ހިމާޔަތްކޮށްފައިވާ ފުއްލާއެއް މަރާލި މައްސަލައިގައި ސަަލްމާން ޚާނުގެ މައްޗަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމުން، ކަފާލާތުގެ ދަށުން މިނިވަންވުމަށް ފަހު، އެނބުރި މުމްބާއީ އަށް ދިޔުމުން އޭނާއަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

މިއަދު މެންދުރުފަހު ޖޯދުޕޫރު ޖަލުގައި އޮތް ކާފާލާތުގެ އަޑުއެހުމުން ބޮލީވުޑުގެ އެކްޓަރު މިނިވަންކޮށްފައިވާއިރު، އޭނާ ޖޯދުޕޫރުގެ ޖަލުން ނެރެގެން އެއަރޕޯޓަށް ގެންގޮސްފައިވަނީ ފުލުހުންގެ ހިމާޔަތުގައި މޮޓޯކޭޑެއްގައެވެ. އަދި، އެވަގުތު އެއަރޕޯޓުގެ ސަލާމަތީ ކަންކަންވެސް ވަރުގަދަކޮށްފައިވާއިރު، އެނބުރި މުމްބާއީއަށް ސަލްމާން ދިޔައީ ޗާޓަރުކޮށްފައިވާ ފްލައިޓެއްގައެވެ.

ޖޯދުޕޫރުގެ ޖަލުން ސަލްމާން ނެރެގެން ގެންދިޔައިރު ގިނަ އަދަދެއްގެ ފޭނުންވަނީ މަގުތައް ފުރާލާފައެވެ. އެފަރާތްތަކުން ސަލްމާނަށް ތާއީދުކޮށް އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބިއިރު ބައެއް ބޯޑުތަކުގައި "ސަލްމާން ޒިންދާބާދު" އޭވެސް ލިޔެފައިވެއެވެ. އަދި، އެފަރާތްތަކުން ސަލްމާނާ އެކު ތިބިކަމަށްވެސް ބުނެފައިވެއެވެ.

ޗާޓަރު ފްލައިޓުގައި ސަލްމާން މުމްބާއީ އަށް ދިޔައިރު، އޭނާގެ އާއިލާގެ މެންބަރުންނާއި ފޭނުންވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ސަލްމާނު ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓުގެ ބޭރުގައި އެތައް ހާސް ފޭނުންނެއް ޖަމާވެފައި ތިބިއިރު، ބެލްކަނީއަށް ނިކުމެ ސަލްމާނު ވަނީ ފޭނުންނާ ހިނިތުންވެލާ، އަތް ހޫރުވާފައެވެ. އުފާ ފާޅުކުރުމުގެ ގޮތުން ފޭނުންވަނީ އެސަރަޙައްދުގައި ފަޔަރ ކްރޭކަރުވެސް ގޮއްވާފައެވެ.

ކަފާލާތުގެ ދަށުން ޓައިގަރ ޒިންދާ ހޭގެ ޓައިގަރ ދޫކޮށްލާފައިވީނަމަވެސް، ޤައުމުން ބޭރަށް ދިޔުންވަނީ އޭނާއަށް މަނާކޮށްފައެވެ. އަދި، މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައްވެސް މަހެއްގެ ފަހުން ފެށުމަށްވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސައުދާ

    މަށަށް ކުރިންވެސް އިންގޭ ސައްލޫ ޖަލު ކަފާލާފާ ނުކުންނާނެކަން.

    • ހީވި

      މަށަށް ވެސް ހަމަ ހީވި ތިހެން.

      • އައިމަން

        ތިމީހުން ރާވައިގެން ކުރިކަމެއްތަ؟

  2. ތިޔޭ

    ކުޑަކުދިން ނާއި ނިކަމެތި އަންހެނުން ހިމާޔަތް ކޮށްބަލަ.. ފުއްލާއާއި ގެރިއާ ވެގެން