފިޔަވަޅު އެޅުމަށްވެސް ގިނަ ބަޔަކު ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
Bidheyseen Veema insaanihyath kameh Rahumeh neh. 😞💔. Mi kankan ballavaa dhehvaa @PoliceMv @hrcmv This is so inhuman 🙏 pic.twitter.com/DwhPk4G5my
— Ameena’s 🕊🇲🇻 (@AmeenaAna) September 30, 2019
ގިނަ ބަޔަކަށް ފުން އަސަރެއް ކުރުވި މި ވީޑިއޯ ދައުރުވާން ފެށުމާއެކު ދިވެހީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވަނީ އެ ބިދޭސީ މީހާއަށް އެހީވުމަށް އިސްނަގާފައެވެ. އެގޮތުން ފޭސްބުކްގައި ޒުވާނުން ހިންގަމުންދާ ޕޭޖުތަކުންނާއި ބައެއް ވިޔަފާރިވެރިންނާއި އެނޫންވެސް ބައެއް ފަރާތްތަކުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ގިނަ ހަދިޔާތައް އޭނާއަށް ދޭން އެފަރާތްތަކުން ތިބީ ތައްޔާރަށެވެ. އެގޮތުން އާ ފޯނާއި ހެދުންފަދަ ތަކެތި އެ ބިދޭސީ މީހާއަށް ދޭން ބޭނުންވާތީ، އޭނާ ހޯދަމުންދާ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.
އިއްޔެ ދައުރުވި ވީޑިއޯގައި ފެންނަނީ ބިދޭސީ މީހާ އޭނާގެ އިތުރު ބައެއް ރަހުމަތްތެރީންނާއެކު މާލޭ މަގެއްގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިށީނދެ އިންދައި، އެ ސައިކަލްގެ ވެރި ފަރާތުން ގޮސް އެއްވެސް އިންޒާރަކާނުލާ ފެން ބާލިދީއެއް އޭނާގެ ގަޔަށް އޮއްސާލައި ތެންމާލި ތަނެވެ. އެވަގުތު އެ ބިދޭސީ މީހާގެ އަތުގައި އޮތް ފޯނަށް ވެސް ފެން ބުރައިގެން ދިޔަ މަންޒަރު ވީޑިއޯއިން ފެނުނެވެ.
އިހުސާންތެރިކަމެއް ނެތް އެ ދިވެހި ފިރިހެން މީހާގެ ރަހުމުކުޑަ މި ހަމަލާ އާއި އެކުވެސް އެއްވެސް ޝަކުވާއެއް ނުކޮށް، ތެމި ފޯވެފައި ހުރި ބިދޭސީ މީހާ ސައިކަލް މަތިން އަވަހަށް ތެދުވެ އެއްކައިރިވެ ތަންދައްކާ މަންޒަރު ވީޑިއޯއިން ފެންނެއެވެ. އެ ވީޑިއޯއިން ދެން ފެންނަނީ ދިވެހި ފިރިހެން މީހާ އޭނާގެ އަތުގައި އޮތް ފޮތިކޮޅަކުން ސައިކަލް ފޮހެ ރީތިކޮށްގެން "ނައްޓާލަން" ތައްޔާރުވަމުން ދިޔަ މަންޒަރެވެ.
އިއްޔެ ދައުރުވި މި ވީޑިއޯ އާއި ގުޅިގެން ބިދޭސީ މީހާގެ ގަޔަށް ފެން އޮއްސާލި މީހާގެ އަމަލަށް ތާއީދުކޮށް އެކަމަށް ހިއްވަރުދީވެސް މަދު ބަޔަކު ވާހަކަ ދައްކާފައި ވެއެވެ. އެގޮތުން މަގުމަތީގައި ޕާކުކޮށްފައި ހުންނަ ސައިކަލް މަތީގައި އިށީނދެ ތިބޭ މީހުންނާއި މެދު ކަންތައް ކުރަންވީ ގޮތަކީ އެއީ ކަމުގައި އާއި އެގޮތަށް އިށީނދެ ތިބުމުން ސައިކަލުތަކަށް ގެއްލުންވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ މިފަދަ ކަންކަމުގެ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑީއާގައި ދައުރުވެފައި ވެއެވެ. ބައެއް މީހުން އެއީ "ޖޯކަކަށް" ހަދައި އެފަދަ ކަންކަމަށް އިތުރަށް ހިއްވަރުދީ މަލާމާތްކޮށް ހަދާއިރު، އަނެއް ބަޔަކު ދެކެނީ އެއީ ދިވެހިން ބަދަލު ކުރަންޖެހިފައިވާ ނުރަނގަޅު އާދައެއްގެ ގޮތުގައެވެ.
ކިބުރުވެރިންގެ މުދާ ﷲ ސުބަހާނަޙޫވަތަޢާލާ ސުންނާފަތި ކުރއްވާށި. އާމީން.
ބިދޭސީން ވެސް އެގޮތަށް ސައިކަލްތަށް މައްޗަށް އަރާތިބެ ސައިކަލްގެ ރޭސްމުށްގަނޑަށް ފެލާލައި ރޭސްނަރު ކަނޑާލައި މަޑިމަތީ ކޫރު އަޅާ ލޯގަނޑުތަކަށް އަނބުރާ އިތުރަށް ކުދި އަނިޔާ ދީ އުޅޭ މަދުން ނަމަވެސް. ބިދޭސީ އެއްކަމަކު މީހުންގެ މުދާތަކާއި ގެދޮރަށް އެގޮތަކަށް އަރައި ނުތިބެވޭނެ. މި ބުނަނީ އެހާލަތުގައި އަނިޔާވެރި ވާށެކޭ އެއްނޫން. އެމީހުން ރާއްޖެ އައިސް ތިބޭ މަގުސަދު މަތިން ހަނދާންނެތި ބީރައްޓެހި ފަސްގަނޑެއްކަމުގެ އިހުސާސް ކެޑި އެހެން އުޅުނީމާ ތަފާތު މީހުންނާ ޖެހުނީމާ ތަފާތު ކަންކަން ފެނިގެން ދާނެ.
އޭ މާދަން ކަލޭމެންގެ ދަރިން ސައިކަލް ތަކުގައި އިށީންނުމުން ހަމަ މި ގޮތައް ކަންކުރީމަ ކިހިނެއް ވާނީ؟؟
ހަމްދަރުދީ ވާން ކޮންމެހެން ނުޖެހޭ މިބާވަތުގެ ކަންކަމުގައި އަމަލުކުރެވޭ ގޮތުން އެކަންކަމަށް ހިތްވަރުލިބޭ ތަން އަންނާނީ. ދެ މީހުން ކުރި ކަންތަކަކީވެސް ބަލައިގަނެވޭނެ ކަންކަމެއްނޫން! އެކަމަކު މީގެ މާނައަކީ މަގުމަތީ ޕާކުކޮށްފަ ހުންނަ ސައިކަލުތަކަކީ ބޭނުން މީގެ އިށީނދެ ތިބެން ހުންނަ ޕަބްލިކް ގޮނޑިތަކެކޭ ހިތައި އެތަކެއްޗަށް އަރައިތިބުމަކީ ހަމައެންމެރަނގަޅު ކަމެކޭ ހީވާ ގޮތަށް އަމަލުކުރަންވީ އެކޭނޫން.
މާދަން ކަލޭ މެންގެ ދަރީންވެސް އުޅެނީ ހަމަ މިގޮތައް. ޒުވާން ކުދިން ވަރުބަލި ވެގެން ނޫނީ ވާހަލކެއެއް ދައްކަން މިގޮތައް ތިބެ.އޭގެން ކުއްޖަކައް މި ގޮތައް ކަންތައް ކުރަންވީ؟؟
އަހަރެމެން ދަރިން ބޮޑު ކުރަނީކީ ކަލޭ ދަރިން ބޮޑުކުރާ ވަކަރުގޭ ކުދީން ވައްތަރަކަށް ނޫން... އަހަރެމެންގެ ދަރިން ތިބޭނީ ގޭތެރޭ... މަގޭ ދަރިއަކު މިގޮތައް މީސް މީހުންގެ ސައިކަލަށް އަރާއިންތަން ފެނިއްޖެޔާ ކަންފަތް އަނބުރާ ބާލާފަ ގެއަށް ވައްދާންން ސައްތާރުމެން ކަހަލަ މީހަކު އައިސް ފެންޖެހުމުގެ ކުރިން...
ދިވެހިންނަކީ އިންސާނިއްޔަތަށް ނަމޫނާއެއް. ބިދޭސިން ގެނެސްގެން އެމީހުން ލައްވާ ކަނަމަތީފިހާރައެއް ނަގުވާ އިންވެސްޓްކުރުވާ ސްޕޮންސަރު ޖީބުފުރުނީިމަ މަސަކަތްކުރުވާ ލާރިކޮޅު ދޭންޖެހުނީމާ ކަމާބެހޭފަރާތްތަކާ ގުޅިގެން ބޭރުލޮށްލަނީ. މީ ދެން ޖޯކެއްދޯ ދެއްކުންޔެރިލަމުގެވެދް ލާސާނީ.
ބަންގާޅީންގެ ވައްތަރު ވެސް އިނގޭ. އެއީ ވެސް ވަރަށް ބޯހަރު ފުއްޕާ ބޮޑާ ބަޔެއް. މިރާއްޖެ ނޫނިއްޔާ މިމީހުންނަށް މިހާ މިނިވަން ފުއްޕަންކެރޭ ތަނެއް ނުހުންނާނެ. ދިވެހިން މިޖެހެނީ އަމިއްލަ ގައުމުގައި ވެސް ނިކަމެތިވާން. ދެން ދިވެހިން ބަންގާޅިއަށް ގޮއްސަ އެމީހުން ފުއްޕާ ވައްތަރަށް ފުއްޕަބަލަ އެމީހުން ކަންކުރާގޮތް ބަލަން.
އެމީހުންނާ ނުލާ ރާއްޖެ ކުރިނާރާނެ
ބަންގާޅީއެއް ދިވެއްސެއް މަރާލިއަސް އެނުވާނެ ދިވެހިންނަށް އެހާބޮޑުކަމަަކަށް. އިހަކަށް ދުވަހު ބަންގާޅިއެއް އޮތީ ދިވެހި އަންހެން ކުއްޖަކު ހާސްކޮއްގެން މަރާލާފަ. މިދިވެހިން ހެޔޮވާނެ އެމީހުންގެ އަމިއްލަ ގައުމުގެ މީހުންނަށް ވުރެވެސް ބިދޭސީންނަށް. މިއީ ވަރަށް ހެއްވާ ކަމެއް.
ދިވެހިންގެ ކަންނެތް ކަމުން ބިދޭސީ މީހުން ގެންނަން ޖެހެނީ. އެމީހުން އަނބިދަރިން ދޫކޮށްފަ މިތަނައް އައިމަ ޖެހޭނެ ހަމްދަރުދީވާން. މިގޮތަށް ކަންތައްކޮއްގެން ނުވާނެ
ބޭރު މީހުނަށް ވުރެ ސައިކަލް މަތީ އަރާ ތިބޭ ދިވެހީންގެ ކަންތައް ބޮޑު.. ބޭރު މީހަކު އިށީނދެ އިނދެފާނެ.. ދިވެއްސަކު ވީއްޔާ އެތަން މިތަނަށް އަތްކޮށްޕާ، ލޯގަނޑު އަނބުރާ، ހުނގާނު އަނބުރާ އަދި ނުވި ތާކަށް ތެދުވެގެން ދަމުން ދާނީ ސައިކަލުގެ ކޮންމެވެސް އެއްޗެއް ވަގަށް ނަގައިގެން ... މީ ކޮން ރަށަކު މީހެއްތަ؟؟
ދިވެހިން ދިވެހި މީހާ ގެ ކުށް ދެއްކީ މަ ވަރަށް ސަޅި. އެކަ މަކު އެބަންގާޅިން މިދިވެހިގައު މުގަ ދިވެހި މީހާ އާއި ބޭނުންގޮތަކަށް ޑީލްކުރާއިރު މިކަން ބަލައެއްނުގަނެވޭނެ. އަހަރެ މެން ބޮޑުއަގުދީފަ ގަންނަ ސައިކަލުއެއީ ބަންގާޅިން ގެސިޓިންގް ރޫ މްއަކަށް ހަދައިދޭން ބޭނުންވެފަ ތިބި ދިވެހިން ހަދިޔާދީގެން ތިބޭ. ޢެކަ މަކު މަކުނެއްހެން ތަނެއްގަ ހުންނަހާ ސައިކަލެއްގެ މައްޗަށް އަރާތިބޭކަނުޖެހޭނެ. މިއަހަރުތެރޭ މިހާރު ދެފަރަށް ސައިކަލުގެ ހަރު ބަދަލު ކުރަން ޖެހިއްޖެ. އެއްވެސް ސިފައެއްގަ އަނެކުންނާ މެދު އިހާނެތިކޮށްކަ މެއްކުރާކަށް ބޭނު މެއްނޫން. . ކުށެކަށް ވާކަ މެއްދެވަނަ ދުވަހަކުން ނުކުރާނީ އެކުށެއްގެ އަދަބު ދެވިގެން.
ތީކަމުގަ ދެފަރާތްވެސް ކުށްވެރިވޭ. ތެދެއް ގެއްލުމާއި އުދަނގޫ ތަހައްމަލު ކުރި މީހަކަށް އެކަމުގެ އުދަނގޫ އިހްސާސްވާނީ. އަހަރެންގެ ލޮލަށް ފެނުނު މަންޒަރެއް ބިދޭސީއެއް ސިގިރޭޓް ބޯން ފޯނެއްގަ ހުރެފަ އިށީދެގެން އިން ސައިކަލް މަޑީގަ ސިގިރޭޓް ޖައްސަމުންދިޔައީ .. އެކަމަކު އެމީހުންނަށް ގަޔަށް ފެން އެޅުން އެއީ ރަގަޅު ކަމެކޭ ނުބުނާނަން.
މަ އަރާ އިންނަންތަ ފުލުހުންގެ ވެހިކަލަކަށް؟ ނުވަތަ ސިފައިންގެ ވެހިކަލަކަށް؟ ދެންވާ ގޮތް ބަލަން . ހަމަ މުދާ ވާނީ މުދަލަށަ އެއީ ގާނޫނުން އެންމެ ބޮޑަށް ރައްކާތެރިކަން ދޭ އެކަތި. ވިސްނާނީ ފައިގެ ބޮޑުވާ އިނގިއްޔަކުން ނޫން.
ބިދޭސީއެއްގެ ގަޔަށް ފެންބާލިދީއެއް ޖެހުމުން ދިވެހިންގެ ހިތްތައް ފަޅައިގެން ހިނގައްޖެ. އެކަމަކު ބިދޭސީން މާލެގެނެސް މަސައްކަތްކުރުވާ މުސާރަ ނުދީ ދޫކޮށްލުމުން އެކަމާ އަސަރު ކުރަނީ ކިތައް މީހުންނަށްބާ؟؟
ފެންޖަހާ ސައްތާރު ތެންމާލީމާ ބިދޭސީމީހާއައް ކީއްވެ އެހީވާންމިޖެހުނީ.
އަޅުގަނޑުވެސް ބޯކޮށާތަނަކަށް ދިޔައިރު މީހުން ގިނަވެގެން މަގުމަތީގައި ހުރި ސައިކަލެއްގައި ލެގިލައިގެން ހުއްޓައި މެދުއުމުރުގެ މީހަކު އައިސް އަޅުގަނޑުގެ ކަންކަށިމަތީ ޖެހިޖެހީނުން ބިންމައްޗަށް ވައްޓާލި. އަދި ހަޑިހުތުރުބަހުން ހަޅޭލަވަންފެށި. ހިތަށްއެރި ސަހަރޯއޭ. މާލޭ މީހުންނަކީީ ވަރަށް ކިބުރުވެރި ބޮޑާ ބައެއް. ފައިސާއާއި މުދާ އެމީހުން އަތުގަ ހުރީމަ އެހެން މީހުންނަކީ އެއްވެސް ބައެއްކަމަށް އެމީހުން ނުދެކޭ.
ކޮބާ ބާ ،ވީޑިއޯ ކުރިމީހާ؟؟؟
ހުރިހާކަމެއް ސެންސޭޝަނަލައިޒް ކުރާކަށް ނުޖެހެ. ފެންޖެހި މީހާ ވ ގޯސް. އޭނާގެ ސައިކަލުމަތީ ބިދޭސީ މީހާ އިނުންވެސް ގޯސް. ކަމާބެހޭ ފަރާތްތަކުން ފެންޖެހި މީހާއަށް ހައްޤު އަދަބުދީ ބިދޭސީމީހާއަށް ލިބުނު ގެއްލުމުގެ ބަދަލުހޯދަދިނީމަ ނިމުނީ. ބިދޭސީ މީހާއަށް ފޯނާ ހެދުމާ އިންނާނެ މީހުން ހޯދައި ނުދިނަސް އޭނާގެ ހައްޤު ހޯދައިދޭން އަޑުއުފުލަންވީ
ބޭރު މީހުނަށް ވުރެ ސައިކަލް މަތީ އަރާ ތިބޭ ދިވެހީންގެ ކަންތައް ބޮޑު.. ބޭރު މީހަކު އިށީނދެ އިނދެފާނެ.. ދިވެއްސަކު ވީއްޔާ އެތަން މިތަނަށް އަތްކޮށްޕާ، ލޯގަނޑު އަނބުރާ، ހުނގާނު އަނބުރާ އަދި ނުވި ތާކަށް ތެދުވެގެން ދަމުން ދާނީ ސައިކަލުގެ ކޮންމެވެސް އެއްޗެއް ވަގަށް ނަގައިގެން ... މީ ކޮން ރަށަކު މީހެއްތަ؟؟
މިހާރު އުޅޭ ގިނަ މީހުންގެ އެއްވެސް އަދަބު އަޚުލާގެއް ނުހުރޭ. ޚާއްޞަކޮށް ޖިނައިންލިބޭ ނުވަތަ މުއްސަނދި މީހުންގެ.
މާލޭމީހުން ކިބުރުވެރިވެ ބޮޑާވެގެންތަ ހެޔޮނުބައި ވަކިނުވަނީ. މި ގައުމުގަ މުޅި ޖީލެއް މިއޮތީ ހަލާކުވެ ނިމިފަ. ހެޔޮނުބައި ވަކިނުވޭ. އަދަބެއް އަހްލާގެއް ނުހުރޭ. އިހްތިރާމް ކުރާކަށް އިހްތިރާމް ހޯދާކަށް ނޭނގޭ. އަބުރުވެރި ދިރިއުޅުމެއްގެ ހިޔާލެއްވެސް ނެތްތާ ތިމާމެން ދުނިޔެއަށް ފޮނުވުނު މަގްސަދެއްވެސް ނޭނގޭ. ދެން ބޭނުންވީވަ ބޭނުންކަމެއް ކޮއްލަނީ ތމާއަށް ރަނގަޅިއްޔާ ރަނގަޅުކަމަށް ބަލާފަ.
އެއްވެސް ހާލެއްގަ ދިވެހިމީހާއެކުރީ ރަނގަޅުކަމކޭނޫން މިބުނަނީ އެކަމަކު އެ ބިދޭދސީމީހާ ހޯދާފަ އޭނާއައް ހަދިޔާއާއި އަންނައުނާ ނުވިތާކައްފައިސާދިނީމާ އެމީހާއައް އެދެވެނީ އެކަންކުރަންހިއްވަރުކަންވިސްނާ އެމީހުންސައިކަލްމަތީ ތިބޭއިރު މަޑިއައްތަޅުދަނދިވެސްކޮއްޕާ ސައިކަލުގެމޫނުމަތީ ކޫރުވެސްއަޅުވާ ސިގިރެޓްއަޅިވެސްކަނޑާ
ޙެހެ ރަންގަޅު ކަމެއް ހަމަ ހޫނު ފެން ޖަހަންވީ ތީބޮޑު މުސީބާތެއް މުޅިރާއްޖެ ފުރިއްޖެ ތިމީހުން ހާއްސަކޮށް މާލޭގެ މަގުތައް ފުރިެްޖެ ހަމަޖެހިލާއިގެން ނުވެސް ހިނގޭ
ބޯގޮވި ދިވެހިން ތެދުވާނީ ތިކަމުގައި. ބަންގާޅީ ކާޅައް އެހީވާން.
ދިވެހިން ހާދަ ހިއުމަން ރައިޓްސްއޭ މިހާރު. އެ ހޮޔޮ ގައުމު ފުނޑި ބޭރު ބަޔަކު އިންތިހާއަށް ގަވާއިދާ ޚިލާފަށް އުޅެ މިތަނަށް އަމިއްލައަށް ގެއްލި ގަނެ ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް ޤައުމަށް ވަންނަ ފައިސާގެ ބޮޑު ބައެއް ވަގަށް ބޭރުކުރަމުން ދިއަޔަސް.
އަހަރެންގެ ސައިކަލް ޕާރކްކޮށްފަ ހުއްޓާ އިމާރާތެއް ހަދަން އުޅުން ބަންގާޅީންތަކެއް ސައިކަލް އެއްފަރާތް ކުރަން ހިފީ ވަށިގަޑުގަ އެހިފިގޮތަށް އެމުގުރާލި..ބަންގާޅިންވެސް ވަކި ރަންގަޅެއްނޫން. ވ އުދަގޫބޮޑު..ކޮން ހަދިޔާއެއްދޭކަށްބާ!
ރިވެތިގޮތުގަ ފައިބާށޭ ބުންޏަސް ފައިބާެނެ. ދިވެހިންނަކީ ތަހުޒީބީ ބަޔެއް އެހެން ވީމަ ނާތަހުޒީބު ޢަމަލު ބަލައެއް ނުގަނެވޭނެ، މުދާ މަދަލަށްވިޔަސް މުދަލުގަ ހުއްދައާއި ނުލާ އަޠްލަންޏާ ކަންކުރަންވީ އިޖްތިމާޢީ އަދަބުތަކެއް އޮވޭ ދީނުގަ އަންގަވާފަ. ސައްތާރުގެ ފޮނިކަމާއި، ކިބުރުވެރިކަން ތި ފެނުނީ. މަދު ދިވެއްސެއް ސައްތާރުކަހަލަ އަސްލު އުޅެނީ.
އެހެން މީހެއްގެ މުދަލަކަށް އެމީހާގެ ހުއްދަނެތި އަރާނީންދެވޭނެ. އިސްލާމްދީނުގައި ވެސް އޮންނަނީ މިހެން. މިސާލަކަށް އަސާކޮޅު އޭގެ ވެރިމީހާގެ ހުއްދަނެތި އެއުފުއްލާވެސް ނުލެވޭނެ. އެހާބޮޑަށް އޮތީ އެހެންމީހުންގެ މުދަލަށް ރައްކާތެރިކަން ދީފައި. މީގައި އެއްވެސް މައްސަލައެއްނެތް. ބަންގާޅި މީހާއަށް އެއްވެސް ހާނިއްކައެއް ނުވޭ.
އާނިޔާ ކިޔާމީހަކަށް ފެންޖެހުން ކަމުގޮސްގެން އެބައުޅޭ!
މިހެން ތިބެގެން ސަކަލްމަތީ އިނދެ ސަނގިރޭޓް ބޮއި އަޅިކަނޑާ މަޑިއަށް ވެސް އެއްޗެހި ހަރާފަހުރޭ ...މީހުންގެ އަގުބޮޑު ސައިކަލާ ކާރު މައްޗަށް މަކުނުތަކެއްހެން އަރާތިބޭކަށް ނުޖެހޭ ބޭރުމީހުންވެސް އަދިދިވެހިންވެސް..
ދިވެއްސެއްނަމަ ނުކެރޭނެ ސައްތާރަކަސް ކައިތާރަކަސް
ބިދޭސީ މީހާ އެގޮތަށް އަރައިގެން އިދެ އިދެ ހަރުހަލާކުވި ސައިކަލު ތަކުގެ ވެރިން ނަށް އެހީ އެއް ނެތް..
ވަރަށްޖާހިލު ދިވެއްސެށް އެއީ
ސައްތާރު ހިތުން ގައްޑާވާންވެގެން ކުރިކަމަކަށްސް ތިޔައީ ވަރަށް ދަށުދަރަޖައިގެ އަމަލެއް. ދިވެއްސަކަށް ބިދޭސިންނާ ދޭތެރޭ އެގޮތަށް އަމަލުކޮށްގެން ނުވާނެ.
ތިޔަ ބިދޭސީމީހާވެސް އެހެންމީހުންގެ ސައިކަލުމަތީގައި އިންނައިރު ފައިއަރުވައިގެން އިނުން ރަނގަޅެއްނޫން. ސައިކަލެއްގައި ލިނގިލައިގެން ހުރުމާ އަަރާ ސަވާރަވެގެން އިނުވާ ވަރަށް ތަފާތު.
ދިވެހިން އެވެސް ކަމެއް ރަނގަޅައް ވިސްނާފަ ކުރާކަމެއްނޫއް! އޭނައެން މީހެއްގެ ސައިކަލުމަތީ މަސަކަތު ހެދުގަ ތައްތެޅިގެން އިނުއްއެއީ އޭނަހޯދާ އިނާމުދޭވަރު ކަމެއްތޯ! މިބުނީ ފެންޖެހީމީހަރަނގަޅެނޫން! ފެންނުޖަހަ އޭނަ ނަގައް މަސަކައް ކުރިނަމަ ބުނާނެ ކަލޭ ރަށައްދާށޭ! މިއީ ރިސޯތަކުގަވެސް ބަންގާޅިންގެ އަތްމަތީބަހެއް! އެންގައުމަކައް މީހަކު މަސައްކަތު އައްނަނަމަ އެގައުމުގެ ރައްޔިތުނައްވެސް ކޮންމެވެސް ވަރެއްގެ އިހުތިރާމެއް ކުރަންޖެހޭނެ! އެގޮތައް އިހުތިރާމު ކުރާނަމަ އެންމީހުންގެ ސައިކަލުތަކައް އެގޮތައް ލުއްފަން ނުކެރޭނެ! އެންވިއްޔާ މަގުމަތީ ފާކުއޮއްފަ ހުންނަ ކާރުމަތީ ބެޑުސީޓުއަޅައިގެން ނިދަންވެސް ވީތާ
އަހަރެން ސައްތާރުބެއަށް ތާއީދު... އެކަމަކު ދިވެއްސަކު ނަމަވެސް ކަންކުރަންޖެހޭނީ އެގޮތައް... ދާއޮހޮރުވައިގެން ގަނެފަ ހުންނަ އަގުބޮޑެތި އެއްޗެއްސައް ރާމާމަކުނު ސައްކެޔޮ ގަހައް އަރާ އިންނަހެން އިނީމަ ހަމަ ކަލޭވެސް ރުޅިއަންނާނެ..
މިބަންގާޅިއަކީ ކިރުބޯ ޅަކުއްޖެއް ނޫން.. ހަމަ ވިސްނޭ ބޮޑު ފިރިހެނެށް.. ސައްތާރު ފެން ޖެހީ ހަމަ ޖަހަންވެގެން.. މިބަންގާޅި ކަލޭގެއަށް ހަދިޔާ ދޭން އުޅޭ ދިވެހިން ކައިރި ބުނެލަން އޮތީ އޭނާއަށް ހަދިޔާ ދިނުމުގެ ކުރިން އޭނާއަށް ރަގަޅަށް ވިސްނަދޭށޭ މަގުމަތީ ބަހައްޓާފަ ހުންނަ ސައިކަލަކީ ހޮޅުއަށި ނޫނީ ބެންޗެއް ނޫންކަން.. އެވަރު އޭނައަށް ވިސްނުނީމަ ދެން ހަފިޔާއިން އޭނާ ފޯކޮށްލާ... ކަލޯމެން އެވަރު ކުރާތި... އަހަރެން ސައްތާރު އެބަ ހޯދަން ހަދިޔާ ދޭން އެއީ ސައްތާރު އެކޮއްދިން ކަމަކީ މިމާލޭގަ އުޅޭ އެންމެނަށް ޖެހިފައޮތް ބޮޑު އުނދަގުލެއް ހައްލުކުރަން ދިވެހިންގެ ލޯ ރަގަޅަށް ހުޅުވަދިނީމަ
ކޮބާ ވެމްކޯ މުސްކުޅި މުވައްޒަ ފު މީހަކު އޭނަޔަށް އަނިޔާ ކުރި ކޮބާ އެ މީހާ އަށް އެހީވަނެ މީހުން ވަކި ބައެއްދޯ ފެންނަނީ
ދުނިޔެވީ މުދަލާގެން ހޭބަލިވެފަ އެހުރީ ... ތިމާގެ މުދަލުން އެހެން މީހަކަށް ފަސޭހައެއް ލިބުމަކީ ތިމާއަށް ލިބޭ ގެއްލުމެއް ނޫން...
ކޮބާ މައްސަލަ އަކީ މިއީ ޑިމޮކްރަސީ އަކީ. އެބަޔަކު ބޭނުން ކަމެއްް ކުރުމުގެ މިނިވަންކަން އޮންނަންވާނެ. އެހެން ނޫނަސް އޭނަ އަރާ އިނީ ސައްތާރުގެ ސައިކަލް މައްޗައް. މިނިވަންކަން މިއީ. ޑިމޮކްރަސީން ގޮވާލަނީ މިފަދަ މިނިވަން ކަމައް. ސައްތާރުބޭ ދޫކޮއްލާ. ސައްތާރުބޭގެ މިނިވަންކަން އެއީ.ނުބެހެވޭނެ އެކަކައްވެސް.
ކީއްވެބާ ބަންގާޅީންނަށް ހިއްވަރުދޭން ދިވެހިންމިނުކުތީ؟! ކީއްވެބާ އަނިޔާލިބޭ ދިވެހިންނަށް އެހީވާން މިބަގަ ނުނުކުތީ؟! މީދިވެހިރާއްޖެ މިތާގައިކުއްކުރާނީވެސް އަހަރެމެން ކުއްތައް ރަނގަޅު ކުރާނީވެސް އަހަރެމެން! ދިވެހިން ބަންގާޅީންނަށް ހިތްވަރުދޭވަރުން އެމީހުން މިވަރަށް ފުއްޕަނީ، ދިވެހި ފިރިހެނުންވެސް "ބޮންދުލޯބި" ގައި އާވާރާވަނީބާ؟! މަރަނގަޅުވާނެ ބަންގާޅީންނަށް އެހީނުވެ ނިކަމެތި ދިވެހިންނަށް އެހީވިއްޔާ! ރޯދަމަހުވެސް މިސްކިތްތަކުގައި އެވެރިން ދިނިއްޔާ ދިވެއްސަކަށް ފެންފޮދެއްވެސް ލިބޭނީ، ބަލަ ދިވެހިންވެސް މިސްކިތައް ދަނީ ރޯދައަށް ތިބެއޭ؟! ތަރުކާރީ ފިހާރަތަކުގައި ހަލަކުވަ އެއްޗެހި އަގުހެޔޮކޮއް ވިއްކާލަން ބޮސްބުނީމައި ދިވެއްސަކަސް ނުދީ ސްޓޯރުގައި ބަހައްޓައިގެން އެމީހުންގެ މީހުންނަށް ދެނީ! ބަލަ ދިވެހިންވެސް ނިކަމެތިން އަގުހެޔޮ ފުރުޓުކޮޅު ކާލަން ބޭނުންވެޔޭ! ސާބަސް ބޮންދުވަންތަ ހުރިހާ ދިވެހިންނަށް